މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު: ފޮޓޯ/މަޖިލިސް
ހަބަރު
27 Nov 2022 | 12:14
ޝާހިދުއަށް ދެން އޮތީ ސިޓީފުޅު އުފުލުން: ސައީދު

ފޮރިން މިނިސްޓަރ ޝާހިދަށް ދެން އޮތީ "ސިޓީފުޅު އުފުލުން" ކަމަށް ވިދާޅުވެ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ސަރުކާރަށް ފާޑުވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ސިޓީފުޅަކާއިއެކު ޔޫއޭއީއަށް ވަޑައިގެން މިހާރުވެސް ހުންނެވި މިނިސްޓަރު ޝާހިދަށް ފާޑުވިދާޅުވެ ސައީދު ކުރެއްވި ޓްވީޓެއްގައި ރާއްޖޭގެ އިގްތިސާދީ ހާލަތަށް ރިއާޔަތްކުރައްވައި ވިދާޅުވީ، ޝާހިދަށް ދެންއޮތީ ސިޓީފުޅު އުފުލުން ކަމަށާ، އެއް މަހުގެ ތެލާއި ކާޑު ގަންނާނެ ފައިސާ ދައުލަތުގައި ނެތް ކަމަށެވެ.

މިއާއެކު ސައީދު ވިދާޅުވީ، ސަރުކާރު މުވައްޒަފުންނަށް މުސާރަ ނުދެވޭ ހިސާބަށް ދިޔައިމަ ފޮރިން މިނިސްޓަރުގެ ސިޓީފުޅު އުފުލުން އިތުރުވާނެ ކަމަށެވެ.

"ބަޖެޓު ފޮތް ކިޔާލިނަމަ ތަންކޮޅެއް ރަނގަޅުވީސް." ސައީދު ވިދާޅުވިއެވެ.

ސައީދު މިފަދައިން ވިދާޅުވެ ސަރުކާރަށް ފާޑުވިދާޅުވެފައިވާއިރު، ސަރުކާރުން ނަގާ ލޯނުތަކަށް އަނބުރާ ފައިސާ ދައްކަން ރައްކާ ކުރަން ކުރީގެ ރައީސް ޔާމީންގެ ސަރުކާރުން އުފެއްދި ސޮވަރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް) ގައި ބޭނުން ކުރެވޭ ގޮތަށް ހުރި ފައިސާގެ އަދަދު 98.7 މިލިއަން ރުފިޔާ އަށް ވަނީ ދަށްވެފައެވެ.  

އަދި އަދ. ގެ އާއްމު މަޖިލީހުގެ ރައީސް ކަމާއި، އެނޫންވެސް ކަންކަމުގައި ރާއްޖެއިން ބޭރުގައި ގިނަ ދުވަސްތަކެއް ވަންދެން ޝާހިދު ހުންނެވި ނަމަވެސް، އެ ދަތުރުފުޅު ތަކުންވެސް މިއަހަރު ހިލޭ އެހީގެ ގޮތުގައި ރާއްޖެއަށް ލިބޭނެ ކަމަށް ލަފާކުރި އަދަދާއި ގާތައް ވެސް ހިލޭ އެހީއެއް ލިބިފައެއް ނުވެއެވެ. 

ކޮމެންޓް
ރަޝީދު
ވެރިކަމުގެދަހިވެތިކަމުގަ މުޅިގައުމު ހަނާކުރަމުންދާއިރު ރައްޔިތުންހިމޭނުންތިބުމަކީ މަވެސްހިމެނޭހެން އަންނަންއޮތްޖީލައް ހިޔާނާތްތެރިވުން! އެބައިގަނޑު ފޮށިފުރާއިގެން ފިލާދާނެކަންޔަގީން!
27 Nov 2022
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.