ގިނަ ބައެއްގެ ސަމާލުކަން ހޯދާފައިވާ މެޓްރޯ މޭން: ފޮޓޯ/އަލްޖަޒީރާ
ކުޅިވަރު
27 Nov 2022 | 10:23
ވޯލްޑް ކަޕް ބަލަންދާ ގިނަ މީހުންގެ ސަމާލުކަން 'މެޓްރޯ މޭން' އަށް

ޤަތަރުގައި މިހާރު ކުރިއަށްދާ ވޯލްޑް ކަޕް ބެލުމަށް އެކި ގައުމުތަކުން އެ ގައުމަށް ޒިޔާރަތްކުރާ ގިނަ ބައެއްގެ ސަމާލުކަން 'މެޓްރޯ މޭން' ހޯދައިފިއެވެ. 

ކެންޔާ އަށް ނިސްބަތްވާ 23 އަހަރުގެ އަބޫބަކުރު އައްބާސް ނަމަކަށް ކިޔާ މި ޒުވާނާގެ މިހާރު ވެގެން ގޮސްފައިވަނީ ވޯލްޑްކަޕް ބަލަންދާ މީހުންގެ 'ފޭން' އަކަށެވެ. އަދި އޭނާގެ ވީޑިއޯ ތަށް މީސްމީޑިއާގެ އެކި ޕްލެޓްފޯމް ތަކުގައި މިހާރު ދަނީ ދައުރުވަމުންނެވެ. 

މިފަދަ ބޮޑު ސަމާލު ކަމެއް އަބޫބަކުރު ނުވަތަ މެޓްރޯ މޭން އަށް ލިބިފައި މިވަނީ، ޓެނިސް އަމްޕަޔަރ ގޮނޑިއެއްގައި އިށީނދެ އިނދެގެން، ޝަހާދަތް އިނގިލިން އިޝާރާތް ކުރާ އަންގިއެއް އަތަށް ލައްވައިގެން، މެގަފޯން އިން 'މެޓްރޯ, މި ދިމާލުގައި މެޓްރޯ، މިދިމާލުގައި' އެފަދައިން ތަކުރާރު ކޮށް ކިޔަމުންދާ ގޮތުގެ ސަބަބުންނެވެ. 

ޤަތަރުގެ ތާރީޚީ މާރުކޭޓެއް ކަމަށްވާ ސޯޤް ވާޤިފް ކައިރީ އިނދެގެން އެތަނަށް ޒިޔާރަށްކުރާ އެތައް ބަޔަކަށް އެންމެ ކައިރީގައި ހުންނަ މެޓްރޯ ހުރި ތަން، މި ޒުވާނާ ކިޔައިދެމުންދާ ގޮތާއި، އޭނާ ނަކަލުކޮށް އެހެން މީހުން އެގޮތަށް އެހެން ކިޔާ ވީޑިއޯ ތައް މިހާރު މީސްމީޑިއާގައި ވައިގައި ހިފާފައިވާ އިރު، ގިނަ ބައެއްގެ ލޯބިވެސް އޭނާއަށް ވަނީ ލިބިފައެވެ. 

"އަހަރެމެން އޭނާ ދެކެ ވަރަށް ލޯބިވޭ. އަހަރެމެން އެ މެޓްރޯ މޭން ދެކެ ވަރަށް ލޯބިވޭ." މެޓްރޯ މޭންއަށް އިޝާރާތްކޮށް އޭނާގެ ފޭން އެއް ބުނެފައިވެއެވެ. 

"އަހަރެންނަށް އޭނާގެ ވީޑިއޯ އެއް ފެނުނީ ޓިކްޓޮކް އިން. އަހަރެންނަށް އެކަން ވަރަށް މަޖާވި. އޭނާ އަހަރެން ހެއްވާލާ. އެހެން މީހަކު ހެއްވާލަ ދިނުމަކީ އެހާވެސް ފަސޭހަ ކަމެއް." މެޓްރޯ މޭންއަށް ތައުރީފް ކޮށް އެހެން މީހަކު ބުންޏެވެ. 

އައްބާސް އާއި ގުޅޭ މާގިނަ މައުލޫމާތެއް މިހާތަނަށް އެނގިފައި ނުވި ނަމަވެސް، ކޮންމެ ދުވަހަކުވެސް ސޯޤް ވާޤިފް މާރުކޭޓަށް ޒިޔާރަތް ކުރާ މީހުންނާއި އެނޫން މީހުންގެވެސް ބޮޑު މަގުބޫލުކަމެއް އޭނާއަށް ވަނީ ލިބިފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Aug 2026
ދޯންޏެއް އަޑިއަށް: ފުލުހަކާ، ސިފައިންގެ މީހަކާ، ދޯނީގެ ކައްޕި ގެއްލިއްޖެ
އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް ހިލަޔާއި ހިލަވެލި ބަރުކޮށްގެން ދަތުރުކުރި ސަޕްލައި ދޯންޏެއް ކަނޑުގަދަވެ އަޑިއަށްދިޔަ ހާދިސާގައި، މީހުން ސަލާމަތްކުރުމަށް މަސައްކަތްކުރި ސިފައިންގެ މީހަކާއި، ފުލުހެއްގެ އިތުރުން އެ ދޯނީގެ ކައްޕި ގެއްލިއްޖެއެވެ.
06 Aug 2026
ކޯޓްތަކަށް ސަރުކާރުން ނުފޫޒު ނުފޯރުވާކަން އެންމެ ރަނގަޅަށް އެނގޭނީ ޔާމީނަށް: އަބްދުއްރަހީމް
"ކޯޓުތަކަށް މި ސަރުކާރުން ނުފޫޒު ނުފޯރުވާކަން އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށް، އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށް," އަބްދުއްރަހީމް ވިދާޅުވި އެވެ.
06 Aug 2026
ދަތިތައް ހުރިނަމަވެސް ވައުދުތައް ފުއްދައިދޭނަން: ރައީސް ޑރ.މުއިއްޒު
ދަތިތަކާއެކުވެސް ރައްޔިތުންނަށް ވީ ވައުދުތައް 2028 ވަނަ އަހަރުގެ ފުރަތަމަ ހަމަސްދުވަހުގެ ތެރޭގައި ފުއްދަވާނޭކަމަށް ރައީސް ވިދާޅުވިއެވެ
05 Aug 2026
ގޮނޑުހޮވައި މަގުމަތިވެގެން އުޅޭ ހާހެއްހާ ކުދިން މާލެ ސަރަހައްދުގައި
އާޒިމް ވިދާޅުވީ މާލެ ސަރަހައްދުގައި އުޅޭ މިފަދަ ކުދިން އަލުން މުޖުތަމައުއަށް ނެރުމަށް އެންޑީއެމްއޭ އާއި ފުލުހުންނާއި، މާލެސިޓީ ކައުންސިލް އަދި ސަރުކާރު ގުޅިގެން މަސައްކަތްތަކެއް ކުރަންޖެހޭކަމަށެވެ
05 Aug 2026
ފަރުމަސްވެރި ކަމަށް ހާއްސަކޮށް އަޅާ ފުރަތަމަ އައިސްޕްލާންޓް އުކުޅަހުގައި
މިއީ ފަރުމަސްވެރި ކަމަށް ހާއްސަކޮށްގެން އަޅާ ކުދި އައިސްޕްލާންޓު ތަކުގެ ތެރެއިން ފުރަތަމަ އައިސްޕްލާންޓެވެ.
05 Aug 2026
އުކުޅަހުން އެދުނީ އަގުހެޔޮކޮށް ތެޔޮ ލިބޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަށް
މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު މެންދުރު އުކުޅަހު ކޮންވެންޝަން ސެންޓަރުގެ އިދާރާގަ އެވެ.
05 Aug 2026
އެމްޑީޕީގެ މުޒާހަރާގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ހާލަތު ބަދަލުކުރުން: ޝިފާޒް
އެމްޑީޕީން ކުރިއަށްގެންދާ މި މުޒާހަރާ ފެށުމަށް ހަމަޖެހިފައިވަނީ އޮގަސްޓް 13 ވަނަ ދުވަހުގެ ރޭ 20:30 ގައި މަޖީދީމަދު ސޯޝަލް ސެންތަރު ކައިރިން ކަމަށް އެޕާޓީން ބުނެއެވެ
05 Aug 2026
'ޕާލް ރެސިޑެންސް" އާ ގުޅިގެން އިލްމުވެރިންގެ ގުޅުމުން މަޝްވަރާ ބައްދަލުވުންތަކެއް ކުރިއަށްގެންދަނީ
ޕާލް ރެސިޑެންސް ޕްރޮގްރާމާ ގުޅޭގޮތުން ސަރުކާރުން ބުނެފައިވަނީ، މިއީ ރާއްޖެއަށް ގެއްލުންވާ ބީދައިން ކުރިއަށްގެންދާ ޕްރޮގްރާމެއް ނޫންކަމަށެވެ