އެމެރިކާގެ ކުޅިވަރު ނޫސްވެރިޔާ ގްރާންޓް ވާލް އެއްޖިންސުން ގުޅުން ހިންގުން ޕްރޮމޯޓް ކުރާ ޓީޝާޓްގައި ސްޓޭޑިއަމް ބޭރުގައި
ކުޅިވަރު
10 Dec 2022 | 18:35
ޤަތަރުގައި އެއްޖިންސުން ގުޅުން ހިންގުން ޕްރޮމޯޓް ކުރަން އުޅުނު ނޫސްވެރިޔާ ކުއްލިގޮތަކަށް މަރުވެއްޖެ

ޤަތަރުގައި އެއްޖިންސުން ގުޅުން ހިންގުން ޕްރޮމޯޓް ކުރުން މަސައްކަތް ކުރި އެމެރިކާގެ ކުޅިވަރު ނޫސްވެރިޔާ ގްރާންޓް ވޯލް، ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުގައި އާޖެންޓީނާ އާއި ނެދަލޭންޑްސް ރޭ ބައްދަލުކުރި މެޗު ކަވަރު ކުރުމުގެ މަސައްކަތުގައި އުޅެނިކޮށް ކުއްލި ގޮތަކަށް މަރުވެއްޖެއެވެ. 

ފޮކްސް ނޫހުގައި މަސައްކަތް ކުރާ އެ ނޫސްވެރިޔާ މަރުވެފައި ވަނީ ރޭގެ އެ މެޘު ކަވަރު ކުރަން ހުއްޓައި ނޭވާލާން ދަތިވެގެން ކަމަށް ބޭރުގެ މީޑިއާ ތަކުން ރިޕޯޓް ކޮށްފައިވެއެވެ. 

އުމުުރުން 48 އަހަރުގެ ގްރޭންޓް، މުބާރާތް ކަވަރު ކުރަމުން ދިޔަ އިރުވެސް އޭނާގެ ފަރާތުން އޭނާގެ ހާލު ދަށްވަމުން އައި ކަމުގެ އެކި ކަހަލަ އަލާމާތްތައް ފެނިފައިވާއިރު، އޭނާ މަރުވީ މުބާރާތް ކަވަރު ކުރުމުގައި އޭނާ ގެންގުޅުނު ބިޒީ ޝެޑިއުލްގެ ސަބަބުން ކަމަށް އޭނާގެ އެޖެންޓު ޓިމް ސްކޭލަން ބުނެއެވެ.

ގްރާންޓް މަރުވެފައިވާކަން، ފީފާއިން ވެސް ވަނީ ބަޔާނެއް ނެރެފައެވެ. 

ކުޅިވަރު ނޫސްވެރިއެއްގެ އިތުރުން ގްރާންޓް އަކީ، ޤަތަރުގައި އެއްޖިންސުން ގުޅުން ހިންގުން ޕްރޮމޯޓް ކުރުން މަނާ ކުރުމާއި ގުޅިގެން އެކަމާއި ނުރުހުން ފާޅުކޮށްވެސް ގަތަރުގެ އެ ގަވައިދަށް ގޮންޖެހުމަށް މަސައްކަތް ކޮށްފައވާ  މީހެކެވެ.

އެގޮތުން ވޯލްޑްކަޕު ގައި އެމެރިކާ އާއި ވޭލްސް ބައްދަލު ކުރި މެޗު ކަވަރު ކުރަން ސްޓޭޑިއަމް އަށް އައި އިރު، އޭނާ ހުރީ އެއްޖިންސުން ގުޅުން ހިންގުން ޕްރޮމޯޓް ކުރާ ކުލަތައް ހިމެނޭ ޓީޝާޓެއް ލައިގެންނެވެ. އަދި އެ ޓީޝާޓު ބަދަލު ކޮށްގެން އައުމަށް ސެކިއުރިޓީން އޭނާއަށް އެންގުމާއި ގުޅިގެން ނުރުހުން ފާޅުކޮށް އޭނާވަނީ ޓުވީޓެއްވެސް ކޮށްފައެވެ. 

އެހެންނަމަވެސް، އޭނާގެ އެ އަމަލާއި ގުޅިގެން މީހުންގެ ނުރުހުން އަމާޒުވެގެން ދިޔައީ އޭނާއަށެވެ. 

ކޮމެންޓް
ޒާހިދު
ﷲ އަށްހަމެދުކުރަން! ދެން ހުރިހާޖިންސް އެއްކޮށް ނަރަކައިގަ ޕޮރޮމޯޓާ ރިމޯޓް ވެސް ކުރޭ
10 Dec 2022
ބޫމްބޫމް
މިހާރު އޮންނާނެ ސަދޫމް ރަގަޅަށް ޕްރޮމޯޝަން ޖެއްސިފަ. އަދިވެސް ހެއްދެވި ފަރާތުގެ ރޫލްސްތަކަށް ގޮންޖަހަމުން ދުވާތި. ހޭނެތިގެން އުޅޭ ދިވެހި ބައިގަނޑު ހޭއަރާކަށް ނުވޭ؟؟؟
10 Dec 2022
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.