ނެދަލޭންޑު މީގެ ކުރިން ކުޅުނު މެޗެއްގެ ތެރެއިން--ފޮޓޯ/ފީފާ
ކުޅިވަރު
09 Dec 2022 | 23:24
މިރޭގެ މެޗުގައި މެސީ ހުއްޓުވާނެ ގޮތްތަކެއް ނެދަލޭންޑުން ވަނީ ރާވާފައި

ފީފާ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުގެ ދެވަނަ މެޗުގައި މުބާރާތުގެ އެއް ފޭވަރިޓުން ކަމަށްވާ އާޖެންޓީނާއާ ދެކޮޅަށް ނެދަލެންޑްސް މިރޭ ނުކުންނައިރު، އާޖެންޓީނާ ހުނަވެރި ކެޕްޓަން، ލަޔޮނަލް މެސީ ހުއްޓުވަން ރޭވުންތަކެއް ރާވާފައިވާކަން ހާމަކޮށްފިއެވެ.  

މިރޭގެ މެޗަށް ނެދަލޭންޑު ނުކުންނައިރު، ގިނަ މީހުންގެ ސުވާލަކަށް ވެފައިވަނީ، ނެދަލޭންޑު ގެ ޑިފެންސުން މެސީ ހުއްޓުވަން ކުރާނެ މަސައްކަތަކާއި ގުޅޭގޮތުންނެވެ. އަދި އެފަދަ ރޭވުމެއް މިހާރުވެސް ނެދަލޭންޑުގެ ޓީމުން ރާވާފައިވާކަން އެ ޓީމުގެ ކޯޗް ލުއިސް ވެންހާލް ފޮރުވަންވެސް މަސައްކަތެއް ނުކުރިއެވެ. އެހެންނަމަވެސް، އެއި ރޭވުން ނުވަތަ ޕްލޭން އަކީ ކޮބައިކަން އޭނާ ހާމައެއް ނުކުރެއެވެ. 

"އަހަރެން ކަލޭމެންނަށް އެއްވެސް ޕްލޭންއެއް ހާމައެއް ނުކުރާނަން. އަހަރެމެން އެކަހަލަ ކަމެއް ކުރުމަކީވެސް ވަރަށް މޮޔަ ކަމަކަށްވާނެ. އެހެންނަމަވެސް، މެސީ ހުއްޓުވާނީ ކިހިނެއްތޯ ކުރެވޭ ސުވާލުގެ ޖަވާބެއް ހޯދުމަކީ އެހާ އުނދަގޫ ކަމެއްވެސް ނޫން. ޕާސިން ލައިން، ބްލޮކް ކޮށްލައި ބަންދު ކޮށްލުން ވެދާނެ ބޭނުންތެރި ކަމަކަށް" މެސީ ހުއްޓުވާނެ ގޮތާއި ގުޅޭގޮތުން ނޫސްވެރިއެއް ކުރި ސުވާލަށް ޖަވާބު ދެމުން ވެންހާލް ބުންޏެވެ. 

ނެދަލޭންޑު ގެ ކޯޗު ލުއިސް ވެންހާލް 

މިރޭގެ މެޗާއި ގުޅިގެން ވާހަކަ ދައްކަމުން އާޖެންޓީނާގެ ކޯޗުވަނީ، އިދިކޮޅު ޓީމުތަކުން އަބަދުވެސް މެސީ ހުއްޓުވަން އެކި ރޭވުންތައް ރާވަމުން ދާކަމަށް ބުނެފައެވެ. އަދި އެއީ އައު ކަމެއް ނޫން ކަމަށާ، އެމީހުންގެ ރޭވުންތައް ފެއިލްކޮށް، ބަލިކޮށްލުމަށް ތަފާތު ކަމެއް އެޓީމަށްވެސް ކުރެވިދާނެކަމަށް އޭނާ ބުންޏެވެ. އަދި މީގެ އިތުރުން، އިދިކޮޅު ޓީމުގެ ޓާގެޓަކީ މެސީ ކަމުގައި ވާނަމަ އެކަންވެސް ސިކުނޑީގައި ބައިންދާނެ ކަމަށް އޭނާ ބުންޏެވެ. 

ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލަށް ނެދަލެންޑްސް ދަތުރުކުރީ ދެވަނަ ބުރުގައި އެމެރިކާގެ މައްޗަށް ކުރި ހޯދައިގެންނެވެ. މި ދެޓީމު ވެސް ވަނީ ގްރޫޕް ސްޓޭޖުގެ އެއްވަނަ ހޯދާފަ އެވެ. ނެދަލެންޑްސް މިހާތަނަށް ބަލިވެފައި ނުވާއިރު އާޖެންޓީނާ ވަނީ ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި ސައުދީ އަރަބިއާ އަތުން ބަލިވެފަ އެވެ. ލުސައިލް ސްޓޭޑިއަމްގައި ނެދަލެންޑްސް އާއި އާޖެންޓީނާ ވާދަކުރާ މެޗު ފަށާނީ މިރޭ މެންދަމު 12 ޖަހާއިރު އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Aug 2026
ދޯންޏެއް އަޑިއަށް: ފުލުހަކާ، ސިފައިންގެ މީހަކާ، ދޯނީގެ ކައްޕި ގެއްލިއްޖެ
އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް ހިލަޔާއި ހިލަވެލި ބަރުކޮށްގެން ދަތުރުކުރި ސަޕްލައި ދޯންޏެއް ކަނޑުގަދަވެ އަޑިއަށްދިޔަ ހާދިސާގައި، މީހުން ސަލާމަތްކުރުމަށް މަސައްކަތްކުރި ސިފައިންގެ މީހަކާއި، ފުލުހެއްގެ އިތުރުން އެ ދޯނީގެ ކައްޕި ގެއްލިއްޖެއެވެ.
06 Aug 2026
ކޯޓްތަކަށް ސަރުކާރުން ނުފޫޒު ނުފޯރުވާކަން އެންމެ ރަނގަޅަށް އެނގޭނީ ޔާމީނަށް: އަބްދުއްރަހީމް
"ކޯޓުތަކަށް މި ސަރުކާރުން ނުފޫޒު ނުފޯރުވާކަން އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށް، އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށް," އަބްދުއްރަހީމް ވިދާޅުވި އެވެ.
06 Aug 2026
ދަތިތައް ހުރިނަމަވެސް ވައުދުތައް ފުއްދައިދޭނަން: ރައީސް ޑރ.މުއިއްޒު
ދަތިތަކާއެކުވެސް ރައްޔިތުންނަށް ވީ ވައުދުތައް 2028 ވަނަ އަހަރުގެ ފުރަތަމަ ހަމަސްދުވަހުގެ ތެރޭގައި ފުއްދަވާނޭކަމަށް ރައީސް ވިދާޅުވިއެވެ
05 Aug 2026
ގޮނޑުހޮވައި މަގުމަތިވެގެން އުޅޭ ހާހެއްހާ ކުދިން މާލެ ސަރަހައްދުގައި
އާޒިމް ވިދާޅުވީ މާލެ ސަރަހައްދުގައި އުޅޭ މިފަދަ ކުދިން އަލުން މުޖުތަމައުއަށް ނެރުމަށް އެންޑީއެމްއޭ އާއި ފުލުހުންނާއި، މާލެސިޓީ ކައުންސިލް އަދި ސަރުކާރު ގުޅިގެން މަސައްކަތްތަކެއް ކުރަންޖެހޭކަމަށެވެ
05 Aug 2026
ފަރުމަސްވެރި ކަމަށް ހާއްސަކޮށް އަޅާ ފުރަތަމަ އައިސްޕްލާންޓް އުކުޅަހުގައި
މިއީ ފަރުމަސްވެރި ކަމަށް ހާއްސަކޮށްގެން އަޅާ ކުދި އައިސްޕްލާންޓު ތަކުގެ ތެރެއިން ފުރަތަމަ އައިސްޕްލާންޓެވެ.
05 Aug 2026
އުކުޅަހުން އެދުނީ އަގުހެޔޮކޮށް ތެޔޮ ލިބޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަށް
މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު މެންދުރު އުކުޅަހު ކޮންވެންޝަން ސެންޓަރުގެ އިދާރާގަ އެވެ.
05 Aug 2026
އެމްޑީޕީގެ މުޒާހަރާގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ހާލަތު ބަދަލުކުރުން: ޝިފާޒް
އެމްޑީޕީން ކުރިއަށްގެންދާ މި މުޒާހަރާ ފެށުމަށް ހަމަޖެހިފައިވަނީ އޮގަސްޓް 13 ވަނަ ދުވަހުގެ ރޭ 20:30 ގައި މަޖީދީމަދު ސޯޝަލް ސެންތަރު ކައިރިން ކަމަށް އެޕާޓީން ބުނެއެވެ
05 Aug 2026
'ޕާލް ރެސިޑެންސް" އާ ގުޅިގެން އިލްމުވެރިންގެ ގުޅުމުން މަޝްވަރާ ބައްދަލުވުންތަކެއް ކުރިއަށްގެންދަނީ
ޕާލް ރެސިޑެންސް ޕްރޮގްރާމާ ގުޅޭގޮތުން ސަރުކާރުން ބުނެފައިވަނީ، މިއީ ރާއްޖެއަށް ގެއްލުންވާ ބީދައިން ކުރިއަށްގެންދާ ޕްރޮގްރާމެއް ނޫންކަމަށެވެ