ގަތަރަށް ފާޑުކިޔައި ވީޑިއޯ އާއްމު ކުރި ނޫސްވެރިޔާ
ހަބަރު
30 Nov 2022 | 11:28
ގަތަރަށް ފާޑުކިޔައި އާއްމު ކުރި ވީޑިއޯއަށް ދިން ވަރުގަދަ ރައްދާއެކު އެ ވީޑިއޯ ފޮހެލައިފި

އެމެރިކާގެ ފޮކްސް ނޫހުގައި މަސައްކަތް ކުރާ އަންހެން ކުޅިވަރު ނޫސްވެރިއެއް، ގަތަރަށް ފާޑުކިޔައި ޓިކްޓޮކްގައި އާއްމު ކުރި ވީޑިއޯއަށް އަރަބި ނޫހުގެ އަންހެން ނޫސްވެރިއެއް ދިން ވަރުގަދަ ރައްދާއެކު އެ ވީޑިއޯ ޓިކްޓޮކްއިން ފޮހެލައިފިއެވެ. 

ޖެނީ ޓެފްޓު ނަމަކަށް ކިޔާ އެމެރިކާގެ އެ ނޫސްވެރިޔާގެ ފާޑުކިޔުން ގަތަރަށް އަމާޒުވީ، ވޯލްޑްކަޕް މެޗުތައް ކުޅޭ ސްޓޭޑިއަމް ތަކަށް ވަންނައިރު އަންހެނުންނާއި ފިރިހެނުން ވަންނަން ވަކި ދެ ގޭޓެއް ހުރެފައި، އަންހެނުން ފާސް ކުރަން އަންހެން ސެކިއުރިޓީ އަދި ފިރިހެނުން ފާސްކުރަން ފިރިހެން ސެކިއުރިޓީން ތިބޭތީއެވެ. 

"އަހަރެންނަށް، ވަންނަން މި ޖެހުނީ ގަތަރުގައި އަންހެނުންނަށް ވަކިން ޚާއްސަކޮށްފައި ހުރި ގޭޓަކުން. އަހަރެން އެހާ ޚާއްސަކަމެއް އިހްސާސެއް ނުކުރެވޭ" މޫނަށް ވައްތަރެއް ޖައްސާލަމުން އެ ނޫސްވެރިޔާ ބުނެފައިވެއެވެ. 

އެމެރިކާގެ މި ނޫސްވެރިޔާއަށް ރައްދުދީ 'އަރަބް ނިޔުސް' ގެ ނޫސްވެރިއެއް ކަމަށްވާ ލާމާ އަލްހަމަވީ އާއްމު ކުރި ޓިކްޓޮކް ވީޑިއޯއެއްގައި އޭނާ ވަނީ ނޫސްވެރިއެއްގެ ހައިސިއްޔަތުންނާއި، އަދި ވަރަށް ގިނަ ގައުމުތަކަށް ޒިޔާރަތް ކޮށްފައިހުރި މީހެއްގެ ހައިސިއްޔަތުން ޖެނީ ޓެފްޓު އަށް ނަސޭހަތެއް ދޭން ބޭނުން ކަމަށް ބުނެ އަންހެން ފިރިހެން ވަކި ގޭޓެއް ހުންނަ ސަބަބާއި، އަންހެނުން ފާސްކުރުމަށް އަންހެން ސެކިއުރިޓީން ތިބޭ ސަބަބު ސާފުކޮށްދީފައެވެ.

"ޚާއްސަ ގޭޓެއް ކަމަށް ޖެނީ ޓެފްޓް ތި ބުނި ގޭޓުގެ ވާހަކަ ދައްކާލަމާ. އެ ޚާއްސަ ގޭޓާއި ގުޅޭގޮތުން މައުލޫމާތު ދެންޏާ ބުނެލަން ޖެހޭނީ އެންމެ ބަހެއް. އެއީ އިހްތިރާމް ކުރުން. އެއީ އެހެން މީހުންގެ މިންތަކަށާއި، ހައްދު ތަކަށާއި، ގަބޫލުކުރުންތަކަށާއި, ދީނަށް ރެސްޕެކްޓް ކުރުން. އަންހެނަކު ބޭނުމެއް ނުވޭ އަންހެނުން ނޫން މީހެއް އޭނާ ފާސްކުރާކަށް. ފިރިހެނެއް ބޭނުމެއް ނުވޭ ފިރިހެނެއް ނޫން މީހަކު އޭނާ ފާސްކުރާކަށް." ލާމާ ބުނެފައިވެއެވެ. 

ލާމާ އިތުރަށް ބުނީ އެފަދައިން ކަންކުރަނީ އަނެކާގެ ހައްދުތަކަށް އިހްތިރާމް ކޮށް، އޭނާ އެ ގައުމަކަށް ވަދެގެން އަންނައިރުވެސް އޭނާއަށް ހިތްހަމަޖެހުން ގެނުވާ ފަދަ ގޮތަކަށް މަރުހަބާ ކިޔަން ކަމަށެވެ. އަދި އެއީ އެއްވެސް ގޮތަކުން ތަފާތުކުރުންތައް ގެންގުޅުން ނޫންކަން ފާހަގަކޮށް ލާމާ ތަކުރާރުކޮށް ބުނީ، އެކަން ކިޔައިދޭން ބުނެލާނެ ހަމައެކަނި ބަހަކީ "އިހްތިރާމް" ކަމަށެވެ. 

ލާމާ އާއްމު ކުރި މި ވީޑިއޯ އާއި އެކު ޖެނީ އަށް ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށް އޭނާ ވަނީ ގަތަރަށް ފާޑުކިޔައި ޓިކްޓޮކްއިން އާއްމު ކުރި ވީޑިއޯ ފޮހެލާފައެވެ. 

ކޮމެންޓް
ޙިރި
ތާހިރު ވެއްޖެ އެނނު
01 Dec 2022
އަނީ
ރަކިވެއްޖެއްނު.
03 Dec 2022
ގުޅޭ ލިޔުންތައް
12 Aug 2026
ބީއެމްއެލްއިން ޓީޓީތަކަށް ދޫކުރާ ޑޮލަރު އިތުރުކޮށްފި
ބީއެމްއެލްއިން ބުނީ މި ނިންމުން ނިންމީ އެ ބޭންކަށް ލިބޭ ޑޮލަރުގެ މިންވަރާއި ކަސްޓަމަރުން ހުށަހަޅާ ޓީޓީތަކުގެ އަދަދަށް ބެލުމަށް ފަހުގައި ކަމަށެވެ
12 Aug 2026
ނަޝީދު ގޮވާލެއްވުން: 10 ދުވަސްތެރޭ 19ރއަށް، މަސްދުވަސްތެރޭ 17ރއަށް ޑޮލަރުގެ އަގު ތިރިކުރޭ
އެއީ ކުރިއަށް އޮތް 10 ދުވަސްތެރޭ ކަޅުބާޒާރުގައި ޑޮލަރުގެ އަގު 19 ރުފިޔާއަށް ތިރިކުރުން ކަމުގައި ވިދާޅުވި އެވެ.
12 Aug 2026
އުރީދޫ ޕީއެމްއެންސީ މޯލްޑިވްސް ފައިނަލްސްގައި 16 ޓީމަކުން ތަށްޓަށް ވާދަކުރާނެ
12 Aug 2026
ދައުލަތަށް ދަރިފުޅު ނެގި މައްސަލަ: އެކަން ބަލަމުންދާ ކަމަށް އެޗްއާރުސީއެމުން ބުނެފި
އެ ކޮމިޝަނުން މިހެން ބުނީ އެ މައްސަލާގައި އެޗްއާރުސީއެމުން އެއްޗެއް ނުބުނާތީ އެތައް ބަަޔަކު ފާޑުކިޔުންް އަމާޒު ކުރުމުންނެވެ.
12 Aug 2026
މަހާއި ރިހާކުރު ކައްކާ އަދި ހަވާދު ހަދާ މީހުންނަށް ޒޯނެއް ކަނޑައަޅާ ފުރުސަތު ދެނީ
މިކަން ދިރާސާކުރުމަށް ފޮނުވާފައިވަނީ މާލެ ސިޓީ ކައުންސިލްގެ 5 ވަނަ ދައުރުގެ 12 ވަނަ ރަސްމީ އާންމު ޖަލްސާގަ އެވެ.
12 Aug 2026
ކެންސަރު ބަލީގެ ފަރުވާއަށް ބޭނުންކުރާ އިންޖެކްޝަނެއްގެ ނަކަލު ރާއްޖެ އެތެރެކޮށްފި
ކެންސަރު ބަލީގެ ފަރުވާއަށް ބޭނުންކުރާ "އޮޕްޑިވޯ" ބްރޭންޑުގެ އިންޖެކްޝަނެއްގެ ނަކަލު (ފޯލްސިފައިޑް) ބެޗެއް ރާއްޖެއަށް އެތެރެކޮށްފައިވާތީ، އެ ބޭނުންކުރުމާއި ވިއްކުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމް.އެފް.ޑީ.އޭ) އިން މަނާކޮށްފިއެވެ.
12 Aug 2026
އެއިމްގެ ސަބަބުން ދާއިރާއަށް ގާބިލު މީހުން ބިނާކުރުން ހަލުވިވާނެ
އޭވިއޭޝަން އިންސްޓިޓިއުޓް އޮފް މޯލްޑިވްސް (އެއިމް) އިފްތިތާހުކުރުމާއެކު، ރާއްޖޭގެ އޭވިއޭޝަން ދާއިރާއަށް ބޭނުންވާ ގާބިލު ފަންނީ މީހުން ބިނާކުރުމަށް ކުރެވޭ މަސައްކަތްތައް އިތުރަށް ހަލުވިވެގެންދާނެ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ސީއީއޯ އަދި މެނޭޖިން ދިރެކްޓަރު އިބްރާހީމް ޝަރީފް މުހައްމަދު ވިދާޅުވެއްޖެއެވެ.
12 Aug 2026
އެމްއޭސީއެލްގެ އޭވިއޭޝަން ތަމްރީނު އިންސްޓިޓިއުޓް ހުޅުވައިފި
އެމްއޭސީއެލްގެ އޭވިއޭޝަން ތަމްރީނު އިންސްޓިޓިއުޓް "އެއިމް" ރަސްމީކޮށް އިފްތިތާޙުކޮށް، އެއަރޕޯޓް ސެކިއުރިޓީ މެނޭޖްމަންޓް ކޯސް ފުރިހަމަކުރި 29 ދަރިވަރަކަށް ސެޓްފިކެޓް ހަވާލުކޮށްފިއެވެ.