އެއްޖިންސުން ގުޅުން ހިންގުން ޕްރޮމޯޓް ކުރާ ބޭންޑު ނޭޅޭތީ ޖަރުމަނު ޓީމު ކުޅުންތެރިން އަނގަމަތީގައި އަތް އަޅައިގެން
ކުޅިވަރު
02 Dec 2022 | 06:54
އެއްޖިންސުން ގުޅުން ހިންގާ ބޭންޑް އަޅާ ހިތުން އުޅުނު ދުނިޔޭގެ ޗެމްޕިއަނުން ކަޓައިފި!

އެއްޖިންސުން ގުޅުން ހިންގުން ޕްރޮމޯޓް ކުރުމަށް ފައި ވިއްދާލާފައި ތިބި، ޖަރުމަނުގެ ގައުމީ ފުޓުބޯޅަ ޓީމާއި ބެލްޖިއަމް އަށް، ފީފާ ވޯލްޑް ކަޕުގެ ގްރޫޕް ސްޓޭޖާ ހަމައިން މުބާރާތް ނިންމާލަން ޖެހިއްޖެއެވެ. 

މިފަހަރުގެ މުބާރާތް ދަށް ނަތީޖާއަކާއެކު ޖަރުމަނުން ފެށިއިރު، އެޓީމުން ކުޅުނު ދެވަނަ މެޗުވީ އެއްވަރެވެ. އަދި ގްރޫޕް ސްޓޭޖުގައި އެޓީމުން ކުޅުނު ފަހު މެޗުގައި ކޮސްޓަ ރިކާ އަތުން މޮޅު ވެފައިވީ ނަމަވެސް، ރޭގައި ސްޕެއިން އާއި ޖަޕާން ބައްދަލު ކުރި މެޗުން ސްޕެއިންގެ މައްޗަށް ޖަޕާނުން ކުރި ހޯދުމުން، ޖަރުމަނަށް މިވަނީ ގުރޫޕު ސްޓޭޖުން މުބާރާތް ނިންމާލަންޖެހިފައެވެ.  

ޖަރުމަނުގެ އިތުރުން މިދިޔަ ވޯލްޑްކަޕް ގެ މުބާރާތުގައި ތިންވަނަ ހޯދި ބެލްޖިއަމް ޓީމުވެސް ވަނީ ގުރޫޕް ސްޓެޖުން ކަޓައި މުބާރާތާއި އަލާވަދާއު ކިޔަން ޖެހިފަ އެވެ. 

ވޯލްޑްކަޕް ގެ ޗެންޕިއަންކަންވެސް މީގެ ކުރިން ހޯދާފައިވާ ޖަރުމަނާއި، އަދި ފާއިތުވި ވޯލްޑްކަޕްގެ ތިންވަނައިގައި އޮތް ބެލްޖިއަމް ގުރޫޕް ސްޓޭޖުން ކަޓައިގެން ގޮސްފައިވާއިރު، މި ދެ ޓީމަކީވެސް މިފަހަރުގެ ވޯލްޑްކަޕުގައި އެއްޖިންސުން ގުޅުން ހިންގުން ޕްރޮމޯޓް ކުރަން ފައި ވިއްދާލާފައި ތިބި ދެ ޓީމުކަން ފާހަގަކޮށްލަންޖެހެއެވެ. 

އެގޮތުން، ދެ ޓީމު ހިމެނޭހެން، ހުޅަނގުގެ ބައެއް ޓީމުތަކުން އެންމެ ފުރަތަަމަ މަސައްކަތް ކުރީ، އެއްޖިންސުން ގުޅުން ހިންގުން ޕްރޮމޯޓް ކުރާ 'ވަން ލަވް' އާމް ބޭންޑު މުބާރާތުގެ މެޗުތައް ކުޅޭ އިރު އެޅުމަށެވެ. އެހެންނަމަވެސް، އެފަދައިން ކަން ކޮށްފިނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ފީފާއިން ދިނުމާއި އެކު ފުރަތަމަ މެޗު ފެށުމުގެ ކުރިން ޖަރުމަނު ޓީމުން އަނގަމަތީގައި އެޅީ އަތެވެ. އެފަދައިން އެ ޓީމުން ކަންކުރީ، އެމީހުން ބޭނުން ގޮތަށް އެއްޖިންސުން ގުޅުން ހިންގުން ޕްރޮމޯޓް ނުކުރެވުމުން އެނޫން ގޮތަކުންވެސް އެމީހުން އެކަމަށް ތާއީދު ކުރާކަން ދެއްކުމަށެވެ. 

މި ދެ ޓީމުގެ ކުޅުންތެރިންގެ އިތުރުން، ޖަރުމަނު ވިލާތުގެ ކުޅިވަރު ކަންކަމާއި ހަވާލުވެ ހުރި، އިންޓީރިއާ މިނިސްޓަރު ނޭންސީއާއި، ބެލްޖިއަމްގެ ދާޚިލީ ވަޒީރު ހަޑްޖާ ލަހްބީބު ވަނީ އެއްޖިންސުން ގުޅުން ހިންގުން ޕްރޮމޯޓް ކުރުން މަނާކޮށް ޤަޠަރުން ހަދާފައިވާ ގަވާއިދަށް ގޮން ޖެހުމަށް ފަހު، އެއްޖިންސުން ގުޅުން ހިންގުމަށް ތާއީދުކުރާ ބޭންޑު އަޅައިގެން ދަނޑަށް ވަދެފައެވެ. 

ޖަރުމަނުގެ އިންޓީރިއާ މިނިސްޓަރާއި ބެލްޖިއަމްގެ ޚާރިޖީ ވަޒީރު އެއްޖިންސުން ގުޅުން ހިންގުން ޕްރޮމޯޓް ކުރާ ބޭންޑް އަޅައިގެން މެޗް ބަލަން ސްޓޭޑިއަމްގައި 

އެއްޖިންސުން ގުޅުން ހިންގުން ޕްރޮމޯޓް ކުރުމަށް ޖަރުމަނުޓީމާއި ބެލްޖިއަމް ޓީމުން ކުރި މަސައްކަތަށް އެތައް ބައެއްގެ ފާޑުކިޔުންތައް އަމާޒުވި އިރު، އެ ދެ ގައުމުގެ މިނިސްޓަރުންގެ މި ޢަމަލާއި ގުޅިގެންވެސް ގިނަ ބައެއްގެ ނުރުހުން ދެ ގައުމަށް އަމާޒުވެގެން ދިޔައެވެ. 

އަދި، އުސޫލުތަކާއި، ގަވާއިދު ތަކަށް ބޯލެނބުމަށް އެންމެ ބާރަށް ގޮވަމުންދާ ހުޅަނގުގެ ގައުމުތަކުގެ ވެރިންނާއި، ޓީމުތަކުން، އެހެން ގައުމުތަކުން ހަދާފައިވާ ގަވާއިދުތަކާއި އުސޫލުތަކަށް ބޯ ނުލެނބުމުންވެސް އެނގިގެންދަނީ އެ ގައުމުތަކުގެ މުނާފިގުކަން ކަމުގައި ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ. 

އެއާއެކު އިއްޔެ ފެނިގެންދިޔަ ނަތީޖާތަކުން ޖަރުމަނާއި، ބެލްޖިއަމް މުބާރާތުން ކަޓައިގެން ދިޔަ ކަމީ ލިބިގެންދިޔަ ހިތްހަމަޖެހުމެއް ކަމަށާ، އެ ދެ ޓީމުންވެސް މިފަހަރު ވޯލްޑްކަޕު ކުޅެން އައީ އެހެން ކަމެއް ޕްރޮމޯޓް ކުރުމަށް ކަމަށް ފާޑުކިޔުންތެރިން އަންނަނީ ބުނަމުންނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.