ލަނޑު ޖެހުމަށްފަހު ސެނެގާލް ކުޅުންތެރިން އުފާފާޅުކުރަނީ
ކުޅިވަރު
30 Nov 2022 | 09:03
ވޯލްޑްކަޕުގެ ގްރޫޕް އޭ އިން ދެވަނަބުރަށް ނެދަލޭންޑްސް އާއި ސެނެގާލް

ފީފާ ވޯލްޑް ކަޕުގެ ގްރޫޕް އޭގެ ފަހު މެޗުތަކުން ހޯދި ނަތީޖާއާއެކު ގްރޫޕް އޭ އިން ދެވަނަބުރަށް ނެދަލޭންޑްސް އަދި ސެނެގާލް ދަތުރުކޮށްފިއެވެ. 

މުބާރާތް ބާއްވާ ގަތަރު އަތުން ހޯދި މޮޅާއެކު ނެދަލަންޑްސްއިން ދެވަނަ ބުރަށް ދިޔައީ ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. ދެވަނަ ޓީމުގެ ގޮތުގައި ސެނެގާލް ދަތުރުކުރީ އެކުއެޑޯ ބަލިކޮށްގެންނެވެ.

މި ގްރޫޕުން ދެވަނަ ބުރުގެ ޖާގަ ގެއްލިފައި އޮތީ ގަތަރަށެވެ. އެކުއޭޑޯ ވަނީ ފުރަތަަމަ މެޗުގައި ނެދަލޭންޑް ހިފަހައްޓާފައެވެ. މޮޅުވުން މަޖުބޫރު މެޗަކުން އެ ޓީމު ބަލިވުމުން މުބާރާތުން އެކުއެޑޯ ކެޓީ ތިންވަނައިގައި އޮވެގެންނެވެ. 

ޚަލީފާ އިންޓަނޭޝަނަލް ސްޓޭޑިއަމްގައ މެޗު އެކުއެޑޯ މައްޗަށް ސެނެގާލް ކުރިހޯދީ 2-1 ގެ ނަތީޖާއަކުންނެވެ. މި މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ސެނެގާލުން ވަނީ ލަނޑު ޖަހާ ލީޑު ނަގައިފައެވެ. އިކުއެޑޯގެ އޭރިއާގެ ތެރެއިން ސެނެގާލުގެ އިސްމާއީލް ސާއަށް ކުރި ފައުލަކާއި ގުޅިގެން ލިބުނު ޕެނަލްޓީއަކުން މި ލަނޑު ޖަހާދިނީ ސާއެވެ.

މެޗުގެ ދެވަނަ ހާފުގައި އެކުއެޑޯއިން ވަނީ ލަނޑު ޖަހާ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މެޗުގެ 67 ވަނަ މިނެޓުގައި އެކުއެޑޯއަށް ނަތީޖާ ހަމަހަމަކޮށްދިނީ މޮއިސެސް ކައިސޭޑޯއެވެ. އެކަމަކު އޭގެ ދެ މިނެޓު ފަހުން ސެނެގާލްގެ ކެޕްޓަން ކަލިޑޫ ކުލިބާލީ ވަނީ ލަނޑު ޖަހާ ސެނެގާލް މެޗުން މޮޅުކޮށްދީފައެވެ

ނެދަލަންޑްސް އާއި ގަތަރު ބައްދަލުކުރި މެޗު ނެދަލަންޑްސްއިން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ. ފުރަތަމަ ލަނޑު މެޗުގެ 26 ވަނަ މިނެޓުގައި އެ ޓީމަށް ކާމިޔާބުކޮށްދިނީ ކޯޑީ ގަކްޕޯއެވެ. ނެދަލަންޑްސްގެ ދެވަނަ ލަނޑު އެޓީމަށް ޖަހާދިނީ ފްރޭންކީ ޑި ޔޮންއެވެ.

މި ގްރޫޕްގެ އެއްވަނަ ހޯދައިގެން ނެދަލަންޑްސްއިން ދެވަނަ ބުރަށް ދަތުރުކުރީ ތިން މެޗުން ހޯދި ހަތް ޕޮއިންޓާއެކުގައެވެ. ދެވަނައިގައި އޮތް ސެނެގާލަށް ތިން މެޗުން ހަ ޕޮއިންޓް ލިބިފައިވާއިރު ތިންވަނައިގައި އެކުއެޑޯ ގްރޫޕް ސްޓޭޖު ނިންމާލީ ތިން މެޗުން ހަތަރު ޕޮއިންޓާއެކުގައެވެ. ފުލުގައި އޮތް މުބާރާތް ބާއްވާ ގައުމު ގަތަރަށް ތިން މެޗުން ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Aug 2026
ދޯންޏެއް އަޑިއަށް: ފުލުހަކާ، ސިފައިންގެ މީހަކާ، ދޯނީގެ ކައްޕި ގެއްލިއްޖެ
އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް ހިލަޔާއި ހިލަވެލި ބަރުކޮށްގެން ދަތުރުކުރި ސަޕްލައި ދޯންޏެއް ކަނޑުގަދަވެ އަޑިއަށްދިޔަ ހާދިސާގައި، މީހުން ސަލާމަތްކުރުމަށް މަސައްކަތްކުރި ސިފައިންގެ މީހަކާއި، ފުލުހެއްގެ އިތުރުން އެ ދޯނީގެ ކައްޕި ގެއްލިއްޖެއެވެ.
06 Aug 2026
ކޯޓްތަކަށް ސަރުކާރުން ނުފޫޒު ނުފޯރުވާކަން އެންމެ ރަނގަޅަށް އެނގޭނީ ޔާމީނަށް: އަބްދުއްރަހީމް
"ކޯޓުތަކަށް މި ސަރުކާރުން ނުފޫޒު ނުފޯރުވާކަން އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށް، އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށް," އަބްދުއްރަހީމް ވިދާޅުވި އެވެ.
06 Aug 2026
ދަތިތައް ހުރިނަމަވެސް ވައުދުތައް ފުއްދައިދޭނަން: ރައީސް ޑރ.މުއިއްޒު
ދަތިތަކާއެކުވެސް ރައްޔިތުންނަށް ވީ ވައުދުތައް 2028 ވަނަ އަހަރުގެ ފުރަތަމަ ހަމަސްދުވަހުގެ ތެރޭގައި ފުއްދަވާނޭކަމަށް ރައީސް ވިދާޅުވިއެވެ
05 Aug 2026
ގޮނޑުހޮވައި މަގުމަތިވެގެން އުޅޭ ހާހެއްހާ ކުދިން މާލެ ސަރަހައްދުގައި
އާޒިމް ވިދާޅުވީ މާލެ ސަރަހައްދުގައި އުޅޭ މިފަދަ ކުދިން އަލުން މުޖުތަމައުއަށް ނެރުމަށް އެންޑީއެމްއޭ އާއި ފުލުހުންނާއި، މާލެސިޓީ ކައުންސިލް އަދި ސަރުކާރު ގުޅިގެން މަސައްކަތްތަކެއް ކުރަންޖެހޭކަމަށެވެ
05 Aug 2026
ފަރުމަސްވެރި ކަމަށް ހާއްސަކޮށް އަޅާ ފުރަތަމަ އައިސްޕްލާންޓް އުކުޅަހުގައި
މިއީ ފަރުމަސްވެރި ކަމަށް ހާއްސަކޮށްގެން އަޅާ ކުދި އައިސްޕްލާންޓު ތަކުގެ ތެރެއިން ފުރަތަމަ އައިސްޕްލާންޓެވެ.
05 Aug 2026
އުކުޅަހުން އެދުނީ އަގުހެޔޮކޮށް ތެޔޮ ލިބޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަށް
މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު މެންދުރު އުކުޅަހު ކޮންވެންޝަން ސެންޓަރުގެ އިދާރާގަ އެވެ.
05 Aug 2026
އެމްޑީޕީގެ މުޒާހަރާގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ހާލަތު ބަދަލުކުރުން: ޝިފާޒް
އެމްޑީޕީން ކުރިއަށްގެންދާ މި މުޒާހަރާ ފެށުމަށް ހަމަޖެހިފައިވަނީ އޮގަސްޓް 13 ވަނަ ދުވަހުގެ ރޭ 20:30 ގައި މަޖީދީމަދު ސޯޝަލް ސެންތަރު ކައިރިން ކަމަށް އެޕާޓީން ބުނެއެވެ
05 Aug 2026
'ޕާލް ރެސިޑެންސް" އާ ގުޅިގެން އިލްމުވެރިންގެ ގުޅުމުން މަޝްވަރާ ބައްދަލުވުންތަކެއް ކުރިއަށްގެންދަނީ
ޕާލް ރެސިޑެންސް ޕްރޮގްރާމާ ގުޅޭގޮތުން ސަރުކާރުން ބުނެފައިވަނީ، މިއީ ރާއްޖެއަށް ގެއްލުންވާ ބީދައިން ކުރިއަށްގެންދާ ޕްރޮގްރާމެއް ނޫންކަމަށެވެ