ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ--
ހަބަރު
07 Dec 2022 | 15:16
ރާއްޖޭގައި ޑްރޯން އޮޕަރޭޓް ކުރުމުގައި ހުއްދަ ނަގަން ޖެހޭ ގޮތް ހަދަނީ

ރާއްޖޭގައި ޑްރޯން އޮޕަރޭޓް ކުރުމުގައި ހުއްދަ ނަގަން ޖެހޭ ގޮތަށް ހަދަން ޓްރާންސްޕޯޓް މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ ސިވިލް އޭވިއޭޝަން އޮތޯރިޓީން ނިންމައިފިއެވެ.

ބައިނަލްއަޤުވާމީ މަދަނީ ވައިގެ ދަތުރުފަތުރުގެ ދުވަހާ ގުޅިގެން ނެރުއްވި ޚިތާބެއްގައި ޓްރާންސްޕޯޓު މިނިސްޓަރު އާއިޝަތު ނަހުލާ ވިދާޅުވެފައިވީ، ތަފާތު ހަރަކާތްތައް ހިންގުމަށް މަގުފަހިކުރުމަށް ސަރުކާރުން މަސައްކަތްކުރަމުން އަންނަ ކަމަށެވެ. އެގޮތުން އަންނަ އަހަރުން ފެށިގެން ޑްރޯން ބޭނުންކުރުމަށް ޚާއްޞަ ހުއްދައެއް ދިނުމާ ގުޅޭ ހުރިހާ އިންތިޒާމުތަކެއް ހަމަޖެއްސޭނެ ކަމަށާއި، އެއާއެކު ޑްރޯން ބޭނުންކޮށްގެން އެކި ޚިދުމަތްތައް ފޯރުކޮށްދިނުމަށް ފަހި ފުރުސަތެއް ލިބޭނެކަމުގައި އޭނާ ވިދާޅުވިއެވެ.

މާލޭގެ ރަސްފަންނު ފިޔަވައި އެހެން ސަރަހައްދުތަކުގައި ޑްރޯން އޮޕަރޭޓުކުރެވެނީ އެމްއެެންޑީއެފްގެ ހުއްދައެއް އޮވެގެންނެވެ. 2016 ވަނަ އަހަރުން ފެށިގެން މާލެ ސަރަހައްދުގައި ޑްރޯން އޮޕަރޭޓުކުރުމަށް އެމްއެންޑީއެފްގެ ހުއްދައެއް ނެގުން ލާޒިމުކުރީ އެއާޕޯޓެއް އޮތް ސަރަހައްދެއްގައި ޑްރޯން އޮޕަރޭޓުކުރުމުން ނުރައްކާތެރި ހާދިސާއެއް ހިނގައިފާނެތީއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން މިފަދަ ވިސްނުމަކަށް ގޮސްފައިވާކަން ހާމަކޮށްފައިވާއިރު، މި އަހަރުގެ އޭޕްރީލް މަހުގައި، ޓީއެމްއޭ އަދި މަންޓާއެއާގެ ފްލައިޓެއް ހުޅުމާލެ މަތިން ދަނިކޮށް ވަރަށް ކައިރިން ވީޑިއޯއެއް ކުރި މަންޒަރު މީސްމީޑިއާގައި އާންމުވުމާ ގުޅިގެން އެ މައްސަލަ ވަރަށް ހޫނުވެގެން ދިޔަކަން ފާހަގަކޮށްލަންޖެހެއެވެ. 


ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.