އެމްޑީޕީގެ ޕްރައިމަރީގައި ވޯޓުލުމުގެ ވަގުތު އިތުރުކޮށްފި

18 Jan 2019 | 19:51

މިހާރު ކުރިއަށްދާ އެމްޑީޕީގެ މަޖިލިސް ޕްރައިމަރީގައި ވޯޓުލުމުގެ ވަގުތު އިތުރުކޮށްފިއެވެ.

އެމްޑީޕީން މައުލޫމާތުދޭގޮތުގައި ޕްރައިމަރީގައި ވޯޓުލުމުގެ ވަގުތު ވަނީ މިރޭގެ 9.30އަށް އިތުރުކޮށްފައެވެ. 

ނަމަވެސް ކިއުގައި އިތުރު ފަރާތެއް ނެތްނަމަ ވޯޓުފޮށިތައް 8.30 ގައި ބަންދުކުރާނެކަމަށް އެޕާޓީން ވަނީ ބުނެފައެވެ. މި އިންތިޚާބުގައި ޖުމުލަ 77 ދާއިރާއަކުން 279 ކެންޑިޑޭޓުން ވާދަކުރެއެވެ. 

މިފަހަރުގެ ޕްރައިމަރީގައި 86،091 މީހުން ވޯޓުލާނެ ކަމަށް އެމްޑީޕީން ބުނެއެވެ. ޕްރައިމަރީގައި 270 ވޯޓް ފޮށި ބަހައްޓާފައިވާއިރު ރާއްޖެއިން ބޭރުގައި ތިން ވޯޓް ފޮއްޓެއް ވަނީ ބަހައްޓާފައެވެ. އެއީ އަވަށްޓެރި ސްރީ ލަންކާ އާއި އިންޑިއާގެ އިތުރުން ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅޭ މެލޭޝިއާއެވެ. މިހާރު މި ގައުމުތަކުގައި ވެސް ވޯޓްލުން ފަށައިގެން ކުރިއަށްދެއެވެ.

Advertisement

ކޮމެންޓް