ސައުދީ ސަޕޯޓަރުން ސްޓޭޑިއަމް ސާފުކުރަނީ
ހަބަރު
27 Nov 2022 | 16:12
ސައުދީ ސަޕޯޓަރުންވެސް މެޗަށް ފަހު ސްޓޭޑިއަމް ސާފުކުރުމުގައި

މިހާރު ގަތަރުގައި ކުރިއަށްދާ ވޯލްޑް ކަޕް މެޗުތަކުގެ ތެރެއިން އެންމެ ގިނަ މީހުންގެ ސަމާލުކަމާއި ތައުރީފް ލިބޭ އެއްބަޔަކީ ޖަޕާނުގެ ސަޕޯޓަރުންނެވެ. 

ކޮންމެ މެޗަކަށްފަހުވެސް ދަނޑަށް ވަދެ ތިބޭ ޖަޕާނު ސަޕޯޓަރުންތައް އެތަނަށް އެހެން މީހުން އަޅާފައިވާ ކުނިތައް ނަގައި ސާފުކުރާ ކަމީ ގިނަ ބައެއްގެ އިތުރުން ފީފާއިންވެސް އެކަމަށް ތައުރީފް ކުރާ ކަމެކެވެ. 

އަދި ޖަޕާނުގެ އެ ރީތި އާދަ އެހެން މީހުންވެސް ދަސްކުރަށްޖެހޭ ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ. ވަކިން ޚާއްސަކޮށް އަހަރެމެން މުސްލިމުންނަކީ ސާފުތާހިރު ކަމަށް ލޯބި ކުރަންޖެހޭ ބަޔަކަށް ވާއިރު މުސްލިމުންގެ ކިބައިންވެސް މި  އާދަ ފެނުމަށް ގިނަ މުސްލިމުން އަންނަނީ އެދެމުންނެވެ. 

އެފަދަ އެންމެންގެ މޫނަށް ހިނިތުންވުން ގެނުވީ އިއްޔެ ސައުދީ އަރަބިއްޔާގެ ސަޕޯޓަރުންނެވެ. 

ވޯލްޑް ކަޕް ގައި ސައުދީ އަރަބިއްޔާ ކުޅުނު ދެވަނަ މެޗު އިއްޔެ ޕޮލެންޑާއި އެކު ކުޅެފައިވާއިރު އެ މެޗު 2-0 ނަތީޖާއަކުން ކާމިޔާބު ކުރީ ޕޮލެންޑުންނެވެ.

އެ މެޗުން ސައުދީ ބަލިވި ނަމަވެސް، އެ ޓީމުގެ ސަޕޯޓަރުން ވަނީ، މެޗު ނިމުމުން ސްޓޭޑިއަމް ސާފުކޮށް ގިނަބައެއްގެ ލޯބި ސައުދީ އަރަބިއްޔާއަށް ހޯދައިދީފައެވެ. ސައުދީ ސަޕޯޓަރުން ސްޓޭޑިއަމް ސާފުކުރާ ވީޑިއޯތައް މީސް މީޑިއާގައި މިހާރު ދައުރުވަމުންދާއިރު ގިނަ ބަޔަކު ވަނީ ސައުދީ އެކޭ އެއްގޮތަށް އެހެން ގައުމުތައް ވެސް އެކަމުގައި ޖަޕާނުން ނަމޫނާ ނެގުމަށް އެދިފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Aug 2026
ބީއެމްއެލްއިން ޓީޓީތަކަށް ދޫކުރާ ޑޮލަރު އިތުރުކޮށްފި
ބީއެމްއެލްއިން ބުނީ މި ނިންމުން ނިންމީ އެ ބޭންކަށް ލިބޭ ޑޮލަރުގެ މިންވަރާއި ކަސްޓަމަރުން ހުށަހަޅާ ޓީޓީތަކުގެ އަދަދަށް ބެލުމަށް ފަހުގައި ކަމަށެވެ
12 Aug 2026
ނަޝީދު ގޮވާލެއްވުން: 10 ދުވަސްތެރޭ 19ރއަށް، މަސްދުވަސްތެރޭ 17ރއަށް ޑޮލަރުގެ އަގު ތިރިކުރޭ
އެއީ ކުރިއަށް އޮތް 10 ދުވަސްތެރޭ ކަޅުބާޒާރުގައި ޑޮލަރުގެ އަގު 19 ރުފިޔާއަށް ތިރިކުރުން ކަމުގައި ވިދާޅުވި އެވެ.
12 Aug 2026
އުރީދޫ ޕީއެމްއެންސީ މޯލްޑިވްސް ފައިނަލްސްގައި 16 ޓީމަކުން ތަށްޓަށް ވާދަކުރާނެ
12 Aug 2026
ދައުލަތަށް ދަރިފުޅު ނެގި މައްސަލަ: އެކަން ބަލަމުންދާ ކަމަށް އެޗްއާރުސީއެމުން ބުނެފި
އެ ކޮމިޝަނުން މިހެން ބުނީ އެ މައްސަލާގައި އެޗްއާރުސީއެމުން އެއްޗެއް ނުބުނާތީ އެތައް ބަަޔަކު ފާޑުކިޔުންް އަމާޒު ކުރުމުންނެވެ.
12 Aug 2026
މަހާއި ރިހާކުރު ކައްކާ އަދި ހަވާދު ހަދާ މީހުންނަށް ޒޯނެއް ކަނޑައަޅާ ފުރުސަތު ދެނީ
މިކަން ދިރާސާކުރުމަށް ފޮނުވާފައިވަނީ މާލެ ސިޓީ ކައުންސިލްގެ 5 ވަނަ ދައުރުގެ 12 ވަނަ ރަސްމީ އާންމު ޖަލްސާގަ އެވެ.
12 Aug 2026
ކެންސަރު ބަލީގެ ފަރުވާއަށް ބޭނުންކުރާ އިންޖެކްޝަނެއްގެ ނަކަލު ރާއްޖެ އެތެރެކޮށްފި
ކެންސަރު ބަލީގެ ފަރުވާއަށް ބޭނުންކުރާ "އޮޕްޑިވޯ" ބްރޭންޑުގެ އިންޖެކްޝަނެއްގެ ނަކަލު (ފޯލްސިފައިޑް) ބެޗެއް ރާއްޖެއަށް އެތެރެކޮށްފައިވާތީ، އެ ބޭނުންކުރުމާއި ވިއްކުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމް.އެފް.ޑީ.އޭ) އިން މަނާކޮށްފިއެވެ.
12 Aug 2026
އެއިމްގެ ސަބަބުން ދާއިރާއަށް ގާބިލު މީހުން ބިނާކުރުން ހަލުވިވާނެ
އޭވިއޭޝަން އިންސްޓިޓިއުޓް އޮފް މޯލްޑިވްސް (އެއިމް) އިފްތިތާހުކުރުމާއެކު، ރާއްޖޭގެ އޭވިއޭޝަން ދާއިރާއަށް ބޭނުންވާ ގާބިލު ފަންނީ މީހުން ބިނާކުރުމަށް ކުރެވޭ މަސައްކަތްތައް އިތުރަށް ހަލުވިވެގެންދާނެ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ސީއީއޯ އަދި މެނޭޖިން ދިރެކްޓަރު އިބްރާހީމް ޝަރީފް މުހައްމަދު ވިދާޅުވެއްޖެއެވެ.
12 Aug 2026
އެމްއޭސީއެލްގެ އޭވިއޭޝަން ތަމްރީނު އިންސްޓިޓިއުޓް ހުޅުވައިފި
އެމްއޭސީއެލްގެ އޭވިއޭޝަން ތަމްރީނު އިންސްޓިޓިއުޓް "އެއިމް" ރަސްމީކޮށް އިފްތިތާޙުކޮށް، އެއަރޕޯޓް ސެކިއުރިޓީ މެނޭޖްމަންޓް ކޯސް ފުރިހަމަކުރި 29 ދަރިވަރަކަށް ސެޓްފިކެޓް ހަވާލުކޮށްފިއެވެ.