ރޮނާލްޑޯ އާއި އޮޒިލް
ކުޅިވަރު
10 Dec 2022 | 16:40
ރޮނާލްޑޯގެ ދިފާއުގައި އޮޒިލް ނުކުމެއްޖެ

ޕޯޗުގަލްގެ ހުނަރުވެރި ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯ، އާއި ގުޅިގެން މީޑިއާތަކުން ފަތުރަމުންދާ ޚަބަރުތަކާއި ގުޅިގެން އޭނާގެ ދިފާއުގައި، ޖަރުމަނުގެ ގައުމީ ޓީމަށް ކުރިން ކުޅެފައިވާ ތަޖުރިބާކާރު މިޑްފީލްޑަރު މެސުޓް އޮޒިލް ނުކުމެއްޖެއެވެ. 

މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕްގެ ދެވަނަ ބުރުގައި، 1-6 އިން ސްވިޒަލެންޑް ބަލިކޮށް ޕޯޗުގަލް ކުއާޓާ ފައިނަލުން ޖާގަ ހޯދި މެޗުގައި ރޮނާލްޑޯ ބެންޗުގައި، ބެއިންދުމާއި ގުޅިގެންނާއި، އަދި އޭނާ އާއި ކޯޗާއި ދެމެދު އުފެދުނު މައްސަލަ އަކާއި ގުޅިގެން ވޯލްޑްކަޕު ދޫކޮށް ދިއުމަށް އޭނާ މަސައްކަތް ކުރި ކަމަށް ބޭރުގެ މީޑިއާ ތަކުން ވަނީ ޚަބަރު ފަތުރާފައެވެ. 

އަދި އޭގެ އިތުރުން ރޮނާލްޑޯ އަށް އޭނާ ކުރިން ދައްކަމުން ދިޔަ ހުނަރުވެރި ކުޅުން މިހާރު ނުދެއްކޭ ކަމަށާ، އެނާގެ ބަދަލުގައި ޒުވާން ކުޅުންތެރިންނަށް ޖާގަދޭންޖެހޭ ކަމަށްވެސް ބައެއް ފަރާތްތަކުން އަންނަނީ ބުނަމުންނެވެ. 

މިކަމާއި ގުޅިގެން މީގެ ކުރިން ރޮނަލްޑޯ އާއި އެކު ރެއާލް މެޑްރިޑް ގައިވެސް ކުޅެފައިވާ އޮޒިލް ކޮށްފައި ޓުވީޓެއްގައި ވަނީ، ނޫސްވެރިން ރޮނާލްޑޯ އާއިމެދު އަބަދު ނައްސި ވާހަކަތައް ހޯދާ ތަނެއް އޭނާއަށް ނޭނގޭކަމަށް ބުނެފައެވެ. އަދި މީޑިއާއިން އެފަދައިން ކަންކުރަމުން އެދަނީ ސަމާލުކަން ހޯދަން ކަމަށާ، ތަޖުރިބާ ކާރުންގެ ނަމުގައި، ކުރާނެ ކަމެއް ނެތިފައި ތިބޭ މީހުން އެފަދަ ޚަބަރުތައް ފަތުރަނީ ރޮނާލްޑޯ ގެ ނަން ބޭނުންކޮށްގެން، މީހުންގެ ސަމާލުކަން ހޯދައި، ރޮނަލްޑޯ އަކީ ނުބައި މީހެއް ކަމަށް ދައްކަން ކަމަށްވެސް އޮޒިލް ބުނެފައިވެއެވެ. 

"އޭނާ އަކީ މިހާރު 38 އަހަރުގެ މީހެއް. އެހެންވީމާ ކޮންމެ ސީޒަނެއްގައި 50 ގޯލު އޭނާ މިހާރު ނުޖަހާތީ އެކަމުގައި ހައިރާންވާންޖެހޭ ކަމަކީ ކޮބާ؟ ފުޓުބޯޅަ އަށް ލޯބި ކުރާ އެންމެންވެސް، 20 އަހަރު ވަންދެން ރޮނާލްޑޯ އެ ދައްކަމުންދާ ހުނަރުވެރި 'ވޯލްޑް ކްލާސް' ކުޅުން ފެންނަ ކަމަށްޓަކައި އުފާކުރަންޖެހޭ." 

މިއާއެކު އޮޒިލްވަނީ، އަރަމުންމިދާ ޖީލުގެ އެކެއް ވެސް ރޮނާލްޑޯ އާއި އެއްވަރަށް ކާމިޔާބީ ހޯދާނެ ކަމަށް އޭނާ އަށް ހީނުވާ ކަމަށާ، އެއީ ކުޅިވަރުގެ ތާރީޚު ދުށް އެންމެ ހުނަރުވެރި އެއް ކުޅުންތެރިޔާ ކަމަށް ބުނެފައެވެ. އަދި އެކަމަށްޓަކައި އެންމެންވެސް އޭނާއަށް އިހްތިރާމް ކުރަންޖެހޭނެ ކަމަށްވެސް އޮޒިލް ބުނެފައިވެއެވެ. 

 

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Aug 2026
ދޯންޏެއް އަޑިއަށް: ފުލުހަކާ، ސިފައިންގެ މީހަކާ، ދޯނީގެ ކައްޕި ގެއްލިއްޖެ
އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް ހިލަޔާއި ހިލަވެލި ބަރުކޮށްގެން ދަތުރުކުރި ސަޕްލައި ދޯންޏެއް ކަނޑުގަދަވެ އަޑިއަށްދިޔަ ހާދިސާގައި، މީހުން ސަލާމަތްކުރުމަށް މަސައްކަތްކުރި ސިފައިންގެ މީހަކާއި، ފުލުހެއްގެ އިތުރުން އެ ދޯނީގެ ކައްޕި ގެއްލިއްޖެއެވެ.
06 Aug 2026
ކޯޓްތަކަށް ސަރުކާރުން ނުފޫޒު ނުފޯރުވާކަން އެންމެ ރަނގަޅަށް އެނގޭނީ ޔާމީނަށް: އަބްދުއްރަހީމް
"ކޯޓުތަކަށް މި ސަރުކާރުން ނުފޫޒު ނުފޯރުވާކަން އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށް، އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށް," އަބްދުއްރަހީމް ވިދާޅުވި އެވެ.
06 Aug 2026
ދަތިތައް ހުރިނަމަވެސް ވައުދުތައް ފުއްދައިދޭނަން: ރައީސް ޑރ.މުއިއްޒު
ދަތިތަކާއެކުވެސް ރައްޔިތުންނަށް ވީ ވައުދުތައް 2028 ވަނަ އަހަރުގެ ފުރަތަމަ ހަމަސްދުވަހުގެ ތެރޭގައި ފުއްދަވާނޭކަމަށް ރައީސް ވިދާޅުވިއެވެ
05 Aug 2026
ގޮނޑުހޮވައި މަގުމަތިވެގެން އުޅޭ ހާހެއްހާ ކުދިން މާލެ ސަރަހައްދުގައި
އާޒިމް ވިދާޅުވީ މާލެ ސަރަހައްދުގައި އުޅޭ މިފަދަ ކުދިން އަލުން މުޖުތަމައުއަށް ނެރުމަށް އެންޑީއެމްއޭ އާއި ފުލުހުންނާއި، މާލެސިޓީ ކައުންސިލް އަދި ސަރުކާރު ގުޅިގެން މަސައްކަތްތަކެއް ކުރަންޖެހޭކަމަށެވެ
05 Aug 2026
ފަރުމަސްވެރި ކަމަށް ހާއްސަކޮށް އަޅާ ފުރަތަމަ އައިސްޕްލާންޓް އުކުޅަހުގައި
މިއީ ފަރުމަސްވެރި ކަމަށް ހާއްސަކޮށްގެން އަޅާ ކުދި އައިސްޕްލާންޓު ތަކުގެ ތެރެއިން ފުރަތަމަ އައިސްޕްލާންޓެވެ.
05 Aug 2026
އުކުޅަހުން އެދުނީ އަގުހެޔޮކޮށް ތެޔޮ ލިބޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަށް
މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު މެންދުރު އުކުޅަހު ކޮންވެންޝަން ސެންޓަރުގެ އިދާރާގަ އެވެ.
05 Aug 2026
އެމްޑީޕީގެ މުޒާހަރާގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ހާލަތު ބަދަލުކުރުން: ޝިފާޒް
އެމްޑީޕީން ކުރިއަށްގެންދާ މި މުޒާހަރާ ފެށުމަށް ހަމަޖެހިފައިވަނީ އޮގަސްޓް 13 ވަނަ ދުވަހުގެ ރޭ 20:30 ގައި މަޖީދީމަދު ސޯޝަލް ސެންތަރު ކައިރިން ކަމަށް އެޕާޓީން ބުނެއެވެ
05 Aug 2026
'ޕާލް ރެސިޑެންސް" އާ ގުޅިގެން އިލްމުވެރިންގެ ގުޅުމުން މަޝްވަރާ ބައްދަލުވުންތަކެއް ކުރިއަށްގެންދަނީ
ޕާލް ރެސިޑެންސް ޕްރޮގްރާމާ ގުޅޭގޮތުން ސަރުކާރުން ބުނެފައިވަނީ، މިއީ ރާއްޖެއަށް ގެއްލުންވާ ބީދައިން ކުރިއަށްގެންދާ ޕްރޮގްރާމެއް ނޫންކަމަށެވެ