ޕެނަލްޓީ ޖެހުމުގެ ކުރިން މޮރޮކޯ ގެ ކުޅުންތެރިން ފާތިޙާ ސޫރަތް ކިޔަވަން ވަށްބުރެއް ހަދައިގެން
ކުޅިވަރު
07 Dec 2022 | 18:17
މޮރޮކޯ ޓީމުން ޕެނަލްޓީ ޖަހަން ފެށުމުގެ ކުރިން ކިޔެވީ ސޫރަތުލް ފާތިޙާ

ފީފާ ވޯލްޑް ކަޕްގައި ރޭ ޕެނަލްޓީ ޖަހައިގެން ގަދަފަދަ ސްޕެއިން ބަލިކޮށް މޮރޮކޯ އިން ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުން ފުރުސަތު ހޯދާފައިވާއިރު, ޕެނަލްޓީ ޖަހަން ފެށުމުގެ ކުރިން މޮރޮކޯ ޓީނުން ސޫރަތުލް ފާތިޙާ ކިޔެވި މަންޒަރު ފެންނަ ވީޑިއޯއަށް ގިނަ ބައެއްގެ ސަމާލުކަން ލިބިއްޖެއެވެ. 

ރޭ މޮރޮކޯއާއި ސްޕެއިން ބައްދަލު ކުރި މެޗު ނިމުނު އިރުވެސް އެއްވެސް ޓީމަކަށް ގޯލު ޖެހިފައި ނުވާއިރު އިތުރު ވަގުތު ކުޅެގެންވެސް އެކަން ވާގޮތް ވަނީ ނުވެފައެވެ. އެހެންކަމުން، ދެން މެޗުން މޮޅުވާ ޓީމެއް ކަނޑައެޅީ ޕެނަލްޓީ ޖަހައިގެންނެވެ. އެގޮތުން ޕެނަލްޓީ ޖަހައިގެން މޮރޮކޯއިން ސްޕެއިން ގެ މައްޗަށް ކުރި ހޯދީ 3-0 ގެ ނަތީޖާއިންނެވެ. އެއާއެކު މޮރޮކޯ ވެގެން ގޮސްފައިވަނީ ވޯލްޑްކަޕް ގައި ކުއާޓާ ފައިނަލުން ޖާގަ ހޯދި ފުރަތަަމަ މުސްލިމު ގައުމަށެވެ. 

ޕެނަލްޓީ ޖަހައިގެން މޮރޮކޯއިން ހޯދި ފަޚުރުވެރި ކާމިޔާބީގެ އިތުރުން، ގިނަ ބައެއްގެ ސަމާލުކަން ލިބިގެންދިޔައީ، ޕެނަލްޓީ ޖަހަން ފެށުމުގެ ކުރިން އެ ޓީމުގެ ކުޅުންތެރިން ވަށްބުރެއް ހަދައިގެން އެންމެން ހަރު އަޑުން ސޫރަތުލް ފާތިޙާ ކިޔަވާ މަންޒަރު ފެންނަ ވީޑިއޯ އަށެވެ.

މޮރޮކޯ ޓީމުގެ މި ޢަމަލަށް ގިނަބައެއް ތަޢުރީފް ކުރަމުންދާއިރު، އެޓީމުގެ ފަރާތުން މުބާރާތުގައި މިނޫންވެސް އުފާވާ ގިނަ މަންޒަރުތަކެއް މީގެ ކުރިންގެ މެޗުތަކުން ވެސް ވަނީ ފެނިފައެވެ. އެގޮތުން ރޭގެ މެޗަށް ފަހުގައިވެސް އެ ޓީމުން ލިބުނު ކާމީޔާބީއަށް ޝުކުރު ކުރުމުގެ ގޮތުން ދަނޑުމަތީގައި ޝުކުރުގެ ސަޖިދަ ވަނީ ޖަހާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Aug 2026
ދޯންޏެއް އަޑިއަށް: ފުލުހަކާ، ސިފައިންގެ މީހަކާ، ދޯނީގެ ކައްޕި ގެއްލިއްޖެ
އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް ހިލަޔާއި ހިލަވެލި ބަރުކޮށްގެން ދަތުރުކުރި ސަޕްލައި ދޯންޏެއް ކަނޑުގަދަވެ އަޑިއަށްދިޔަ ހާދިސާގައި، މީހުން ސަލާމަތްކުރުމަށް މަސައްކަތްކުރި ސިފައިންގެ މީހަކާއި، ފުލުހެއްގެ އިތުރުން އެ ދޯނީގެ ކައްޕި ގެއްލިއްޖެއެވެ.
06 Aug 2026
ކޯޓްތަކަށް ސަރުކާރުން ނުފޫޒު ނުފޯރުވާކަން އެންމެ ރަނގަޅަށް އެނގޭނީ ޔާމީނަށް: އަބްދުއްރަހީމް
"ކޯޓުތަކަށް މި ސަރުކާރުން ނުފޫޒު ނުފޯރުވާކަން އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށް، އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށް," އަބްދުއްރަހީމް ވިދާޅުވި އެވެ.
06 Aug 2026
ދަތިތައް ހުރިނަމަވެސް ވައުދުތައް ފުއްދައިދޭނަން: ރައީސް ޑރ.މުއިއްޒު
ދަތިތަކާއެކުވެސް ރައްޔިތުންނަށް ވީ ވައުދުތައް 2028 ވަނަ އަހަރުގެ ފުރަތަމަ ހަމަސްދުވަހުގެ ތެރޭގައި ފުއްދަވާނޭކަމަށް ރައީސް ވިދާޅުވިއެވެ
05 Aug 2026
ގޮނޑުހޮވައި މަގުމަތިވެގެން އުޅޭ ހާހެއްހާ ކުދިން މާލެ ސަރަހައްދުގައި
އާޒިމް ވިދާޅުވީ މާލެ ސަރަހައްދުގައި އުޅޭ މިފަދަ ކުދިން އަލުން މުޖުތަމައުއަށް ނެރުމަށް އެންޑީއެމްއޭ އާއި ފުލުހުންނާއި، މާލެސިޓީ ކައުންސިލް އަދި ސަރުކާރު ގުޅިގެން މަސައްކަތްތަކެއް ކުރަންޖެހޭކަމަށެވެ
05 Aug 2026
ފަރުމަސްވެރި ކަމަށް ހާއްސަކޮށް އަޅާ ފުރަތަމަ އައިސްޕްލާންޓް އުކުޅަހުގައި
މިއީ ފަރުމަސްވެރި ކަމަށް ހާއްސަކޮށްގެން އަޅާ ކުދި އައިސްޕްލާންޓު ތަކުގެ ތެރެއިން ފުރަތަމަ އައިސްޕްލާންޓެވެ.
05 Aug 2026
އުކުޅަހުން އެދުނީ އަގުހެޔޮކޮށް ތެޔޮ ލިބޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަށް
މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު މެންދުރު އުކުޅަހު ކޮންވެންޝަން ސެންޓަރުގެ އިދާރާގަ އެވެ.
05 Aug 2026
އެމްޑީޕީގެ މުޒާހަރާގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ހާލަތު ބަދަލުކުރުން: ޝިފާޒް
އެމްޑީޕީން ކުރިއަށްގެންދާ މި މުޒާހަރާ ފެށުމަށް ހަމަޖެހިފައިވަނީ އޮގަސްޓް 13 ވަނަ ދުވަހުގެ ރޭ 20:30 ގައި މަޖީދީމަދު ސޯޝަލް ސެންތަރު ކައިރިން ކަމަށް އެޕާޓީން ބުނެއެވެ
05 Aug 2026
'ޕާލް ރެސިޑެންސް" އާ ގުޅިގެން އިލްމުވެރިންގެ ގުޅުމުން މަޝްވަރާ ބައްދަލުވުންތަކެއް ކުރިއަށްގެންދަނީ
ޕާލް ރެސިޑެންސް ޕްރޮގްރާމާ ގުޅޭގޮތުން ސަރުކާރުން ބުނެފައިވަނީ، މިއީ ރާއްޖެއަށް ގެއްލުންވާ ބީދައިން ކުރިއަށްގެންދާ ޕްރޮގްރާމެއް ނޫންކަމަށެވެ