އަމީނީ މަގު ހެދުމުގެ މަސައްކަތުގެ ތެރެއިން/ ފޮޓޯ: އާރުޑީސީ
ހަބަރު
03 Dec 2022 | 13:24
އަމީނީ މަގުގެ ދެވަނަ ސެގްމަންޓުގެ މަސައްކަތް ފަށައިފި

އަމީނީ މަގު ޒަމާނީ ފެންވަރަކަށް ހެދުމަށް ފެށި މަޝްރުއުގެ ތެރެއިން، ދެވަނަ ސެގްމަންޓުގެ މަސައްކަތް ފަށައިފިއެވެ. 

އަމީނީގެ މަގުގެ ދެވަނަ ސެގްމަންޓުގެ މަސައްކަތް ފަށާފައިވަނީ އެމްޑަބްލިއުއެސްސީގެ ހޮޅިތައް އަޕްގްރޭޑް ކުރުމަށް ބޭނުންވާ އާލާތްތައް ލިބުން ލަސްވުމާއި ގުޅިގެން އެ މަސައްކަތް މަޑު ޖައްސާލާފައި އޮތުމަށްފަހުގައެވެ. 

ދެވަނަ ސެގްމަންޓުގައި ކުރަން ހުރި މަސައްކަތްތައް

- 1.79 ކިލޯމީޓަރު (މުޅި މަގު)ގައި ތާރު އަޅާނެ

- މަގުގެ ދުވާރު ހެދިގެން ދާނެ (ހިތްފަސޭހަ، ހިތްގައިމުވާނެ).

- ލޯފަން ބޭފުޅުންނަށް ހާއްސަ ބްރައިލް ބްލޮކް ބަހައްޓާނެ.

- ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް (ފުރޮޅުލީގޮނޑި)ބޭނުން ކުރާ ފަރާތްތަކަށް ހާއްސަކޮށް ފަސޭހައިން އުޅެވޭނެ.

- މަގުގެ ފެހިކަން ނުގެއްލޭނެ.

- ބަސްހުއްޓި، ޕާކިންގ ޒޯން، ބަމްޕަރުތަކާއި މަގުބައްތި އަދި މަގުމަތީގައި ނިޝާންތައް ހުންނާނެ.

- ފެންބޮޑުވުމުގެ މައްސަލައަށް ހައްލު ގެނައުމަށް ޕަމްޕް ބަހައްޓާނެ.

އަމީނީ މަގު ހެދުމުގެ މަސައްކަތް ހަވާލުކޮށްފައިވާ ރޯޑް ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އާރުޑީސީ) އިން ބުނީ، ދެވަނަ ސެގްމަންޓުގައި މަގު ހަދާނީ ކަލާފާނު ސުކޫލުގެ ގޭޓާއި ހަމަޔަށް ކަމަށެވެ. 

އަމީނީ މަގު ޒަމާނީ ފެންވަރަކަށް ހެދުމަށް ޕްލޭނިން މިނިސްޓްރީއިން އާރުޑީސީއާއި ހަވާލުކޮށްފައި ވަނީ 84 މިލިއަން ރުފިޔާއަށެވެ. އެއާއެކު އާރުޑީސީއިން އަމީނީ މަގު ހެދުމުގެ މަސައްކަތް 210 ދުވަހުގެ ތެރޭގައި ފުރިހަމަ ކުރަން ޖެހޭނެއެވެ. 

ޒަމާނީ ފެންވަރަށް އަމީނީ މަގު ހަދާ ނިމޭއިރު، އެ މަގަކީ މާލޭގެ ބޮޑެތި މަގުތަކުގެ ތެރެއިން ވަރަށް ހިތްގައިމު މަގަކަށް ވެގެންދާނެކަމަށް އާރުޑީސީއިން ވަނީ ބުނެފައެވެ. އަދި މަގު ހަލާކުވުމުގެ ސަބަބުން މަގު ބޭނުން ކުރާ ފަަރާތްތަކަށް އުފުލަން ޖެހުނު ތަކުލީފު އެހިސާބުން އެއްކޮށް ފިލައިގެން ދާނެކަމަށްވެސް އާރުޑީސީއިން ވަނީ ބުނެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Jun 2026
މާލީ ހާލަތު މުރާޖައާ ކުރުމަށްފަހު ފިޗުން ރާއްޖޭގެ ރޭޓިން މަތިކޮށްފި
ފިޗުން މިއަދު ނެރުނު ރިޕޯޓްގައި ފާހަގަކުރި ބައެއް ކަންކަމަށް ބަލާއިރު، ރާއްޖެއިން އަދާކުރަން އޮތް ބޭރުގެ އެންމެ ބޮޑު އެއް ދަރަނި ސުކޫކް ސަރުކާރުން ދައްކައި ނިންމުމުން، އިގްތިސާދީ ގޮތުން ރާއްޖެއަށް ދިމާވެދާނެ ނުރައްކާތައް ކުޑަކަމަށް ވަނީ ފާހަގަކޮށްފައެވެ
03 Jun 2026
ރައީސް ޔާމީންގެ ޕީއެންއެފްގައި ގާނޫނީ އަދަދު ހަމަވަަނީ ކިރިޔާ
މި ދެ ޕާޓީ އުވާލުމުން ދެން ދަފްތަރުގައި ހިމެނޭނީ ހަތް ސިޔާސީ ޕާޓީ އެވެ. އޭގެ ތެރެއިން ޕީއެންއެފްގައި މެންބަރުން ތިބީ ކިރިޔާ ގާނޫނީ އަދަދު ހަމަވާ މިންވަރަށެވެ.
03 Jun 2026
ޖޭއެސްސީގެ ނާއިބަކަަށް ފަނޑިޔާރު ޝަހީދު އައްޔަނުކުރައްވައިފި
ޖޭއެސްސީން މިއަދު ބުނީ ކޮމިޝަންގެ ނާއިބަަކަށް ޝަހީދު އައްޔަނުކުރައްވާފައިވާ ކަމަށެވެ.
03 Jun 2026
ރައީސް ނަޝީދު އުފެއްދެވި ދަ ޑިމޮކްރެޓްސްއާ އެމްއެލްއެސްޑީޕީ އުވާލައިފި
ދަ ޑިމޮކްރެޓްސްއާ މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) އުވާލައިފި އެވެ.
03 Jun 2026
ބާރަ އަހަރަށް ފަހު ޝިޔާމް އަލުން ވަޒީފާއަށް، މުސާރައިގެ ބައި އިސްތިއުނާފު
ޝިޔާމް ފުލުހުންގެ ވަޒީފާއަށް ނިކުންނަވަން ފެއްޓެވި ނަމަވެސް ދައުލަތުން ވަނީ މުސާރައާ ގުޅޭ ބައި ސުޕްރީމް ކޯޓްގައި އިސްތިއުނާފު ކޮށްފަ އެވެ. އެއީ 12 އަހަރުގެ މުސާރަ ދޭން އަންގާފައިވާތީ އެވެ.
03 Jun 2026
އިމްތިހާނު ދުވަސްވަރާ ދިމާވާތީ ޕީއެންސީގެ ކޮންގްރެސްގެ ތާރީހު އަވަސްކޮށްފި
ކޮންގްރެސްގެ ތާރީހު އަވަސް ކުުރުމަށް އެދިވަޑައިގެންނެވީ ވެސް ރައީސް މުޢިއްޒު އެވެ. ރައީސްގެ އެދިވަޑައިގަތުން ފާސްކުރީ މެންބަރުންގެ އިއްތިފާގުންނެވެ.
03 Jun 2026
ރައީސް ކަމަކީ ވަރަށް ބުރަ ކަމެއް، ދެން ކުރިމައްޗެއް ނުލާނަން: ނަޝީދު
އެމަނިކުފާނު އެ ވާހަކަފުޅު ތަކުރާރު ކުރެއްވީ ޗެެއާޕާސަން އިންތިހާބުގެ ކެމްޕެއިނަށް ށ. ފޭދޫއަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.
03 Jun 2026
އައްޑޫސިޓީ ކައުންސިލުން މިލިއަނުން ހަރަދުކޮށް މެލޭޝިއާ އަދި ސިންގަޕޫރަށް ކުރި ދަތުރު ގޯސްވެއްޖެ
އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ، ކައުންސިލުން އެ ދަތުރުތަކަށް ހަރަދުކޮށްފައިވަނީ، ސާކިއުލާގައި އަންގާފައިވާ އެންގުމާ އެއްގޮތަށް ކޮށްފައިވާ ހަރަދުތަކެއް ކަމަށް ބެލެވެން ނެތްކަމަށެވެ