އުނގޫފާރު ހޮސްޕިޓަލަގެ އެކްސްޓެންޝަން ނިންމައި، އިމާރާތް ހަވާލު ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --ފޮޓޯ/ހެލްތު މިނިސްޓްރީ
ހަބަރު
30 Nov 2022 | 10:21
އުނގޫފާރު ހޮސްޕިޓަލްގެ އެކްސްޓެންޝަން ނިންމައި، އިމާރާތް ހަވާލުކޮށްފި

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ އެކްސްޓެންޝަން އިމާރާތުގެ މަސައްކަތް ނިންމާ އެ އިމާރާތް ހަވާލުކޮށްފިއެވެ.

27 ޖެނުއަރީ 2021 ގައި އެލިއާ ކޮންސްޓްރަކްޝަން އާއި މަސައްކަތް ހަވާލު ކުރެވުނު އެ އިމާރާތުގެ ބިންގާ އެޅި ރަސްމީކޮށް މަސައްކަތް ފެށިގެންދިޔައީ 8 މާރޗް 2021 ގައެވެ. އެ މަސައްކަތް އެލިއާ އާއި ހަވާލު ކުރެވިފައިވަނީ އަގު 80 މިލިއަން ރުފިޔާއަށެވެ. 

އެ މަސައްކަތުގެ ދަށުން އިމާރާތުގެ ތިރީބައިގައި 10 އެނދުގެ އެމަޖެންސީ ޔުނިޓް (އީއާރު)އެއް ވަނީ ގާއިމް ކޮށްފައިވެއެވެ. އެތަނުގައި ހައިޑިޕެންޑެންސީ 4 އެނދު، ލޯޑިޕެންޑެންސީ 4 އެނދު ގާއިމްކޮށްފައިވެއެވެ. މީގެ އިތުރުން ރޭޑިއޮލޮޖީ ޑިޕާޓްމަންޓެއް ގާއިމް ކޮށްފައިވާއިރު އެތަނުގައި އަލްޓްރާ ސައުންޑް ސްކޭން 2 ރޫމާއި އެކްސްރޭ 2 ރޫމާއި މެމޮގްރަފީ ރޫމަކާއި ސީޓީ ސްކޭން ރޫމަކާއިއެމްއާރުއައި ރޫމް ހިމެނެއެވެ.

އެ ހޮސްޕިޓަލުގެ ފުރަތަމަ ފަންގިފިލާގައި ކަށީގެ ސާޖަރީތަކަށް ހާއްސަ ތިއޭޓަރަކާއި އަދި އެހެނިހެން ސާޖަރީ ތަކަށް ހާއްސަ 2 ތިއޭޓަރުގެ ތިއޭޓާ ކޮމްޕްލެކްސެއް ހިމެނެއެވެ. އަދި ހަމައެހެންމެ ދެވަނަ ފަންގިފިލާގައި ފިޒިއޮތެރަޕީ ޑިޕާޓްމަންޓު ގާއިމް ކޮށްފައިވާއިރު ހެލްތު މިނިސްޓްރީން ބުނީ މިހާރު ދެމުންގެންދާ ފިޒިއޮތެރަޕީގެ ހިދުމަތް އެތަނަށް ބަދަލުކުރެވި ހިދުމަތް ފުޅާކުރެވިގެން ދާނެ ކަމަށެވެ.

މީގެއިތުރުން އެކްސްޓެންޝަން އިމާރާތުގައި 10 ކޮޓަރީގެ ޕްރައިވެޓް ވޯޑެއް ވެސް ވަނީ ގާއިމް ކޮށްފައެވެ. ހެލްތު މިނިސްޓްރީން ބުނީ އެ 10 ކޮޓަރިއާއެކު ހޮސްޕިޓަލްގެ ޕްރައިވެޓް ރޫމްގެ އަދަދަ 16 އަށް އިތުރު ވެގެންދާނެ ކަމަށެވެ. އެ މިނިސްޓްރީން ބުނީ މި ޕްރޮޖެކްޓްގައި ހިމަނައިގެން 310 ކިލޯވޮޓްގެ ސޯލާޕެނަލް އެއްވެސް ހަރުކުރެވިފައިވާ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.