އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު-- ފޮޓޯ/މަޖިލިސް
ހަބަރު
29 Nov 2022 | 13:45
އަލަށް އުފަންވާ ކުދިން ރަޖިސްޓަރީ ނުކުރުމުން ކުރިންވެސް ޖޫރިމަނާ ކުރޭ: ޝިފާއު

އަލަށް އުފަންވާކުދިން މުއްދަތުގައި ރަޖިސްޓްރީ ނުކުރުމަކީ ކުރިންވެސް އަދި މިހާރުވެސް ޖޫރިމަނާ ކުރަމުން އަންނަކަމެއް ކަަމަށް ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ވިދާޅުވެއްޖެެއެވެ. 

އަލަށް އުފަންވާ ކުދިން ހަތް ދުވަހުގެ ތެރޭގައި ރަޖިސްޓަރަި ނުކޮށްފި ނަމަ، 10،000ރ. އިން ޖޫރިމަނާ ކުރުމަށް އެކުލަވާލި ބިލު ރައްޔިޔުންގެ މަޖިލީހުން އިއްޔެ ފާސްކުރުމާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންތައް ސަރުކާރަށް އަމާޒުވަމުންދަނިކޮށް، ސަރުކާރުގެ އެ ނިންމުން ދިފާއުކޮށް ޝިފާއު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އަލަށް އުފަންވާކުދިން މުއްދަތުގައި ރަޖިސްޓްރީ ނުކުރުމަކީ މިހާރުވެސް ޖޫރިމަނާ ކުރަމުން އަންނަކަމެއް ކަމަށެވެ. 

"(އެއީ) ވޭތުވެދިޔަ ތަނުގައިވެސް އަމަލުކުރަމުން އަންނަ އުސޫލު. އުފަންވުމާއި މަރުވުން ރަޖިސްޓުރީކުރުމާއި އުފަންދުވަހުގެ ސެޓްފިކެޓު އަދި ދރއކ ހެއްދުމުގެ އުސޫލުތަކަށް މިހާރު ޤާނޫނުގައި ބަޔާންކުރީ."

އުފަންވުމާއި މަރުވުން ރަޖިސްޓަރީ ކުރުމާއި އުފަންދުވަހުގެ ސެޓްފިކެޓް އަދި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހެދުމާބެހޭ ބިލު ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުއްވީ ހެންވޭރު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް މުއިއްޒު އެވެ. އެ ބިލު މަޖިލީހުން ފާސްކުރީ 52 މެންބަރުންގެ ތާއީދާއެކު އެވެ.

މަޖިލީހުގެ ގައުމީ ތަރިކަ އާއި ތަރައްގީގެ ކޮމިޓީ އަދި އިޖުތިމާއީ ކޮމެޓީ ގުޅިގެން ދިރާސާކުރި މި ބިލުގައި ބުނެފައި ވަނީ ރާއްޖޭގައި އުފަންވާ ކޮންމެ ކުއްޖަކު އުފަންވާތާ ހަތް ދުވަހުގެ ތެރޭގައި ފޫޅުމާ ފޯމާ އެކު، ރަށް ނުވަތަ ސިޓީ ކައުންސިލަށް ހުށަހެޅުމަކީ އެ ކުއްޖެއްގެ މައިންބަފައިން ނުވަތަ ބެލެނިވެރިޔާގެ މައްޗަށް ލާޒިމު ކަމެއް ކަމަށެވެ.

އެ ބިލު އެންމެ ފުރަތަމަ ކޮމިޓީ އަށް ހުށަހެޅިއިރު އޮތީ ހަފުތާއެއްގެ ތެރޭގައި ރަޖިސްޓްރީ ނުކޮށްފި ނަމަ 10،000ރ. އިން ޖުރިމަނާކުރާ ގޮތަށެވެ. ނަމަވެސް، ކޮމެޓީގައި މަޝްވަރާކުރުމަށް ފަހު ނިންމީ ޖޫރިމަނާކުރާނީ އެ ހާލަތް މެދުވެރިވި ސަބަބަށް ރިއާޔަތްކުރުމަށް ފަހުގައި ކަމަށެވެ.

އަދި ފޫޅުމާ ފޯމުގައި ބައްޕައަށް ސޮއިނުކުރެއްވިއްޖެ ހާލަތެއްގައި މަންމައަށް ސޮއިކުރެވޭ ގޮތަށާއި, މަންމައަށް ސޮއިނުކުރެވިއްޖެ ހާލަތެއްގައި ބެލެނިވެރިޔަކަށް ސޮއިކުރެވޭނެ ކަމަށް އެބިލުގައި ވަނީ ބުނެފައެވެ.

މީީގެ އިތުރުން ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިން ވިހާ ކުދިން، އެ ގައުމެއްގައި އުފަންވި ކަމުގެ ރަސްމީ ލިޔުމާ އެކު، ރާއްޖެ އެނބުރި އަންނަ ދުވަހުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި ރަޖިސްޓަރީ ކުރަން ހުށަހަޅަން ޖެހޭނެ ކަމަށް އެ ބިލުގައި ބުނެ އެވެ.

އަދި އެ ކުދިން އުފަންވާ ތާރީހުން ފެށިގެން ހަ މަސްދުވަހުގެ ތެރޭގައި، އުފަންދުވަހުގެ ސެޓިފިކެޓް ހައްދަން ރަށް ނުވަތަ ސިޓީ ކައުންސިލަށް ހުށަހަޅަން ޖެހޭނެ ކަމަށް ވެސް ބުނެފައިވެއެވެ.

ކޮމެންޓް
އދ
އެކަމު މިހާވަރެއް ނާރުވާ މުޅިންވެސް ރައްޔިތުން ފެލުން ނޫންކަމެއް ނުކުރޭ
29 Nov 2022
ގުޅޭ ލިޔުންތައް
31 Jul 2026
ޕޮއިސްޑް މަޝްރޫޢާއެކު އަހަރަކު 3.13 މިލިއަން ލީޓަރުގެ ޑީސަލް ސަލާމަތްކުރެވޭނެ: ފެނަކަ
31 Jul 2026
ސްރީލަންކާގެ ކުރީގެ ފުލުސް ވެރިޔާއަށް މަރުގެ ޙުކުމް އިއްވައިފި
ތިން ފަނޑިޔާރުންގެ ބެންޗުގެ ތެރެއިން ދެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން އެ ޙުކުމް އިއްވީ ޖިނާއީ އިހުމާލާއި ވާޖިބު އަދާނުކުރުމުގެ ކުށާއި މީހުން މެރުމަށް ވާގިވެރިވުމުގެ ކުށް ސާބިތުވެގެންނެވެ
31 Jul 2026
ތަޖުރިބާކާރުން ހިމެނޭ ޤައުމީ ލަފާދޭ މަޖިލީހެއް އެކުލަވައިލައްވަނީ
ރައީސް ވިދާޅުވީ ޤައުމަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ އެތައް ބޭފުޅުންނެއް ތިއްބެވި ކަމަށާއި އެ ބޭފުޅުންނަށް ޤައުމީ ކަންކަމުގައި ޚިޔާލު ހުށަހެޅޭނެ ރަސްމީ އޮނިގަނޑެއް ބޭނުންވާ ކަމަށެވެ
31 Jul 2026
ބީއެމްއެލްގެ ސީއީއޯ ޝަރީފް، އޭޝިއާގެ ބޭންކިން ޖަމިއްޔާގެ އެންމެ އިސް މަޤާމަށް
31 Jul 2026
މޮރޯކޯއިން އެތައްހާސް ރެފިއުޖީންނެއް ސްޕެއިންގެ ސެއުޓާއަށް ވަދެގަނެއްޖެ
ސެއުޓާ ސަރަހައްދުގެ ކަމާބެހޭ ފަރާތްތަކުން އިންޒާރު ދޭ ގޮތުގައި ހިޖުރަވެރިން ބަލައިގަންނަ ނިޒާމަށް މިހާރު ވަނީ އޮބިނޯންނަ ވަރަށް ބާރުބޮޑުވެފައެވެ.
31 Jul 2026
އެސްޓީއޯ ޓަވަރު އެޕާޓްމަންޓުގައި އަލިފާނުގެ ހާދިސާ ހިނގީ އެގްޒޯސްޓެއްގައި ރޯވެގެން
މިހާދިސާގެ ސަބަބުން ފާޚާނާގެ ސީލިންގަށް ގެއްލުންތަކެއް ލިބިފައިވީނަމަވެސް އެއްވެސް މީހަކަށް އަދި އިތުރު އެއްްޗަކަށްވެސް ގެއްލުމެއް ލިބިފައެއްނުވާކަމަށް ޑިޒާސްޓާއިން ބުންޏެވެ
31 Jul 2026
މޫސުން ރަނގަޅެއް ނުވޭ؛ ރީނދޫ ސަމާލު ދަންމާލައިފި
މެޓް އޮފީހުން ބުނި ގޮތުގައި، މި ވަގުތުތަކުގައި ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައިގަދަވާނެއެވެ. އަދި ވިލާގަނޑުގައި 50 މޭލަށް ވައިގަދަވެ ކަނޑުތައް ވަރަށްގަދަވާނެއެވެ.
31 Jul 2026
މޫސުން ގޯސްވެ، ކަނޑުމަތީގެ ހާދިސާތައް އިތުރުވަމުންދާތީ ފުލުހުންގެ އިލްތިމާސެއް
މޫސުން މިގޮތަށް ހުރުމުގެ ސަބަބުން ކަނޑުމަތީގެ ތަފާތު ހާދިސާތައް ހިނގަމުންދާތީ، ދަތުރަށް ފުރުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށާއި، މޫސުން ގޯސްނަމަ ދަތުރު ނުކުރުމަށް ފުލުހުން ވަނީ އިރުޝާދު ދީފައެވެ. އަދި ކޮންމެހެން ކުރަންޖެހޭ ދަތުރުތަކުގައި ސަލާމަތީ ހުރިހާ ފިޔަވަޅުތަކެއް ފުރިހަމަކުރުމަށާއި، ދަތުރުގެ ތަފުސީލު ކަމާބެހޭ އިދާރާތަކާ ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.