ސަމަރުބްލޫ އިބްރާހީމް މަނިކު
ހަބަރު
30 Nov 2022 | 14:33
އިބްރާހީމް މަނިކު އަވަހާރަވުމާއި ގުޅިގެން، ޢާއިލާއަށް ރައީސް ތަޢުޒިޔާ ވިދާޅުވެއްޖެ

ރާއްޖޭގެ ބްރޯޑްކާސްޓިންގ ދާއިރާގެ ތަރައްޤީއަށާއި ކުރިއެރުމަށް ވަރަށް އަގުހުރި ޚިދުމަތްތަކެއް ކުރެއްވި ސަމަރުބްލޫ އިބްރާހީމް މަނިކު ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވުމާ ގުޅިގެން، އެ ޢާއިލާއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.

އިބްރާހީމް މަނިކަކީ، ރާއްޖޭގެ ބްރޯޑްކާސްޓިންގ ދާއިރާގައި، ޚާއްޞަކޮށް، ދިވެހިރާއްޖޭގެ އަޑުގައި ޢަމަލީގޮތުން ވަރަށްގިނަ މަސައްކަތްޕުޅުތަކެއް ކުރެއްވި އަދި ޢާންމުން ޝައުޤުވެރިވި އެތައް ޕްރޮގްރާމްތަކެއް ހުށަހަޅުއްވައި، މި ދާއިރާއަށް ވަރަށް މުހިންމު ޚިދުމަތްތަކެއް ކުރެއްވި ބޭފުޅެއްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

އިބްރާހީމް މަނިކު ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވީ، އާލާސްކަންފުޅާ އުޅުއްވާތާ ދުވަސްތަކެއް ވުމަށްފަހު، މިއަދު ހެނދުނު އިންޑިއާގެ ބެންގަލޯރުގައެވެ. އަވަހާރަވިއިރު އުމުރުފުޅަކީ، 72 އަހަރެވެ.

އިބްރާހީމް މަނިކު، އެންމެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވަނީ ރާއްޖޭގެ ބްރޯޑްކާސްޓިންގ ދާއިރާގައެވެ. އެ ދާއިރާގެ ވަރަށް އިސް މަގާމުތަކެއް އެ މަނިކުފާނު ވަނީ ފުރުއްވާފައެވެ. އެގޮތުން، ރޭޑިއޯ މޯލްޑިވްސްގެ އިނގިރޭސި ސެކްރެޓެރީ ކަމާއި، ޕްރޮގްރާމް ރާވާ ކަމާއި، ޕްރޮގްރާމް ޕްރޮޑިއުސަރުކަން ކުރައްވާފައިވެއެވެ. އަދި ދިވެހިރާއްޖޭގެ އަޑުގެ ޕްރޮގްރާމް ޕްރޮޑިއުސަރު ކަމާއި، އެސިސްޓެންޓް ޑިރެކްޓަރު ކަމާއި، ޑެޕިއުޓީ ޑިރެކްޓަރު ކަމާއި، ޑިރެކްޓަރު ކަމާއި، ޑިޕާޓްމަންޓް އޮފް އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިންގގެ ޑިރެކްޓަރ ޖެނެރަލް އޮފް ބްރޯޑްކާސްޓިންގ ކަމުގެ މަގާމު ފުރުއްވާފައިވެއެވެ.

އެ މަނިކުފާނު މިނިސްޓަރ އޮފް އިންފޮމޭޝަން، އާޓްސް އެންޑް ކަލްޗަރގެ މަގާމަށް ޢައްޔަން ކުރެއްވީ 11 ނޮވެންބަރު 1993 ގައެވެ. އަދި 13 ސެޕްޓެންބަރު 2004ގެ ނިޔަލަށް މި ދާއިރާގެ ވަޒީރު ކަމުގައި އެ މަނިކުފާނު ހުންނެވިއެވެ. އެހެންކަމުން، ރާއްޖޭގެ ބްރޯޑްކާސްޓިންގގެ ދާއިރާގައި އެ މަނިކުފާނު ހޭދަކުރެއްވި 27 އަހަރަށްވުރެ ދިގު މުއްދަތުގައި، އެ ދާއިރާގެ ތަރައްޤީއަށް ކޮށްދެއްވި ޚިދުމަތްތަކަކީ، ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލަންޖެހޭ ޚިދުމަތްތަކެކެވެ. ދިވެހިރާއްޖޭގެ ބްރޯޑްކާސްޓިންގ ދާއިރާއަށް މިހާތަނަށް އައި ކުރިއެރުމުގައި، އިބްރާހީމް މަނިކުގެ ޙިއްޞާ ވަރަށްބޮޑެވެ. ދިވެހިރާއްޖޭގެ އަޑުން ފޮނުވި ތަފާތު ޕްރޮގްރާމްތައް އުފެއްދެވުމުގައި އެންމެ އިސްކޮށް ހުންނެވި ބޭފުޅަކީ އިބްރާހީމް މަނިކެވެ. އަދި އެތައް ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގެން، ޢާންމުންގެ ލޯބި އެ މަނިކުފާނު ވަނީ ހޯއްދަވާފައެވެ. ދިވެހިރާއްޖޭގެ އަޑުގެ އެންމެ ކާމިޔާބު އެއް ޕްރޮގްރާމް ކަމުގައިވާ "ބާއްޖަވެރި ހެނދުނެއް" މި ޕްރޮގްރާމްގެ އެންމެ އިސް މޭސްތިރިޔަކީވެސް އިބްރާހީމް މަނިކެވެ.

ރޭޑިއޯއަކީ ހުރިހާ ރޮނގެއްގެ ފަންނާނުންގެ ބައިވެރިވުން އެކުލެވޭ ޚިދުމަތަކަށް ހެއްދެވުމަށް މިޔުޒިކީ ބޭފުޅުންނަށް ފުރުޞަތު ދެއްވައި، އެ ބޭފުޅުންގެ މަސައްކަތުގެ އަގު ވަޒަންކުރެއްވުމަށް ލަވައާއި މިޔުޒިކުގެ މަސައްކަތަށް އަގު ދެއްވައިގެން، އެކަން ކުރައްވަން ފެށްޓެވީވެސް އިބްރާހީމް މަނިކުގެ އިސްނެންގެވުމުގެ މަތިންނެވެ. އިންފޮމޭޝަން މިނިސްޓަރު ކަމުގެ މަގާމުގެ ވާޖިބުތައް އަދާކުރައްވަމުން ގެންދެވިއިރުވެސް ރޭޑިއޯ ޕްރޮގްރާމްތަކަށާއި، ޓީ.ވީ ޕްރޮގްރާމްތަކަށް އެ މަނިކުފާނު ވަރަށް ޚާއްޞަ ސަމާލުކަމެއް ދެއްވިއެވެ. އަދި ދިވެހިރާއްޖޭގެ އަޑުން ފޮނުވަމުން ގެންދާ "ރޯދަ ކުރުކުރުން" މި ޕްރޮގްރާމް އޭރު ކޮންމެ ދުވަހަކު ހުށަހަޅުއްވަމުން ގެންދެވީވެސް އިބްރާހީމް މަނިކެވެ. އަދި ޓީ.ވީ މޯލްޑިވްސް އިން ކޮންމެ ރޯދަމަހަކު އޭރު ފޮނުއްވަމުން ގެންދެވި "ތިޔަބޭފުޅުންގެ ފުރުޞަތު" މި ޕްރޮގްރާމްގެ މޭސްތިރިއަކީވެސް އިބްރާހީމް މަނިކެވެ. މީގެއިތުރަށް، ސްކޫލްތަކުގެ ކުދިންގެ މެދުގައި ލަވަކިޔުމުގެ ހުނަރު ތަރައްޤީ ކުރައްވައި، އެ ފަންނު ދިރުވުމުގެ މަޤްޞަދުގައި ފެށްޓެވި ޓީ.ވީ.އެމް. ސްކޫލް ކުދިންގެ ލަވަ މުބާރާތަކީވެސް ސީދާ އިބްރާހީމް މަނިކުގެ ބެއްލެވުމުގެ ދަށުން ކުރިއަށް ގެންދިޔަ ކާމިޔާބު މުބާރާތެކެވެ.

ޓީ.ވީ ބްރޯޑްކާސްޓިންގއަށް ޒަމާނީ ބަދަލުތަކެއް ގެންނަވައި، މުވައްޒަފުން ތަމްރީނު ކުރެއްވުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވައި، "ބައިބަލާ" މުބާރާތްފަދަ ބޮޑެތި އިވެންޓްތައް ބްރޯޑްކާސްޓިންގއާ ގުޅުއްވައި ވުޖޫދަށް ގެންނެވި ބޭފުޅަކީވެސް އިބްރާހީމް މަނިކެވެ.

އަލްމަރްޙޫމް އިބްރާހީމް މަނިކަކީ، 35 އަހަރަށްވުރެ ދިގު މުއްދަތެއްގައި ދައުލަތަށް ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. ބްރޯޑްކާސްޓިންގ ދާއިރާގެ އިތުރުން، އެ މަނިކުފާނަކީ މިނިސްޓަރ އޮފް ޔޫތު، ޑިވެލޮޕްމަންޓް އެންޑް ސްޕޯޓްސް ކަމުގެ މަގާމުވެސް ފުރުއްވި ބޭފުޅެކެވެ. އޭގެފަހުން، ކޮމިއުނިޓީ އޯގަނައިޒޭޝަންސް ޑިވެލޮޕްމަންޓްގެ ޗެއަރމަން ކަމުގެ މަގާމުވެސް ފުރުއްވިއެވެ. 6 އޮގަސްޓު 2008 ގައި ވަޒީފާއިން ވަކިވެވަޑައިގެންނެވިއިރު ހުންނެވީ ދިވެހި ދައުލަތުގެ މިނިސްޓަރު ކަމުގެ މަގާމުގައެވެ.

އަލްމަރްޙޫމް އިބްރާހީމް މަނިކު، ސަރުކާރަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 19 ޖަނަވަރީ 1971 ގައެވެ. ފުރަތަމަ އަދާކުރެއްވީ މިނިސްޓްރީ އޮފް ޕަބްލިކް ސޭފްޓީގެ ސެކްރެޓެރީ ކަމެވެ. އޭގެފަހުން މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ އިނގިރޭސި ސެކްރެޓެރީ ކަމާއި، ޑިޕާޓްމަންޓް އޮފް އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިންގގެ އިނގިރޭސި ސެކްރެޓެރީކަން ކުރެއްވިއެވެ.

ދިވެހިރާއްޖޭގެ ބްރޯޑްކާސްޓިންގ އިންޑަސްޓްރީއަށް ކޮށްދެއްވި ޚިދުމަތުގެ އަގު ވަޒަންކުރައްވައި، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ދެއްވި "ބްރޯޑްކާސްޓް ލައިފްޓައިމް އެޗީވްމަންޓް އެވޯޑް" މި އަހަރު އެ މަނިކުފާނަށް ވަނީ ލިބިވަޑައިގެންފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Jun 2026
ފަހިދިރިއުޅުމުގެ އެޕާޓްމަންޓެއް ކުއްޔައްދިން މީހަކު ޖޫރިމަނާކޮށްފި
ގެދޮރުވެރިޔާގެ ސްކީމްގެ ދަށުން ދޫކޮށްފައިވާ އެ ފްލެޓްތައް ކުއްޔަށްދޭނަމަ އެއްބަސްވުން ބާތިލްކޮށް، ފްލެޓްތައް އަތުލާނެ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނުން ވަނީ މީގެ ކުރިން ބުނެފައެވެ
04 Jun 2026
32 ސްޓޯލްއާއެކު އެމް.އެން.ޔޫ "ފަހި ފުރުސަތު "މިއަދު އާންމުންނަށް ހުޅުވާލައިފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) އިން އިންތިޒާމުކޮށްގެން ބާއްވާ "އެމް.އެން.ޔޫ ފަހި ފުރުސަތު" ޔުނިވަރސިޓީގެ މައި މަރުކަޒާއި، އަތޮޅުތަކުގެ ކެމްޕަސްތަކުގައި މިއަދު، ރަސްމީކޮށް ހުޅުވައިފިއެވެ.
04 Jun 2026
އީރާނުން ނިއުކްލިއަރ ހަތިޔާރު ނުގެންގުޅުމަށް އެއްބަސްވެއްޖެ: ޓްރަމްޕް
އީރާނުން ނިއުކްލިއަރ ހަތިޔާރު ނުގެންގުޅުމަށް އެއްބަސްވެފައިވާ ކަމަށާއި، ކުރިއަށް އޮތް ތަނުގައި އެ ގައުމުގެ އެންމެ މަތީ ވެރިޔާ މުޖުތަބާ ޚާމަނާއީއާ ބައްދަލުކުރެއްވުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.
04 Jun 2026
ދިއްލީގެ ހޮޓަލެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި 21 މީހަކު މަރުވެއްޖެ
ފުލުހުން މައުލޫމާތު ދޭ ގޮތުގައި މިހާތަނަށް ލިބުނު މައުލޫމާތުތަކަށް ބަލާއިރު، މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ބޭރު ގައުމުތަކަށް ނިސްބަތްވާ 12 މީހަކާއި އިންޑިއާގެ 9 މީހެކެވެ
04 Jun 2026
ބީއެމްއެލް އިން ނެރޭ ސުކޫކްގެ ބޭނުމަކީ އަމިއްލަ ވިޔަފާރިތަކުގެ އިންވެސްޓްމަންޓްތައް ފުޅާކުރުން: ޒަމީރު
މާލީ ވަޒީރު ވިދާޅުވީ މިކަން ކުރުމަށް ސަރުކާރުން އިސްނެގުމުގެ މައިގަނޑު ސަބަބަކީ ފަތުރުވެރިކަމުގެ ދާއިރާގެ ތެރެއިން އިޤްތިޞާދު ކުރިއެރުވުމާއި، އަމިއްލަ ވިޔަފާރިތަކުގެ އިންވެސްޓްމަންޓްތަކަށް މަގުފަހިކޮށްދިނުމުގެ އިތުރުން، މާލެ ސަރަހައްދު ފިޔަވައި އެހެން ސަރަހައްދުތަކުގައި އިޤްތިޞާދީ ހަރަކާތްތައް ފުޅާކުރުން ކަމަށް
03 Jun 2026
މާލީ ހާލަތު މުރާޖައާ ކުރުމަށްފަހު ފިޗުން ރާއްޖޭގެ ރޭޓިން މަތިކޮށްފި
ފިޗުން މިއަދު ނެރުނު ރިޕޯޓްގައި ފާހަގަކުރި ބައެއް ކަންކަމަށް ބަލާއިރު، ރާއްޖެއިން އަދާކުރަން އޮތް ބޭރުގެ އެންމެ ބޮޑު އެއް ދަރަނި ސުކޫކް ސަރުކާރުން ދައްކައި ނިންމުމުން، އިގްތިސާދީ ގޮތުން ރާއްޖެއަށް ދިމާވެދާނެ ނުރައްކާތައް ކުޑަކަމަށް ވަނީ ފާހަގަކޮށްފައެވެ
03 Jun 2026
ރައީސް ޔާމީންގެ ޕީއެންއެފްގައި ގާނޫނީ އަދަދު ހަމަވަަނީ ކިރިޔާ
މި ދެ ޕާޓީ އުވާލުމުން ދެން ދަފްތަރުގައި ހިމެނޭނީ ހަތް ސިޔާސީ ޕާޓީ އެވެ. އޭގެ ތެރެއިން ޕީއެންއެފްގައި މެންބަރުން ތިބީ ކިރިޔާ ގާނޫނީ އަދަދު ހަމަވާ މިންވަރަށެވެ.
03 Jun 2026
ޖޭއެސްސީގެ ނާއިބަކަަށް ފަނޑިޔާރު ޝަހީދު އައްޔަނުކުރައްވައިފި
ޖޭއެސްސީން މިއަދު ބުނީ ކޮމިޝަންގެ ނާއިބަަކަށް ޝަހީދު އައްޔަނުކުރައްވާފައިވާ ކަމަށެވެ.