މެސީގެ ކެޕްޓަން ބޭންޑް ގައި ޔުނެސްކޯގެ ލޯގޯ އާއި އެކު އެޑިއުކޭޝަން ފޮރ އޯލް ޕްރޮމޯޓް ކުރާ ނިޝާން ޖަހާފައި
ކުޅިވަރު
09 Dec 2022 | 18:48
ޔުނެސްކޯގެ ޝުކުރު މެސީ އަށާއި އާޖެންޓީނާ ޓީމަށް

ޔުނައިޓެޑް ނޭޝަންސް އެޑިއުކޭޝަނަލް، ސައިންޓިފިކް އެންޑް ކަލްޗަރަލް އޯގަނައިޒޭޝަން (ޔުނެސްކޯ) އިން އާޖެންޓީނާގެ ގައުމީ ޓީމަށާއި، އެ ޓީމުގެ ކެޕްޓަން މެސީއަށް ޝުކުރު އަދާކޮށްފިއެވެ. 

ޔުނެސްކޯއިން މޭސީ އަށާއި އާޖެންޓީނާ ޓީމަށް ޝުކުރު އަދާކޮށްފައިމިވަނީ، މެސީގެ ކެޕްޓަން ބޭންޑުގައި، އެންމެނަށް ހަމަހަމަކަން މަތީ ތައުލީމް ފޯރުކޮށްދިނުމުގެ ގޮތުން ޔުނެސްކޯ އިން ފަށާފައިވާ 'އެޑިކޭޝަން ފޮރ އޯލް" ކެންޕެއިނުގައި ބައިވެރިވެ، ޔުނެސްކޯ ގެ އެ ލޯގޯ ހިމަނާފައި ވުމުންނެވެ. 

އެގޮތުން މެސީ އާއި އާޖެންޓީނާ ޓީމަށް ޝުކުރު އަދާކޮށް ޔުނެސްކޯއިން ކުރި އެ ޓުވީޓުގައި ވަނީ، ތައުލީމު ހާސިލުކުރުމުގައި އަހަރެމެން އެންމެންގެ ލަނޑުދަނޑި ނުވަތަ 'ގޯލް' އަކީ އެކައްޗެއް ކަމަށެވެ. 

ކުޅިވަރުގެ ތެރެއިން، އިންސާނިއްޔަތަށްޓަކައި މަސައްކަތް ކުރާ ޖަމިއްޔާތަކާއި، އެ ނޫންވެސް މިފަދަ ހަރަކާތްތައް ޕްރޮމޯޓް ކުރުމަށް އެކި ޓީމުތަކާއި ކުޅުންތެރިން މަސައްކަތް ކުރާއިރު، އަނެއްބައި ޓީމުތަކުން މަސައްކަތް ކުރަމުންދަނީ، މުޖުތަމައު ވެސް ގަބޫލުނުކުރާ ޢަމަލުތަކާއި، ސިޔާސީ ކަންކަން ޕްރޮމޯޓް ކުރުމަށެވެ.

ނަމަވެސް ސިޔާސީ ކަންކަން ފުޓުބޯޅައިގެ ތެރެއިން ޕްރޮމޯޓް ކުރުން ފީފާއިން ވަނީ މަނާ ކޮށްފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Aug 2026
ދޯންޏެއް އަޑިއަށް: ފުލުހަކާ، ސިފައިންގެ މީހަކާ، ދޯނީގެ ކައްޕި ގެއްލިއްޖެ
އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް ހިލަޔާއި ހިލަވެލި ބަރުކޮށްގެން ދަތުރުކުރި ސަޕްލައި ދޯންޏެއް ކަނޑުގަދަވެ އަޑިއަށްދިޔަ ހާދިސާގައި، މީހުން ސަލާމަތްކުރުމަށް މަސައްކަތްކުރި ސިފައިންގެ މީހަކާއި، ފުލުހެއްގެ އިތުރުން އެ ދޯނީގެ ކައްޕި ގެއްލިއްޖެއެވެ.
06 Aug 2026
ކޯޓްތަކަށް ސަރުކާރުން ނުފޫޒު ނުފޯރުވާކަން އެންމެ ރަނގަޅަށް އެނގޭނީ ޔާމީނަށް: އަބްދުއްރަހީމް
"ކޯޓުތަކަށް މި ސަރުކާރުން ނުފޫޒު ނުފޯރުވާކަން އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށް، އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށް," އަބްދުއްރަހީމް ވިދާޅުވި އެވެ.
06 Aug 2026
ދަތިތައް ހުރިނަމަވެސް ވައުދުތައް ފުއްދައިދޭނަން: ރައީސް ޑރ.މުއިއްޒު
ދަތިތަކާއެކުވެސް ރައްޔިތުންނަށް ވީ ވައުދުތައް 2028 ވަނަ އަހަރުގެ ފުރަތަމަ ހަމަސްދުވަހުގެ ތެރޭގައި ފުއްދަވާނޭކަމަށް ރައީސް ވިދާޅުވިއެވެ
05 Aug 2026
ގޮނޑުހޮވައި މަގުމަތިވެގެން އުޅޭ ހާހެއްހާ ކުދިން މާލެ ސަރަހައްދުގައި
އާޒިމް ވިދާޅުވީ މާލެ ސަރަހައްދުގައި އުޅޭ މިފަދަ ކުދިން އަލުން މުޖުތަމައުއަށް ނެރުމަށް އެންޑީއެމްއޭ އާއި ފުލުހުންނާއި، މާލެސިޓީ ކައުންސިލް އަދި ސަރުކާރު ގުޅިގެން މަސައްކަތްތަކެއް ކުރަންޖެހޭކަމަށެވެ
05 Aug 2026
ފަރުމަސްވެރި ކަމަށް ހާއްސަކޮށް އަޅާ ފުރަތަމަ އައިސްޕްލާންޓް އުކުޅަހުގައި
މިއީ ފަރުމަސްވެރި ކަމަށް ހާއްސަކޮށްގެން އަޅާ ކުދި އައިސްޕްލާންޓު ތަކުގެ ތެރެއިން ފުރަތަމަ އައިސްޕްލާންޓެވެ.
05 Aug 2026
އުކުޅަހުން އެދުނީ އަގުހެޔޮކޮށް ތެޔޮ ލިބޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަށް
މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު މެންދުރު އުކުޅަހު ކޮންވެންޝަން ސެންޓަރުގެ އިދާރާގަ އެވެ.
05 Aug 2026
އެމްޑީޕީގެ މުޒާހަރާގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ހާލަތު ބަދަލުކުރުން: ޝިފާޒް
އެމްޑީޕީން ކުރިއަށްގެންދާ މި މުޒާހަރާ ފެށުމަށް ހަމަޖެހިފައިވަނީ އޮގަސްޓް 13 ވަނަ ދުވަހުގެ ރޭ 20:30 ގައި މަޖީދީމަދު ސޯޝަލް ސެންތަރު ކައިރިން ކަމަށް އެޕާޓީން ބުނެއެވެ
05 Aug 2026
'ޕާލް ރެސިޑެންސް" އާ ގުޅިގެން އިލްމުވެރިންގެ ގުޅުމުން މަޝްވަރާ ބައްދަލުވުންތަކެއް ކުރިއަށްގެންދަނީ
ޕާލް ރެސިޑެންސް ޕްރޮގްރާމާ ގުޅޭގޮތުން ސަރުކާރުން ބުނެފައިވަނީ، މިއީ ރާއްޖެއަށް ގެއްލުންވާ ބީދައިން ކުރިއަށްގެންދާ ޕްރޮގްރާމެއް ނޫންކަމަށެވެ