މެޗަށްފަހު ޒިޔެޗް އޭނާގެ މަންމަގެ ނިތްކުރީގައި ބޮސްދެނީ
ކުޅިވަރު
28 Nov 2022 | 06:46
މޮރޮކޯ ކުޅުންތެރިންނާއި ސަޕޯޓަރުންގެ ފަރާތުން އުފާވެރި މަންޒަރުތަކެއް

އިއްޔެ ކުޅެވުނު ވޯލްޑްކަޕްގެ މެޗުތަކުގެ ތެރެއިން ގިނަ ބައެއްގެ ސަމާލުކަން އަތުލީ ދުނިޔޭގެ ރޭންކިންގ ގައި މިވަގުތު ދެވަނައިގައި އޮތް ބެލްޖިއަމް ބަލިކޮށް ރޭންކިންގ ގައި 22 ވަނައިގައި އޮތް މޮރޮކޯ ކުރި ހޯދުމެވެ.

މުޅި މެޗުގައިވެސް ރަނގަޅު މޮޅު ކުޅުމެއް ދެއްކި މޮރޮކޯ، ބެލްޖިއަމް ގެ މައްޗަށް ކުރި ހޯދީ 2-0 ނަތީޖާއަކުންނެވެ.

މޮރޮކޯ މި ހޯދި ތާރީޚީ ކާމިޔާބީގެ އިތުރުން، އެޓީމުގެ ކުޅުންތެރިނާއި ސަޕޯޓަރުންގެ ކިބައިން ގިނަ މީހުންނަށް އުފާވެރިކަން ގެނުވާނެފަދަ މަންޒަރުތަކެއް ފެނިގެން ދިޔައެވެ.

އެގޮތުން އެންމެ ފާހަގަ ކޮށްލެވުނު އެއް ކަމަކީ، މެޗުން މޮޅުވުމާއި އެކު މޮރޮކޯގެ ކުޅުންތެރިއެއް ކަމަށްވާ ހަކީމް ޒިޔެޗް، އެ މެޗު ބަލަން ސްޓޭޑިއަމް އަށް ގޮސް އިން އޭނާގެ މަންމަ ކައިރިއަށް ގޮސް، މަންމަ އަށް އޭނާ ލައިގެން ހުރި ޖާރޒީ ދިނުމަށްފަހު، މަންމަގެ ނިތްކުރީގައި ލޯބިން ބޮސްދިން މަންޒަރެވެ. ގިނަ ބައެއްގެ ލޮލުން ކަރުނަ ހިލުވާލި މި އުފާވެރި މަންޒަރާއި ގުޅޭ ފޮޓޯ އާއި ވީޑިއޯ މީސްމީޑިއާގެ އެކި މަންސަތަކުގައި ދައުރު ވަމުންދާއިރު، ވަރަށް ގިނަ މީހުން އަންނަނީ ޒިޔެޗް ގެ މި ޢަމަލަށް ތަޢުރީފް ކުރަމުންނެވެ.

ޒިޔެޗް ވަނީ އިއްޔެގެ މެޗުގައި ހިލޭ ޖެހުމަކުން ގޯލެއްވެސް ކާމިޔާބު ކޮށްފައެވެ. އެހެން ނަމަވެސް އެ ގޯލް ވީ އޮފްސައިޑް ގޯލަކަށެވެ. އެހެންނަމަވެސް، އޭގެ ފަހުން، ދެވަނަ ހާފުގައި މޮރޮކޯގެ ކުޅުންތެރިއެއް ކަމަށްވާ ޒަކަރިއާ އަބޫޚްއަލް އެ ޓީމަށް ކާމިޔާބު ކޮށްދިން ދެވަނަ ލަނޑު ޖެހިއިރު، އޭނާއަށް އެ ފުރުސަތު ތަނަވަސް ކޮށްދިނީ ޒިޔެޗްއެވެ.

އިއްޔެ މެޗުން ދެން ފެނިގެން ދިޔަ ފާހަގަކޮށްލަންޖެހޭ އަނެއް ކަމަކީ، އެ މެޗުގެ ދެވަނަ ލަނޑު ކާމިޔާބު ކޮށްދިން ބަދަލު ކުޅުންތެރިޔާ ޒަކަރިއާ އަބޫޚްއަލް މެޗަށް އެރުމުގެ ކުރިން ދެއަތް ނަގައި ދުޢާކޮށް، އަދި ދެވަނަ ލަނޑުޖެހުމާއި އެކު ޝުކުރުގެ ސަޖިދަ ޖެހި މަންޒަރެވެ. އަދި ހަމަ އެހެންމެ، އެ ޓީމުގެ ފުރަތަަމަ ލަނޑަށްފަހުވެސް ކުޅުންތެރިންވަނީ ޝުކުރުގެ ސަޖިދަ ޖަހާފައެވެ.

މީގެ އިތުރުން، މޮރޮކޯގެ ސަޕޯޓަރުން، ޖަމާޢަތް ހަދައިގެން އިއްޔެގެ މެޗު ކުރިއަށްދިޔަ ސްޓޭޑިއަމްގެ ބޭރުގައި ނަމާދުކުރާ މަންޒަރު ފެންނަ ފޮޓޯ އަކީވެސް ގިނަ ބައެއްގެ ސަމާލުކަން އަތުލާފައިވާ ފޮޓޯ އެކެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Aug 2026
ދޯންޏެއް އަޑިއަށް: ފުލުހަކާ، ސިފައިންގެ މީހަކާ، ދޯނީގެ ކައްޕި ގެއްލިއްޖެ
އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް ހިލަޔާއި ހިލަވެލި ބަރުކޮށްގެން ދަތުރުކުރި ސަޕްލައި ދޯންޏެއް ކަނޑުގަދަވެ އަޑިއަށްދިޔަ ހާދިސާގައި، މީހުން ސަލާމަތްކުރުމަށް މަސައްކަތްކުރި ސިފައިންގެ މީހަކާއި، ފުލުހެއްގެ އިތުރުން އެ ދޯނީގެ ކައްޕި ގެއްލިއްޖެއެވެ.
06 Aug 2026
ކޯޓްތަކަށް ސަރުކާރުން ނުފޫޒު ނުފޯރުވާކަން އެންމެ ރަނގަޅަށް އެނގޭނީ ޔާމީނަށް: އަބްދުއްރަހީމް
"ކޯޓުތަކަށް މި ސަރުކާރުން ނުފޫޒު ނުފޯރުވާކަން އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށް، އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށް," އަބްދުއްރަހީމް ވިދާޅުވި އެވެ.
06 Aug 2026
ދަތިތައް ހުރިނަމަވެސް ވައުދުތައް ފުއްދައިދޭނަން: ރައީސް ޑރ.މުއިއްޒު
ދަތިތަކާއެކުވެސް ރައްޔިތުންނަށް ވީ ވައުދުތައް 2028 ވަނަ އަހަރުގެ ފުރަތަމަ ހަމަސްދުވަހުގެ ތެރޭގައި ފުއްދަވާނޭކަމަށް ރައީސް ވިދާޅުވިއެވެ
05 Aug 2026
ގޮނޑުހޮވައި މަގުމަތިވެގެން އުޅޭ ހާހެއްހާ ކުދިން މާލެ ސަރަހައްދުގައި
އާޒިމް ވިދާޅުވީ މާލެ ސަރަހައްދުގައި އުޅޭ މިފަދަ ކުދިން އަލުން މުޖުތަމައުއަށް ނެރުމަށް އެންޑީއެމްއޭ އާއި ފުލުހުންނާއި، މާލެސިޓީ ކައުންސިލް އަދި ސަރުކާރު ގުޅިގެން މަސައްކަތްތަކެއް ކުރަންޖެހޭކަމަށެވެ
05 Aug 2026
ފަރުމަސްވެރި ކަމަށް ހާއްސަކޮށް އަޅާ ފުރަތަމަ އައިސްޕްލާންޓް އުކުޅަހުގައި
މިއީ ފަރުމަސްވެރި ކަމަށް ހާއްސަކޮށްގެން އަޅާ ކުދި އައިސްޕްލާންޓު ތަކުގެ ތެރެއިން ފުރަތަމަ އައިސްޕްލާންޓެވެ.
05 Aug 2026
އުކުޅަހުން އެދުނީ އަގުހެޔޮކޮށް ތެޔޮ ލިބޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަށް
މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު މެންދުރު އުކުޅަހު ކޮންވެންޝަން ސެންޓަރުގެ އިދާރާގަ އެވެ.
05 Aug 2026
އެމްޑީޕީގެ މުޒާހަރާގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ހާލަތު ބަދަލުކުރުން: ޝިފާޒް
އެމްޑީޕީން ކުރިއަށްގެންދާ މި މުޒާހަރާ ފެށުމަށް ހަމަޖެހިފައިވަނީ އޮގަސްޓް 13 ވަނަ ދުވަހުގެ ރޭ 20:30 ގައި މަޖީދީމަދު ސޯޝަލް ސެންތަރު ކައިރިން ކަމަށް އެޕާޓީން ބުނެއެވެ
05 Aug 2026
'ޕާލް ރެސިޑެންސް" އާ ގުޅިގެން އިލްމުވެރިންގެ ގުޅުމުން މަޝްވަރާ ބައްދަލުވުންތަކެއް ކުރިއަށްގެންދަނީ
ޕާލް ރެސިޑެންސް ޕްރޮގްރާމާ ގުޅޭގޮތުން ސަރުކާރުން ބުނެފައިވަނީ، މިއީ ރާއްޖެއަށް ގެއްލުންވާ ބީދައިން ކުރިއަށްގެންދާ ޕްރޮގްރާމެއް ނޫންކަމަށެވެ