ކްރިސްޓިއާނޯ ރޮނާލްޑޯ
ކުޅިވަރު
08 Dec 2022 | 22:20
ވޯލްޑްކަޕުގެ ކުރިއަށް ހުރި މެޗުތައް ނުކުޅެ، ރޮނާލްޑޯ ދާން އުޅޭ ކަމަށް ފެތުރުނު ވާހަކައަށް އޭނާ ރައްދުދީފި

ޕޯޗުގަލްގެ ހުނަރުވެރި ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯ، ވޯލްޑްކަޕުގެ ކުރިއަށް ހުރި މެޗުތައް ނުކުޅެ ދާން އުޅޭ ކަމަށް ފަތުރާ ވާހަކަތަކަަށް އޭނާ ރައްދު ދީފިއެވެ. 

ފީފާ ވޯލްޑް ކަޕްގެ ދެވަނަ ބުރުގައި، 1-6 އިން ސްވިޒަލެންޑް ބަލިކޮށް ޕޯޗުގަލް ކުއާޓާ ފައިނަލުން ޖާގަ ހޯދި މެޗުގައި ރޮނާލްޑޯ ބެންޗުގައި އިންއިރު، އޭނާގެ ބަދަލުގައި، ފުރަތަަމަ އެގާރައިން ޖާގަ ހޯދީ 21 އަހަރުގެ ފޯވާޑް، ގޮންޒާލޯ ރާމޯސް އެވެ. މެޗުގެ ފުރަތަަމަ 11 ގައި ރޮނަލްޑޯ ނުހިމަނަން ކޯޗު ނިންމާފައިވަނީ އެދެމީހުންގެ ދެމެދުގައި މައްސަލަ ތަކެއް ޖެހިގެން ކަމަށް މީޑިއާ ރިޕޯޓްތައް ބުނި ނަމަވެސް، އެ މައްސަލަ ހައްލުކޮށްފައިވާ ކަން ކޯޗު ވަނީ ނޫސްވެރިންނަށް ކަށަވަރުކޮށްދީފައެވެ. 

ރޮނާލްޑޯ ފުރަތަަމަ 11 ގައި ނުހިމަނައި ސްވިޒަލޭންޑް އާއި ދެކޮޅަށް ޕޯޗުގަލް ކުޅުނު އެ މެޗުގައި އޭނާގެ ބަދަލުގައި ކުޅެން އެރި، ރާމޯސް ވަނީ ހެޓްރިކްއެއްވެސް ހަދާފައެވެ. އެއާއެކު، ކުރިއަށް އޮތް މެޗުތަކުގައިވެސް، ރާމޯސް ދޫކޮށް ރޮނާލްޑޯ އަށް އެ ޖާގަ ދިނުމަކީ އެޓީމުގެ ކޯޗު ފެނާންޑޯ ސަންޓޯސް އަށް މިހާރު ދަތިކަމަކަށް ވެފައިވާ ކަމަށް ބައެއް ނޫސްތަކުންވަނީ ރިޕޯޓް ކޮށްފައެވެ. 

 އަދި އެފަދަ ކަންކަމާއި، ރޮނާލްޑޯ އާއި ކޯޗާއި ދެމެދު އުފެދިފައިވާ ދެކޮޅުވެރިކަމުގެ ސަބަބުން، ވޯލްޑްކަޕްގެ ކުރިއަށް ހުރި މެޗުތައް ނުކުޅެ އޭނާ ދާން އުޅޭ ކަމަށްވެސް މީޑިއާގައި ވަނީ ޚަބަރުތައް ފެތުރެން ފަށާފައެވެ. އަދި އޭނާ ހުއްޓުވާފައިވަނީ ވަރަށް މަސައްކަތުން ކަމަށްވެސް އެ ޚަބާރުތަކުގައި ބުނެފައިވެއެވެ. 

ރޮނާލްޑޯ އާއި ގުޅިގެން ފެތުރުނު އެ ވާހަކަތަކަކީ ހަގީގަތާއި ޚިލާފު ވާހަކަތަކެއް ކަމަށް ޕޯޗުގަލް ގެ ފުޓުބޯޅަ ފެޑެރޭޝަން އިން ބުނެފައިވާއިރު، އެވާހަކަތަކަށް ރޮނާލްޑޯ ވެސް ވަނީ ރައްދު ދީފައެވެ. 

"ބޭރުގެ އެއްވެސް ބާރަކުން މި ގުރޫޕް ވަކިކޮށްލެވޭ ވަރަށްވުރެ މާ ބޮޑަށް ގުޅިލާމެހިފައިވާ ގުރޫޕެއް މިއީ. މި ގައުމަކީ ދުޝްމަނުންނަށް ބިރުގަންނަވަރަށް ވުރެ މާ ކެރޭ، ސާބިތު ގައުމެއް. މިއީ ހުވަފެންތައް ހަގީގަތަކަށް ހެދުމަށް އެންމެ ފަހުވަގުތާއި ޖެހެންދެންވެސް މަސައްކަތް ކުރާނެ ތެދުވެރި ޓީމެއް." ރޮނާލްޑޯ ބުނެފައިވެއެވެ. 

މިއާއެކު ރޮނާލްޑޯ އެ ޓީމަށް ކުރާ އިތުބާރު ދެމެހެއްޓުމަށް ވެސް ސަޕޯޓަރުންގެ ކިބައިން އެދިފައެވެ. 

ކޮމެންޓް
ައިޒްއާން ބިން އާސިމް
ރޮނާލްޑޯ ވަރެއް ނެތޭ. އެއީ ހަމަ ނަންބަރ ވަން. ފުޓްބޯޅައިގެ ހީރޯ
09 Dec 2022
ގުޅޭ ލިޔުންތައް
06 Aug 2026
ދޯންޏެއް އަޑިއަށް: ފުލުހަކާ، ސިފައިންގެ މީހަކާ، ދޯނީގެ ކައްޕި ގެއްލިއްޖެ
އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް ހިލަޔާއި ހިލަވެލި ބަރުކޮށްގެން ދަތުރުކުރި ސަޕްލައި ދޯންޏެއް ކަނޑުގަދަވެ އަޑިއަށްދިޔަ ހާދިސާގައި، މީހުން ސަލާމަތްކުރުމަށް މަސައްކަތްކުރި ސިފައިންގެ މީހަކާއި، ފުލުހެއްގެ އިތުރުން އެ ދޯނީގެ ކައްޕި ގެއްލިއްޖެއެވެ.
06 Aug 2026
ކޯޓްތަކަށް ސަރުކާރުން ނުފޫޒު ނުފޯރުވާކަން އެންމެ ރަނގަޅަށް އެނގޭނީ ޔާމީނަށް: އަބްދުއްރަހީމް
"ކޯޓުތަކަށް މި ސަރުކާރުން ނުފޫޒު ނުފޯރުވާކަން އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށް، އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށް," އަބްދުއްރަހީމް ވިދާޅުވި އެވެ.
06 Aug 2026
ދަތިތައް ހުރިނަމަވެސް ވައުދުތައް ފުއްދައިދޭނަން: ރައީސް ޑރ.މުއިއްޒު
ދަތިތަކާއެކުވެސް ރައްޔިތުންނަށް ވީ ވައުދުތައް 2028 ވަނަ އަހަރުގެ ފުރަތަމަ ހަމަސްދުވަހުގެ ތެރޭގައި ފުއްދަވާނޭކަމަށް ރައީސް ވިދާޅުވިއެވެ
05 Aug 2026
ގޮނޑުހޮވައި މަގުމަތިވެގެން އުޅޭ ހާހެއްހާ ކުދިން މާލެ ސަރަހައްދުގައި
އާޒިމް ވިދާޅުވީ މާލެ ސަރަހައްދުގައި އުޅޭ މިފަދަ ކުދިން އަލުން މުޖުތަމައުއަށް ނެރުމަށް އެންޑީއެމްއޭ އާއި ފުލުހުންނާއި، މާލެސިޓީ ކައުންސިލް އަދި ސަރުކާރު ގުޅިގެން މަސައްކަތްތަކެއް ކުރަންޖެހޭކަމަށެވެ
05 Aug 2026
ފަރުމަސްވެރި ކަމަށް ހާއްސަކޮށް އަޅާ ފުރަތަމަ އައިސްޕްލާންޓް އުކުޅަހުގައި
މިއީ ފަރުމަސްވެރި ކަމަށް ހާއްސަކޮށްގެން އަޅާ ކުދި އައިސްޕްލާންޓު ތަކުގެ ތެރެއިން ފުރަތަމަ އައިސްޕްލާންޓެވެ.
05 Aug 2026
އުކުޅަހުން އެދުނީ އަގުހެޔޮކޮށް ތެޔޮ ލިބޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަށް
މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު މެންދުރު އުކުޅަހު ކޮންވެންޝަން ސެންޓަރުގެ އިދާރާގަ އެވެ.
05 Aug 2026
އެމްޑީޕީގެ މުޒާހަރާގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ހާލަތު ބަދަލުކުރުން: ޝިފާޒް
އެމްޑީޕީން ކުރިއަށްގެންދާ މި މުޒާހަރާ ފެށުމަށް ހަމަޖެހިފައިވަނީ އޮގަސްޓް 13 ވަނަ ދުވަހުގެ ރޭ 20:30 ގައި މަޖީދީމަދު ސޯޝަލް ސެންތަރު ކައިރިން ކަމަށް އެޕާޓީން ބުނެއެވެ
05 Aug 2026
'ޕާލް ރެސިޑެންސް" އާ ގުޅިގެން އިލްމުވެރިންގެ ގުޅުމުން މަޝްވަރާ ބައްދަލުވުންތަކެއް ކުރިއަށްގެންދަނީ
ޕާލް ރެސިޑެންސް ޕްރޮގްރާމާ ގުޅޭގޮތުން ސަރުކާރުން ބުނެފައިވަނީ، މިއީ ރާއްޖެއަށް ގެއްލުންވާ ބީދައިން ކުރިއަށްގެންދާ ޕްރޮގްރާމެއް ނޫންކަމަށެވެ