އާޖެންޓީނާގެ ކޮޗު ސްކަލޯނީ
ކުޅިވަރު
03 Dec 2022 | 17:15
ގާތްގާތުގައި މެޗުތައް ކުޅެން ޖެހުމުން އާޖެންޓީނާ ކޯޗު ރުޅި މޫނުގައި

ފީފާ ވާރލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި އާޖެންޓީނާ އާއި އޮސްޓްރޭލިއާ މިރޭ ބައްދަލުކުރާ މެޗަކީ މޮޅުވާން މަޖުބޫރު މެޗަކަށް ވީ ނަމަވެސް ގާތްގާތުގައި މެޗުތަކެއް ކުޅެން ޖެހުމުން އޭގެ އަސަރު ޓީމަށް ކޮށްފައިވާ ކަމަށް އާޖެންޓީނާގެ ކޯޗު ލިއޮނަލް ސްކަލޯނީ ބުނެފިއެވެ. 

ރާއްޖެގަޑިން މިރޭ 00:00 ގައި އާޖެންޓީނާ އާއި އޮސްޓްރޭލިއާ ބައްދަލުކުރާ މެޗުގެ ކުރިން ބޭއްވި ނޫސްވެެރިންގެ ބައްދަލުވުމުގައި ސްކަލޯނީ ބުނީ މެޗަށް ތައްޔާރުވާން ލިބުނު ވަގުތު ކޮޅު މަދުވުމުން އެކަމާއި ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެގޮތުން ގްރޫޕެއްގެ ދެވަނަ ޓީމެއްގެ ގޮތުގައި ގަދަ 16 ބުރުން ޖާގަ ހޯދި އޮސްޓްރޭލިއާއަށް ލިބުނު ވަގުތު އާޖެންޓީނާއަށް ވުރެ ތަންކޮޅެއް އިތުރުވި އިރު ގްރޫޕެއްގެ އެއްވަނަ ޓީމެއްގެ ގޮތުގައި އައި އާޖެންޓީނާއަށް ލިބުނު ވަގުތު ތަންކޮޅެއް މަދު ކަމަށެވެ.

މި ޝަކުވާތަކާ އެކުވެސް ސްކަލޯނީ ބުނީ އޭނާގެ ޓީމުން މަސައްކަތްކުރާނީ ކޮންމެ ފަދަ ހާލަތެއްގައި ވެސް ނަތީޖާ ނެރުމަށް ކަމަށްވެސް ބުންޏެވެ. އަދި މިފަހަރުގެ ވޯލްޑްކަޕް އުނދަގޫވާނެ ކަމަށްވެސް ބުންޏެވެ. 

އޮސްޓްރޭލިއާ އާއި ދެކޮޅަށް އާޖެންޓީނާ ކުޅޭ މި މެޗަކީ އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީގެ ކެރިއަރުގައި ކުޅޭ 1000 ވަނަ މެޗެވެ. މިއީ އޭނާ އާޖެންޓީނާ ޤައުމީ ޓީމަށް ކުޅޭ 169 ވަނަ މެޗެވެ. އޭނާ ވަނީ ބާސެލޯނާގައި 778 މެޗު ކުޅެފައެވެ. އަދި މިހާރު ކުޅެމުން އަންނަ ޕީއެސްޖީއަށް 53 މެޗު ކުޅެދިނެވެ. 

ސްކަލޯނީ ބުނީ މިފަހަރުގެ ވޯލްޑްކަޕް ހުރިހާ ގޮތަކުންވެސް އާޖެންޓީނާއަށް އުނދަގޫ ކަމަށެވެ. ނަމަވެސް ކުޅުންތެރިންގެ ހިތްވަރު މެޗަކަށްފަހު މެޗަކުން ފެންނަ ކަމަށާއި އެ ތަފާތާއެކު ތަށި ކާމިޔާބުކުރަން ހުރިހާ ކުޅުންތެރިންވެސް ކެތްމަދުވެފައިވާ ކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Aug 2026
ދޯންޏެއް އަޑިއަށް: ފުލުހަކާ، ސިފައިންގެ މީހަކާ، ދޯނީގެ ކައްޕި ގެއްލިއްޖެ
އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް ހިލަޔާއި ހިލަވެލި ބަރުކޮށްގެން ދަތުރުކުރި ސަޕްލައި ދޯންޏެއް ކަނޑުގަދަވެ އަޑިއަށްދިޔަ ހާދިސާގައި، މީހުން ސަލާމަތްކުރުމަށް މަސައްކަތްކުރި ސިފައިންގެ މީހަކާއި، ފުލުހެއްގެ އިތުރުން އެ ދޯނީގެ ކައްޕި ގެއްލިއްޖެއެވެ.
06 Aug 2026
ކޯޓްތަކަށް ސަރުކާރުން ނުފޫޒު ނުފޯރުވާކަން އެންމެ ރަނގަޅަށް އެނގޭނީ ޔާމީނަށް: އަބްދުއްރަހީމް
"ކޯޓުތަކަށް މި ސަރުކާރުން ނުފޫޒު ނުފޯރުވާކަން އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށް، އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށް," އަބްދުއްރަހީމް ވިދާޅުވި އެވެ.
06 Aug 2026
ދަތިތައް ހުރިނަމަވެސް ވައުދުތައް ފުއްދައިދޭނަން: ރައީސް ޑރ.މުއިއްޒު
ދަތިތަކާއެކުވެސް ރައްޔިތުންނަށް ވީ ވައުދުތައް 2028 ވަނަ އަހަރުގެ ފުރަތަމަ ހަމަސްދުވަހުގެ ތެރޭގައި ފުއްދަވާނޭކަމަށް ރައީސް ވިދާޅުވިއެވެ
05 Aug 2026
ގޮނޑުހޮވައި މަގުމަތިވެގެން އުޅޭ ހާހެއްހާ ކުދިން މާލެ ސަރަހައްދުގައި
އާޒިމް ވިދާޅުވީ މާލެ ސަރަހައްދުގައި އުޅޭ މިފަދަ ކުދިން އަލުން މުޖުތަމައުއަށް ނެރުމަށް އެންޑީއެމްއޭ އާއި ފުލުހުންނާއި، މާލެސިޓީ ކައުންސިލް އަދި ސަރުކާރު ގުޅިގެން މަސައްކަތްތަކެއް ކުރަންޖެހޭކަމަށެވެ
05 Aug 2026
ފަރުމަސްވެރި ކަމަށް ހާއްސަކޮށް އަޅާ ފުރަތަމަ އައިސްޕްލާންޓް އުކުޅަހުގައި
މިއީ ފަރުމަސްވެރި ކަމަށް ހާއްސަކޮށްގެން އަޅާ ކުދި އައިސްޕްލާންޓު ތަކުގެ ތެރެއިން ފުރަތަމަ އައިސްޕްލާންޓެވެ.
05 Aug 2026
އުކުޅަހުން އެދުނީ އަގުހެޔޮކޮށް ތެޔޮ ލިބޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަށް
މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު މެންދުރު އުކުޅަހު ކޮންވެންޝަން ސެންޓަރުގެ އިދާރާގަ އެވެ.
05 Aug 2026
އެމްޑީޕީގެ މުޒާހަރާގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ހާލަތު ބަދަލުކުރުން: ޝިފާޒް
އެމްޑީޕީން ކުރިއަށްގެންދާ މި މުޒާހަރާ ފެށުމަށް ހަމަޖެހިފައިވަނީ އޮގަސްޓް 13 ވަނަ ދުވަހުގެ ރޭ 20:30 ގައި މަޖީދީމަދު ސޯޝަލް ސެންތަރު ކައިރިން ކަމަށް އެޕާޓީން ބުނެއެވެ
05 Aug 2026
'ޕާލް ރެސިޑެންސް" އާ ގުޅިގެން އިލްމުވެރިންގެ ގުޅުމުން މަޝްވަރާ ބައްދަލުވުންތަކެއް ކުރިއަށްގެންދަނީ
ޕާލް ރެސިޑެންސް ޕްރޮގްރާމާ ގުޅޭގޮތުން ސަރުކާރުން ބުނެފައިވަނީ، މިއީ ރާއްޖެއަށް ގެއްލުންވާ ބީދައިން ކުރިއަށްގެންދާ ޕްރޮގްރާމެއް ނޫންކަމަށެވެ