ސާބިއާ ޓީމުގެ ކުޅުންތެރިން
ކުޅިވަރު
29 Nov 2022 | 12:19
ސާބިއާ ޓީމުގެ މައްސަލައެއް ފީފާއިން ބަލަނީ

ސާބިއާ ޓީމުގެ މައްސަލައެއް ފީފާގެ ޑިސިޕްލިނަރީ ކޮމެޓީން ބަލަންފަށައިފިއެވެ. 

މިހާރު ކުރިއަށްދާ ވޯލްޑްކަޕް ގައި ސާބިއާ އާއި ބްރެޒިލް ބައްދަލުކުރި މެޗު ކުޅެވުނު ދުވަހު އެޓީމުގެ ކުޅުންތެރިން ތިބި ޑްރެސިންގް ރޫމް ތެރޭގައި ސާބިއާ ޓީމުން ވަނީ އެ ގައުމުގެ ދިދަ ހަރުކޮށްފައެވެ. އެގޮތުން، ހަރުކުރި ދިދައިގައި އައުޓްލައިގައި މީގެ ކުރިން ސާބިއާގެ އިސްތިޢުމާރީ ބާރުގެ ދަށުގައި އޮތް ކަސާވާވެސް ވަނީ ހިމަނާފައެވެ. 

ސާބިއާ ޓީމުގެ ޑްރެސިންގް ރޫމުގައި ހަރުކުރި ދިދަ

ކަސާވާ ސާބިއާގެ އަޅުވެތި ކަމުގެ ދަށުން ސަލާމާތްވެފައިވަނީ 2018 ވަނަ އަހަރުއެވެ. އަދި ކަސާވާ އަކީ މިހާރު ފީފާގެ މެންބަރު ގައުމެއްވެސް މެއެވެ. އެހެން ނަމަވެސް އެއީ މިނިވަން ގައުމެއް ކަމުގައި ސާބިއާ އިން އަދިވެސް ނުދެކެއެވެ. 

އަދި ސާބިއާ ޓީމުގެ ޑްރެސިންގް ރޫމުގައި ހަރުކުރި ދިދައިގައި ކަސާވާއަކީ ވެސް އެގައުމުގެ ތަނެއްގެ ގޮތުގައި ސިފަވާގޮތަށް ކުރަހާފައި އެވަނީ އެހެންވެ ކަމުގައި ގަބޫލުކުރެވެއެވެ. 

ސާބިއާ ޓީމުގެ މި ޢަމަލާއި ގުޅިގެން ގިނަ ބަޔަކު އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ. އެގޮތުން، އެ ޢަމަލަކީ، އަނިޔާވެރިކަމާއި، އިސްތިއުމާރުގެ އިތުރުން ގަތުލުއާމްމު ހިންގުމަށް ހިތްވަރުދޭ ޢަމަލެއް ކަމަށާ، އެފަދަ ކަމެއް ޕްރޮމޯޓް ކުރާ މަންސައެއްގެ ގޮތުގައި ފީފާ ވޯލްޑްކަޕް ހެދުމަކީ އެއްވެސް ގޮތަކުން ބަލައި ގަނެވޭނެ ކަމެއް ނޫން ކަމަށްވެސް އެ ފަރާތްތަކުން ވަނީ ބުނެފައެވެ.  

ސާބިއާ ޓީމުގެ މި މައްސަލަ ހޫނުވެފައި ވަނިކޮށް ފީފާއިން ނެރުނު ބަޔާނެއްގައި ވަނީ، ފީފާގެ ގާނޫނާއި ގަވާއިދުގެ މަތިން، ސާބިއާ ޓީމުގެ މި ޢަމަލު، ޑިސިޕްލިނަރީ ކޮމެޓީން ބަލަމުންދާނެ ކަމަށެވެ. 

ކޮމެންޓް
ޖދޖ
ހަމަ މިގޮތަށް އެމެރިކާއިން އިރާނުގެ ދިދައަށް ބޭއިހްތިރާމް ކުރި ގޮތް ވެސް ފިފާއިން ބަލަންޖެހޭ
29 Nov 2022
ގުޅޭ ލިޔުންތައް
06 Aug 2026
ދޯންޏެއް އަޑިއަށް: ފުލުހަކާ، ސިފައިންގެ މީހަކާ، ދޯނީގެ ކައްޕި ގެއްލިއްޖެ
އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް ހިލަޔާއި ހިލަވެލި ބަރުކޮށްގެން ދަތުރުކުރި ސަޕްލައި ދޯންޏެއް ކަނޑުގަދަވެ އަޑިއަށްދިޔަ ހާދިސާގައި، މީހުން ސަލާމަތްކުރުމަށް މަސައްކަތްކުރި ސިފައިންގެ މީހަކާއި، ފުލުހެއްގެ އިތުރުން އެ ދޯނީގެ ކައްޕި ގެއްލިއްޖެއެވެ.
06 Aug 2026
ކޯޓްތަކަށް ސަރުކާރުން ނުފޫޒު ނުފޯރުވާކަން އެންމެ ރަނގަޅަށް އެނގޭނީ ޔާމީނަށް: އަބްދުއްރަހީމް
"ކޯޓުތަކަށް މި ސަރުކާރުން ނުފޫޒު ނުފޯރުވާކަން އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށް، އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށް," އަބްދުއްރަހީމް ވިދާޅުވި އެވެ.
06 Aug 2026
ދަތިތައް ހުރިނަމަވެސް ވައުދުތައް ފުއްދައިދޭނަން: ރައީސް ޑރ.މުއިއްޒު
ދަތިތަކާއެކުވެސް ރައްޔިތުންނަށް ވީ ވައުދުތައް 2028 ވަނަ އަހަރުގެ ފުރަތަމަ ހަމަސްދުވަހުގެ ތެރޭގައި ފުއްދަވާނޭކަމަށް ރައީސް ވިދާޅުވިއެވެ
05 Aug 2026
ގޮނޑުހޮވައި މަގުމަތިވެގެން އުޅޭ ހާހެއްހާ ކުދިން މާލެ ސަރަހައްދުގައި
އާޒިމް ވިދާޅުވީ މާލެ ސަރަހައްދުގައި އުޅޭ މިފަދަ ކުދިން އަލުން މުޖުތަމައުއަށް ނެރުމަށް އެންޑީއެމްއޭ އާއި ފުލުހުންނާއި، މާލެސިޓީ ކައުންސިލް އަދި ސަރުކާރު ގުޅިގެން މަސައްކަތްތަކެއް ކުރަންޖެހޭކަމަށެވެ
05 Aug 2026
ފަރުމަސްވެރި ކަމަށް ހާއްސަކޮށް އަޅާ ފުރަތަމަ އައިސްޕްލާންޓް އުކުޅަހުގައި
މިއީ ފަރުމަސްވެރި ކަމަށް ހާއްސަކޮށްގެން އަޅާ ކުދި އައިސްޕްލާންޓު ތަކުގެ ތެރެއިން ފުރަތަމަ އައިސްޕްލާންޓެވެ.
05 Aug 2026
އުކުޅަހުން އެދުނީ އަގުހެޔޮކޮށް ތެޔޮ ލިބޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަށް
މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު މެންދުރު އުކުޅަހު ކޮންވެންޝަން ސެންޓަރުގެ އިދާރާގަ އެވެ.
05 Aug 2026
އެމްޑީޕީގެ މުޒާހަރާގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ހާލަތު ބަދަލުކުރުން: ޝިފާޒް
އެމްޑީޕީން ކުރިއަށްގެންދާ މި މުޒާހަރާ ފެށުމަށް ހަމަޖެހިފައިވަނީ އޮގަސްޓް 13 ވަނަ ދުވަހުގެ ރޭ 20:30 ގައި މަޖީދީމަދު ސޯޝަލް ސެންތަރު ކައިރިން ކަމަށް އެޕާޓީން ބުނެއެވެ
05 Aug 2026
'ޕާލް ރެސިޑެންސް" އާ ގުޅިގެން އިލްމުވެރިންގެ ގުޅުމުން މަޝްވަރާ ބައްދަލުވުންތަކެއް ކުރިއަށްގެންދަނީ
ޕާލް ރެސިޑެންސް ޕްރޮގްރާމާ ގުޅޭގޮތުން ސަރުކާރުން ބުނެފައިވަނީ، މިއީ ރާއްޖެއަށް ގެއްލުންވާ ބީދައިން ކުރިއަށްގެންދާ ޕްރޮގްރާމެއް ނޫންކަމަށެވެ