ނާއިބު ފައިސަލް ނަސީމް
ކުޅިވަރު
26 Nov 2022 | 23:00
ދައުލަތުގެ މީޑިއާގެ ވޯލްޑް ކަޕުގެ ޕްރީޝޯވ އަށް ފުރަތަމަ ފަހަރަށް ސިޔާސީ ބޭފުޅެއް

ދައުލަތުގެ މީޑިޔާ އިން ވޯލްޑް ކަޕުގެ މެޗުތައް ގެނެސްދެމުން އަންނަ ޔެސް ޓީވީގެ ޕްރީ ޝޯވ ގައި އާޖެންޓީނާ އަދި މެކްސިކޯ ބައްދަލުކުރާ މެޗުގެ ހާއްސަ މެހެމާނަކަށް ނައިބު ރައީސް ފައިސަލް ނަސީމް ވަޑައިގަންނަވާ ގޮތަށް ނިންމަވައިފި އެވެ. 

އިތުބާރު ހުރި މަސްދަރަކުން ވޮއިސް އަށް ވަނީ މި މައުލޫމާތު ކަށަވަރުވެފައެވެ. އަދި ނައިބު ރައީސްގެ އަރިސް ބައެއް ބޭފުޅުން ވެސް ވަނީ މިކަން ކަށަވަރުކޮށްދެއްވާފައެވެ. 

ސިޔާސީ ފިކުރުތައް އެއްކިބާވެ މިިނިވަން ޖައްވެއްގައި ކުޅިވަރު ހަރަކާތްތައް ގެނެސްދޭއިރު ބައެއް ފަރާތްތަކުން ދެކޭ ގޮތުގައި މިއީ ސަރުކާރު ޕްރޮމޯޓުކުރުމަށް ހިންގާ ހީލަތްތެރި ރޭވުމެކެވެ.

އަދި ވޯލްޑް ކަޕު ފަދަ ޝޯވތަކުގައި ނައިބު ރައީސް ބައިވެރިވުމަކީ އާންމުން އެކަމާ ހިތްހަމަނުޖެހޭނެ ކަމެއް ކަމުގައިވެސް ބައެއް އާންމުން ބުނެއެވެ. 

މިއީ ރާއްޖޭގެ ތާރީހުގައި ވެސް ވޯލްޑް ކަޕްގެ ޕްރީޝޯއެއްގެ ތެރެއިން ސިޔާސީ މަގާމެއްގެ އިސް ބޭފުޅަކަށް ފުރުސަތު ލިބޭ ފުރަތަމަ ފަހަރެވެ. 

އާޖެންޓީނާ އާއި މެކްސިކޯ ބައްދަލުކުރާ މެޗު ފަށާނީ ރާއްޖެގަޑިން މިރޭ 00:00 ގައެވެ. އަދި މެޗުގެ ކުރިން އޮންނަ ޕްރީ ޝޯ ޔެސް ޓީވީން ގެނެސްދޭން ފަށާނީ އޭގެ ގަޑިއެއްހާއިރު ކުރިންނެވެ. 

ކޮމެންޓް
ނައިންޓީ
ދިވެހި ރާއްޖޭގައި މިހަަރު ނައިބު ރައީސެއް ނުހުންނާނެ. އެންމެ ފަހުން ރައީސުލްޖުމްހޫރިއްޔާގެ ހުވާކުރީ ފައިސަލް.
26 Nov 2022
ހުސައިން
މައްސަލައެއް ނޫން. ފައިސަލް ޕްރޮގްރާމްގައި ބައިވެރިވެލެއްވީ ސިޔާސީ ހަރާކާތެއްގެ ގޮތުންނެއްނޫން ، ފުޓްބޯޅައަށް ހުންނަ ފޯރިއެއްގެ ސަބަބުން.
27 Nov 2022
ގުޅޭ ލިޔުންތައް
06 Aug 2026
ދޯންޏެއް އަޑިއަށް: ފުލުހަކާ، ސިފައިންގެ މީހަކާ، ދޯނީގެ ކައްޕި ގެއްލިއްޖެ
އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް ހިލަޔާއި ހިލަވެލި ބަރުކޮށްގެން ދަތުރުކުރި ސަޕްލައި ދޯންޏެއް ކަނޑުގަދަވެ އަޑިއަށްދިޔަ ހާދިސާގައި، މީހުން ސަލާމަތްކުރުމަށް މަސައްކަތްކުރި ސިފައިންގެ މީހަކާއި، ފުލުހެއްގެ އިތުރުން އެ ދޯނީގެ ކައްޕި ގެއްލިއްޖެއެވެ.
06 Aug 2026
ކޯޓްތަކަށް ސަރުކާރުން ނުފޫޒު ނުފޯރުވާކަން އެންމެ ރަނގަޅަށް އެނގޭނީ ޔާމީނަށް: އަބްދުއްރަހީމް
"ކޯޓުތަކަށް މި ސަރުކާރުން ނުފޫޒު ނުފޯރުވާކަން އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށް، އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށް," އަބްދުއްރަހީމް ވިދާޅުވި އެވެ.
06 Aug 2026
ދަތިތައް ހުރިނަމަވެސް ވައުދުތައް ފުއްދައިދޭނަން: ރައީސް ޑރ.މުއިއްޒު
ދަތިތަކާއެކުވެސް ރައްޔިތުންނަށް ވީ ވައުދުތައް 2028 ވަނަ އަހަރުގެ ފުރަތަމަ ހަމަސްދުވަހުގެ ތެރޭގައި ފުއްދަވާނޭކަމަށް ރައީސް ވިދާޅުވިއެވެ
05 Aug 2026
ގޮނޑުހޮވައި މަގުމަތިވެގެން އުޅޭ ހާހެއްހާ ކުދިން މާލެ ސަރަހައްދުގައި
އާޒިމް ވިދާޅުވީ މާލެ ސަރަހައްދުގައި އުޅޭ މިފަދަ ކުދިން އަލުން މުޖުތަމައުއަށް ނެރުމަށް އެންޑީއެމްއޭ އާއި ފުލުހުންނާއި، މާލެސިޓީ ކައުންސިލް އަދި ސަރުކާރު ގުޅިގެން މަސައްކަތްތަކެއް ކުރަންޖެހޭކަމަށެވެ
05 Aug 2026
ފަރުމަސްވެރި ކަމަށް ހާއްސަކޮށް އަޅާ ފުރަތަމަ އައިސްޕްލާންޓް އުކުޅަހުގައި
މިއީ ފަރުމަސްވެރި ކަމަށް ހާއްސަކޮށްގެން އަޅާ ކުދި އައިސްޕްލާންޓު ތަކުގެ ތެރެއިން ފުރަތަމަ އައިސްޕްލާންޓެވެ.
05 Aug 2026
އުކުޅަހުން އެދުނީ އަގުހެޔޮކޮށް ތެޔޮ ލިބޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަށް
މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު މެންދުރު އުކުޅަހު ކޮންވެންޝަން ސެންޓަރުގެ އިދާރާގަ އެވެ.
05 Aug 2026
އެމްޑީޕީގެ މުޒާހަރާގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ހާލަތު ބަދަލުކުރުން: ޝިފާޒް
އެމްޑީޕީން ކުރިއަށްގެންދާ މި މުޒާހަރާ ފެށުމަށް ހަމަޖެހިފައިވަނީ އޮގަސްޓް 13 ވަނަ ދުވަހުގެ ރޭ 20:30 ގައި މަޖީދީމަދު ސޯޝަލް ސެންތަރު ކައިރިން ކަމަށް އެޕާޓީން ބުނެއެވެ
05 Aug 2026
'ޕާލް ރެސިޑެންސް" އާ ގުޅިގެން އިލްމުވެރިންގެ ގުޅުމުން މަޝްވަރާ ބައްދަލުވުންތަކެއް ކުރިއަށްގެންދަނީ
ޕާލް ރެސިޑެންސް ޕްރޮގްރާމާ ގުޅޭގޮތުން ސަރުކާރުން ބުނެފައިވަނީ، މިއީ ރާއްޖެއަށް ގެއްލުންވާ ބީދައިން ކުރިއަށްގެންދާ ޕްރޮގްރާމެއް ނޫންކަމަށެވެ