އޭޑްސް ދުވަސް ފާހަގަކުރުމަށް ބޭއްވުނު ރަސްމިއްޔާތުގެ ތެރެއިން ހެލްތު މިނިސްޓަރު އަހުމަދު ނަސީމް
11 Dec 2022 | 13:18
ގިނަބަޔަކަށް އެއިޑްސް ޖެހުމުގެ ފުރުސަތު ބޮޑު: ނަސީމް

ރާއްޖޭގައި އެޗްއައިވީ ނުވަތަ އެއިޑްސް ޖެހިފައިވާ މީހުންގެ އަދަދު މަދު  ނަމަވެސް ގިނަ ބަޔަކަށް އެބަލި ޖެހުމުގެ ފުރުސަތު ބޮޑުކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ އެއިޑްސް ދުވަސް ރާއްޖޭގައި ރަސްމީކޮށް ފާހަގަކުރުމުގެ ގޮތުން ގއ ވިލިނގިލީގައި ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެން ނަސީމް ވިދާލުވީ ރާއްޖޭގައި އޭޑްސް ފެތުރުމުގެ ފުރުސަތު ބޮޑު ކަމަށް އެކި އެކި ދިރާސާތަކުން ދައްކާ ކަމަށާއި، އެޗް.އިވީ އާ ދާދި އެއްގޮތަށް ފެތުރޭ އެހެން ބަލިތައްވެސް ރާއްޖެއިން ފެންނަމުން ދާ ކަމަށެވެ. 

"ރާއްޖޭގައި އެޗްއައިވީ ޖެހިފައިވާ މީހުންގެ އަދަދު މަދު ނަމަވެސް ގިނަ ބަޔަކަށް މި ބަލި ޖެހުމުގެ ފުރުސަތު ބޮޑު ކަމަށް ބެލެވޭ ކަންކަން، ރާއްޖޭގައި ކުރެވިފައިވާ ދިރާސާތަކުން ފެންނަން އެބަހުރި. އެޗްއައިވީއާ އެއްގޮތަށް ފެތުރޭ އެހެން ބަލިތައްވެސް ރާއްޖެއިން ފެންނަމުންދޭ،" ނަސީމު ވިދާޅުވިއެވެ.

އެހެންކަމުން ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކެކޭ އެއްފަދައިން ރާއްޖޭގައިވެސް އިއްޔެ އިފްތިތާހްކުރި އެޗްއައިވީ ހެޕަޓައިޓިސް އަދި ޖިންސީ ގުޅުމުން ފެތުރޭ އެހެނިހެން ބަލިތައް ހިމެނޭގޮތަށް ކޮމްބައިންޑް ނޭޝަނަލް ސްޓްރެޖިކް ޕްލޭންގެ މުހިއްމުކަން ނަސީމް ފާހަގަކުރެއްވިއެވެ.

ރާއްޖޭގައިވެސް ކުރިއަށް އޮތްތަނުގައި މަސައްކަތް ކުރާނީ އޭޑްސް އާއި ޖިންސީ ގުޅުމުން އަރާ ބަލިތަކާއި ހެޕަޓައިޓިސް ހިމެނޭގޮތަށް ބަލިން ރައްކާތެރިކުރުމާއި ބަލި ދެނެގަތުމާއި ބަލި ޖެހޭ މީހުންގެ ފަރުވާގެ ކަންކަން ހަމަޖެއްސުމަށް ކަމަށް ނަސީމް ވިދާޅުވިއެވެ.

ސަރުކާރުން މިހާތަނަށް ހާމަކޮށްފައިވާ ތަފާސްހިސާބަށް ބަލާއިރަށް އެއިޑްސް ބަލިޖެހިފައިވާ 39 މީހަކު ރާއްޖެއިން ފެނިފައިވެއެވެ. އެއީ 33 ފިރިހެނުންނާއި 6 އަންހެނުންނެވެ. މިހާރު ފަރުވާ ހޯދަމުންދާ މީހުންގެ އަދަދަކީ 22 މީހުންކަމަށްވެސް ސަރުކާރުން ބުނެފައިވެއެވެ.

ކޮމެންޓް
ހަސަން
ފުރުޞަތު ބޮޑޭބުނާއިރު ފުރުޞަތު ބޮޑު ސަބަބުތައް ބަޔާންކޮށްނުދިނީ ކީއްވެ؟
11 Dec 2022
ގުޅޭ ލިޔުންތައް
27 Aug 2026
ޕާސްޕޯޓް ބުކްލެޓް ލިބުން ދަތިވުމުން އާ ޕާސްޕޯޓް ދޫކުރުމުގެ އުސޫލަށް ބަދަލެއް
ފުރަތަމަ ބަދަލަކީ ރާއްޖޭގައި ތިބެގެން މުއްދަތު ހަމަވެފައިވާ ޕާސްޕޯޓު އައުކުރަން ހުށަހަޅާ ފަރާތްތަކަށް އައު ޕާސްޕޯޓެއް ހެދުމުގެ ބަދަލުގައި ކުރީގެ ޕާސްޕޯޓުގެ މުއްދަތު 2027 ޖޫން 30 ގެ ނިޔަލަށް އިތުރުކޮށްދިނުމެވެ
27 Aug 2026
ބޮސްނިއާގެ މުސްލިމުން ޤަތުލުކުރި މޭސްތިރި "ރަޓްކޯ މްލަޑިޗް" ޖަލުގައި އޮވެ މަރުވެއްޖެ
އޭނާގެ ބެލުމުގެ ދަށުން 1995 ވަނަ އަހަރު ސްރެބްރެނިކާގައި ކުށެއް ނެތް 7000 އަށް ވުރެ ގިނަ މުސްލިމު ފިރިހެނުންނާއި ކުޑަކުދިން ރަޙުމެއް ނެތި ޝަހީދުކޮށްލެވުނެވެ. ހަމައެހެންމެ ސަރަޖޭވޯ ވަށައިލައިގެން އެތައް އަހަރެއް ވާންދެން ދެވުނު ހަމަލާތަކުގައި 10000 އަށް ވުރެ ގިނަ ޢާންމު ރައްޔިތުން މަރައިލެވުނެވެ
27 Aug 2026
ނޭޕާލްގައި ހިނގި ފްލޭޝް ފްލަޑް ކާރިސާގައި ދިވެއްސަކަށް ގެއްލުމެއް ނުވޭ، 10 ގައުމެއްގެ 500 މީހަކު ގެއްލުނު
ފޮރިން މިނިސްޓްރީން މިރޭ ބުނީ އެ މިނިސްޓަރީން ގެންދަނީ އެކަން މޮނިޓަރ ކުރަމުން ކަމަށެވެ. އަދި ކާރިސާ ދިމާވި ސަރަހައްދުގައި އެއްވެސް ދިވެހި ރައްޔިތަކު ހުރިކަމަކަށް މިނިސްޓްރިއަށް އެއްވެސް ރިޕޯޓެއް ލިބިފައެއް ނުވާ ކަމަށެވެ
27 Aug 2026
ރައީސާ ބައްދަލުވުމުގެ ފުރުސަތު؛ އިތުރު 8 ދާއިރާއެއްގެ ރައްޔިތުންނަށް ހުޅުވާލައިފި
ހުޅުވައިލީ ހެންވޭރު އުތުރު ދާއިރާ އާއި މިލަންދޫ ދާއިރާ އާއި ވެލިދޫ ދާއިރާ އާއި ތުޅާދޫ ދާއިރާ އާއި ފެލިދޫ ދާއިރާ އާއި މުލަކު ދާއިރާ އާއި ނިލަންދޫ ދާއިރާގެ އިތުރަށް ގުރައިދޫ ދާއިރާގެ ރައްޔިތުންނަށެވެ
27 Aug 2026
ހަނދުގައި ފެން ހުރިތޯ ބަލަން ފޮނުވާ މިޝަން ޗައިނާއިން ފަސްކޮށްފި
27 Aug 2026
ތިނަދޫގެ އާބާދީ އޮޅުވައިލި މައްސަލަ: ޕީޖީއަށް ބަލައިގަނެ ދިރާސާކުރަނީ
ޕީޖީން ބުނީ ދަޢުވާކުރުމާމެދު ގޮތެއް ނިންމުމަށްޓަކައި މައްސަލަ ދިރާސާކުރަމުންދާ ކަމަށެވެ. މައްސަލާގައި އަޅާ ފިޔަވަޅުތައް ހާމަކުރަމުންދާނެ ކަމަަށް ވެސް ބުންޏެވެ
27 Aug 2026
މިދިޔަ އަހަރު ނިމުނުއިރު ޓޫރިޒަމް ޓްރަސްޓް ފަންޑުގައި 149.2 މިލިއަން ރުފިޔާ
އޮޑިޓް ރިޕޯޓުން ދައްކާގޮތުގައި މޯލްޑިވްސް ޓޫރިޒަމް ޓްރަސްޓް ފަންޑުން ހޭދަކޮށްފައިވަނީ އޮންނަ އުސޫލުގެ މަތިންނެވެ. އެގޮތުން ހަރަދު ކުރުމުގައި މައްސަލައެއް ނެތްކަން އޮޑިޓަރުގެ ރިޕޯޓުން ފާހަގަވެއެވެ
27 Aug 2026
ޕާކިސްތާނުގައި އަނެއްކާވެސް ހަމަލާދީ ބަޔަކު މަރާލައިފި، ހަމަލާތައް އިތުރުވަނީ
މި ހަމަލާ ދިން މީހުން ހޯދުމަށް ސަލާމަތީ ބާރުތަކުން މިހާރު ވަނީ ޚާއްޞަ އޮޕަރޭޝަނެއް ފަށާފައެވެ.