ގަތަރު ސަޕޯޓަރުން އޮޒިލްގެ ފޮޓޯ އާއި އެކު އަނގަމަތީގައި އަތް އަޅައިގެން
ކުޅިވަރު
28 Nov 2022 | 07:14
ހަމަހަމަ ކަމަށް ގޮވާލައި އަނގަމަތީ އަތް އެޅި ޖަރުމަނުގެ މުނާފިގުކަން ދުނިޔެއަށް ހާމަކޮށްދީފި

އެއްޖިންސުން ގުޅުން ހިންގާ މީހުންގެ ހައްގުތައް ހޯދައިދީ ހަމަހަމަ ކަމަށް ގޮވާލައި އަނގަމަތީގައި އަތް އެޅި ޖަރުމަނުގެ ޓީމުގެ ދެފުށް ދެގޮތް ކަން ދުނިޔެއަށް ހާމަކޮށްދީފިއެވެ. 

ޖަރުމަނު ޓީމުން ކުޅުނު ފުރަތަމަ މެޗުގައި އެއްޖިންސުން ގުޅުން ހިންގާ މީހުންގެ ހައްގުގައި، "ވަންލަވް" އާމްބޭންޑް އަޅާނެ ކަމަށް އެމީހުން ދިޔައީ ބުނަމުންނެވެ. އެހެންނަމަވެސް، އެކަމާއި ގުޅިގެން އެމީހުންނަށް ލިބުނު އިންޒާރާއި އެކު އެކަން ނުކޮށް އެމީހުން ވަނީ އެހެން ގޮތެއް ޚިޔާރު ކޮށްފައެވެ. 

އެގޮތުން، ޖަރުމަނު ކުޅުނު ފުރަތަމަ މެޗު ފެށުމުގެ ކުރިން ފޮޓޯއަށް ހުއްޓުނުއިރު، އެޓީމުގެ ހުރިހާ ކުޅުންތެރިން ވަނީ އަނގަމަތީގައި އަތް އަޅާފައެވެ. އެއީ ގަތަރުގައި އެއްޖިންސުން ގުޅުން ހިންގުން ޕްރޮމޯޓް ކުރުމާއި، ސްޓޭޑިއަމް ގައިވެސް އެކަން ރަމްޒުކޮށްދޭ އެއްވެސް ދިދައެއް ބޭނުން ކުރުމުގެ އިތުރުން، 'ވަން ލަވް' އާމްބޭންޑް އެޅުންވެސް މަނާ ކުރުމާއި ގުޅިގެން ފީފާ އާއި ގަތަރާއި ދެކޮޅަށް އެމީހުން ހިންގި ހަމަހިމޭން ހަޅުތާލެކެވެ. 

ޖަރުމަނު ޓީމުން މިފަދައިން ކަންކުރުމާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންތައް އެ ޓީމަށް ވަނީ އަމާޒުވެފައެވެ. އަދި އެޓީމުން ހަމަހަމަ ކަމަށް ގޮވާލި އިރު، މުސްލިމް ކުޅުންތެރިއަކަށް އޮޒިލް ވުމުން އޭނާއާއި މެދު އެ ޓީމުން ގެންގުޅުނު ތަފާތު ކުރުންތައް ހަނދާންކޮށް، ޖަރުމަނު ޓީމުގެ މުނާފިގު ކަމުގެ ވާހަކަ ގިނަ ބަޔަކު ވަނީ ދައްކާފައެވެ. 

އަދި އެކަން މުޅި ދުނިޔެ އަށާއި އެ ޓީމަށްވެސް ހަނދާން ކޮށްދިނުމަށް ރޭގައި ސްޕެއިނާއި ޖަރުމަން ބައްދަލުކުރި މެޗުގައި ޤަޠަރުގެ ސަޕޯޓަރުންވަނީ މަސްއޫދު އޮޒިލްގެ ފޮޓޯތަކާއެކު ދަނޑަށް ގޮސް އަގަމަތީގައި އަތްއަޅައިގެން ތިބެ، ޖަރުމަނު މީހުންގެ 'ސްޓައިލް' އިން އެމީހުންނަށް ރައްދު ދީފައެވެ. 

ގަތަރު ސަޕޯޓަރުން އޮޒިލްގެ ފޮޓޯ އާއި އެކު އަނގަމަތީގައި އަތް އަޅައިގެން

ޖަރުމަނުގެ ޓީމަށް ކުޅުނު އެންމެ މޮޅު އެއް މިޑްފީލްޑަރު ކަމުގައިވާ އޮޒިލް ޖަރުމަން ޓީމުގައި ނުހިމަނަން އެ ޓީމުން ނިންމާފައިވަނީ ޗައިނާގައި ތުރުކީ ދަރިކޮޅުގެ އުއިޣުރު މުސްލިމުންނަށް ކުރާ އަނިޔާތަކާ ދެކޮޅަށް އަޑުއުފުލި މައްސަލައެއްގައެވެ. އޮޒިލް އަކީ ތުރުކީގެ ނަސްލަަށް ނިސްބަތްވާ ކުޅުންތެރިއެކެވެ. 

ޖަރުމަނު ޓީމުން އޮޒިލް އާއި މެދު ގެންގުޅުނު ތަފާތު ކުރުންތަކާއި ގުޅޭގޮތުން ވާހަކަ ދައްކަމުން އޭނާ ބުނެފައިވާ ގޮތުގައި، ޖަރުމަނަށް މެޗެއް ކާމިޔާބުވެއްޖެނަމަ އޭނާއަކީ ޖަރުމަނު ރައްޔިތެއްކަމަށްވާ ކަމަށާއި، ޖަރުމަނު މެޗަކުން ބަލިވެއްޖެނަމަ އޭނާއަކީ ޖަރުމަނަށް ހިޖުރަ ކޮށްގެން އުޅޭ މީހެއް ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Aug 2026
ދޯންޏެއް އަޑިއަށް: ފުލުހަކާ، ސިފައިންގެ މީހަކާ، ދޯނީގެ ކައްޕި ގެއްލިއްޖެ
އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް ހިލަޔާއި ހިލަވެލި ބަރުކޮށްގެން ދަތުރުކުރި ސަޕްލައި ދޯންޏެއް ކަނޑުގަދަވެ އަޑިއަށްދިޔަ ހާދިސާގައި، މީހުން ސަލާމަތްކުރުމަށް މަސައްކަތްކުރި ސިފައިންގެ މީހަކާއި، ފުލުހެއްގެ އިތުރުން އެ ދޯނީގެ ކައްޕި ގެއްލިއްޖެއެވެ.
06 Aug 2026
ކޯޓްތަކަށް ސަރުކާރުން ނުފޫޒު ނުފޯރުވާކަން އެންމެ ރަނގަޅަށް އެނގޭނީ ޔާމީނަށް: އަބްދުއްރަހީމް
"ކޯޓުތަކަށް މި ސަރުކާރުން ނުފޫޒު ނުފޯރުވާކަން އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށް، އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށް," އަބްދުއްރަހީމް ވިދާޅުވި އެވެ.
06 Aug 2026
ދަތިތައް ހުރިނަމަވެސް ވައުދުތައް ފުއްދައިދޭނަން: ރައީސް ޑރ.މުއިއްޒު
ދަތިތަކާއެކުވެސް ރައްޔިތުންނަށް ވީ ވައުދުތައް 2028 ވަނަ އަހަރުގެ ފުރަތަމަ ހަމަސްދުވަހުގެ ތެރޭގައި ފުއްދަވާނޭކަމަށް ރައީސް ވިދާޅުވިއެވެ
05 Aug 2026
ގޮނޑުހޮވައި މަގުމަތިވެގެން އުޅޭ ހާހެއްހާ ކުދިން މާލެ ސަރަހައްދުގައި
އާޒިމް ވިދާޅުވީ މާލެ ސަރަހައްދުގައި އުޅޭ މިފަދަ ކުދިން އަލުން މުޖުތަމައުއަށް ނެރުމަށް އެންޑީއެމްއޭ އާއި ފުލުހުންނާއި، މާލެސިޓީ ކައުންސިލް އަދި ސަރުކާރު ގުޅިގެން މަސައްކަތްތަކެއް ކުރަންޖެހޭކަމަށެވެ
05 Aug 2026
ފަރުމަސްވެރި ކަމަށް ހާއްސަކޮށް އަޅާ ފުރަތަމަ އައިސްޕްލާންޓް އުކުޅަހުގައި
މިއީ ފަރުމަސްވެރި ކަމަށް ހާއްސަކޮށްގެން އަޅާ ކުދި އައިސްޕްލާންޓު ތަކުގެ ތެރެއިން ފުރަތަމަ އައިސްޕްލާންޓެވެ.
05 Aug 2026
އުކުޅަހުން އެދުނީ އަގުހެޔޮކޮށް ތެޔޮ ލިބޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަށް
މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު މެންދުރު އުކުޅަހު ކޮންވެންޝަން ސެންޓަރުގެ އިދާރާގަ އެވެ.
05 Aug 2026
އެމްޑީޕީގެ މުޒާހަރާގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ހާލަތު ބަދަލުކުރުން: ޝިފާޒް
އެމްޑީޕީން ކުރިއަށްގެންދާ މި މުޒާހަރާ ފެށުމަށް ހަމަޖެހިފައިވަނީ އޮގަސްޓް 13 ވަނަ ދުވަހުގެ ރޭ 20:30 ގައި މަޖީދީމަދު ސޯޝަލް ސެންތަރު ކައިރިން ކަމަށް އެޕާޓީން ބުނެއެވެ
05 Aug 2026
'ޕާލް ރެސިޑެންސް" އާ ގުޅިގެން އިލްމުވެރިންގެ ގުޅުމުން މަޝްވަރާ ބައްދަލުވުންތަކެއް ކުރިއަށްގެންދަނީ
ޕާލް ރެސިޑެންސް ޕްރޮގްރާމާ ގުޅޭގޮތުން ސަރުކާރުން ބުނެފައިވަނީ، މިއީ ރާއްޖެއަށް ގެއްލުންވާ ބީދައިން ކުރިއަށްގެންދާ ޕްރޮގްރާމެއް ނޫންކަމަށެވެ