ސްޓްރޭންޖް ވޯލްޑް ގެ ޕޯސްޓަރ އެއް
ދުނިޔެ
04 Dec 2022 | 13:16
އަނެއްކާވެސް ޑިޒްނީގެ އެއްޖިންސުން ގުޅުން ހިންގުން ޕްރޮމޯޓް ކުރާ ކާޓޫން ފިލްމެއް

ވަރަށް ގިނަ ކުޑަ ކުދިންނާއި ބޮޑެތި މީހުންގެ މެދުގައިވެސް މަގުބޫލުކަން ހޯދާފައިވާ އެނިމޭޓެޑް ކާޓޫން ފިލްމު އުފައްދާ ކުންފުންޏެއް ކަމަށްވާ ޑިޒްނީން އަނެއްކާވެސް އެއްޖިންސުން ގުޅުން ހިންގުން ޕްރޮމޯޓް ކުރާ ފިލްމެއް އުފައްދައިފިއެވެ. 

އެއްޖިންސުން ގުޅުން ހިންގުމަކީ، ހައްގެއް ކަމަށް ވާކާލާތުކޮށް، ހަމަހަމަ ކަމަށް ގޮވާލާ ހުޅަނގުގެ ގައުމުތު ތަކުގެ އެ ގޮވެއްޔަށް ތަބައުވުމަށް ޑިޒްނީން ކުރަމުންދާ މަސައްކަތުގެ ތެރެއިން މީގެ ކުރިންވެސްވަނީ އެނިމޭޓެޑް ފިލްމު 'ލައިޓް އިޔަރ' ގައި އެފަދަ މަންޒަރެއް ހިމަނާފައެވެ. އެ ފިލްމުގައި ލޯބިން ގުޅިގެން އުޅޭ ދެ އަންހެނުން ހިމެނޭ އާއިލާއެއް ދައްކާފައިވާއިރު، އެ ކަމާއި ގުޅިގެން ވަރަށް ގިނަ މުސްލިމު ގައުމު ތަކުގައި އެ ފިލްމު ދެއްކުން މަނާވެސް ކުރެވިގެން ދިޔައެވެ. 

އެއަށްފަހު، ނިމިދިޔަ ނޮވެމްބަރު މަހު ޑިޒްނީން ނެރުނު އެނިމޭޓެޑް ކާޓޫން ފިލްމު ކަމުގައިވާ "ސްޓްރޭންޖް ވޯލްޑް" ގައިވެސް މިވަނީ އެއްޖިންސުން ގުޅުން ހިންގުން ޕްރޮމޯޓް ކުރާ ކެރެކްޓަރ އެއް ހިމަނާފައެވެ. 

އެގޮތުން، އެ ކާޓޫނުގައި ލީޑިން ރޯލުން ފެނިގެންދާ 16 އަހަރުގެ ފުރާވަރު ފިރިހެން ކުއްޖެއް ކަމަށްވާ އީތަން، ކާޓޫނުން ފެނިގެންދާ އެހެން ފިރިހެން ކުއްޖެއް ކަމުގައިވާ ޑިއާޒޯ އަށް ހިތް ކިޔައިގެން އުޅޭ މަންޒަރުތައް ކާޓޫނުން ފެނިގެންދެއެވެ. އެ މަންޒަރު ތަކުގެ ތެރޭގައި، ޑިއާޒޯ އީތަން އަށް ހަދިޔާ ގެންނަ މަންޒަރުތަކާއި، އޭނާ އައުމުން، އީތަންގެ ދެ ކޯ ރަތްވެ، އޭނާ ލަދުން އުޅޭ މަންޒަރު ހިމެނެއެވެ. އޭގެ އިތުރުން، އެ ދެ މީހުން އެކެއް އަނެކެއް ގަޔަށް ލޯ ބޮޑުކޮށްގެން ބަލައި، ޑިއާޒޯ ފެނުމުން ހިތް އަވަސް ވެގެން، ބިންމައްޗަށް ބަލައި ބިންމަތީގައި ހުންނަ ގާތަކާއި އީތަން ފައިން ކުޅޭ މަންޒަރު ވެސް ފެނިގެން ދެއެވެ. 

ސްޓްރޭންޖް ވޯލްޑް ކާޓޫނު ފިލްމުގައި އެއްޖިންސުން ގުޅުން ހިންގުން ޕްރޮމޯޓް ކުރާ އީތަން ކެރެކްޓަރ އާއި ޑިއާޒޯ އެކުގައި ފެންނަ މަންޒަރެއް

އެފަދަ އެތައް މަންޒަރު ތަކެއް ފިލްމުން ދައްކައިދޭއިރު, އީތަންގެ ހިތުގައި ފިރިހެނަކާއި މެދު އުފެދިގެން އުޅޭ އިހްސާސް ތަކަކި ރަނގަޅު 'ނޯމަލް' ކަމެއް ކަމަށް ބުނެ އޭނާގެ މައިންބަފައިން އެކަމަށް ހިތްވަރުދޭ މަންޒަރު ވެސް މި ކާޓޫނުން ދައްކުވައިދެއެވެ. 

ބޮޑު ޚަރަދު ކޮށްގެން ޑިޒްނީން ނެރުނު މި ކާޓޫނު ފިލްމަށް މާބޮޑު ތަރުހީބެއް ނުލިބި 100 ބިލިއަން ޑޮލަރުގެ ބޮޑު ގެއްލުމެއް ލިބޭނެ ކަމަށް ލަފާކުރެވިފައިވާއިރު، އޭގެ އެއް ސަބަބަކީ މުޖުތަމައު ގަބޫލު ނުކުރާ އެފަދަ މަންޒަރުތައް ހިމެނުން ކަމަށްވެސް ފާޑުކިޔުންތެރިން ބުނެފައިވެއެވެ.  

މިފަދަ ކާޓޫނު ތަކުގެ އިތުރުން ވާހަކަތަކުގެވެސް ޒަރީޢާއިން އެއްޖިންސުން ގުޅުން ހިންގުމަކީ އާދައިގެ ކުޑަ، ކަމެއް ކަމަށް ދެއްކުމަށް ހުޅަނގުން ފަތުރަމުންދާ އެޖެންޑާ ތައް މުސްލިމު ކުދިންގެ ތެރެއަށްވެސް ވާސިލު ކުރަން މަސައްކަތް ކުރާއިރު އެކަންކަމާއިމެދު ހުރިހާ ބެލެނިވެރިންވެސް ސަމާލު ވުމަކީ މުހިންމުކަމެކެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.