މޮރޮކޯ ކުޅުންތެރިއެއް އޭނާގެ މަންމައާއި އެކު
ކުޅިވަރު
11 Dec 2022 | 15:51
މެޗުން ލިބުނު ކާމިޔާބީ މޮރޮކޯ ޓީމުގެ ކުޅުންތެރިން ފާހަގަކުރީ ޢާއިލާއާއި އެކު

ޤަތަރުގައި މިހާރު ކުރިއަށްދާ ވޯލްޑްކަޕް ގެ ކުއާޓާ ފައިނަލުގައި، ރޭ 1-0 އިން ގަދަފަދަ ޕޯޗުގަލް ޓީމުބަލިކޮށް މޮރޮކޯ އިން ހޯދި ކާމިޔާބީ އަށްފަހު މިފަހަރުވެސް އެންމެންގެ ސަމާލުކަން އެންމެ ބޮޑަށް ލިބިގެން ދިޔައީ މޮރޮކޯ ޓީމުގެ ކުޅުންތެރިން އެ ކާމިޔާބީ ފާހަގަކުރި ގޮތެވެ. 

ވޯލްޑް ކަޕްގެ ދިގު ތާރީހުގައި ވޯލްޑް ކަޕްގެ ސެމީ ފައިނަލުން ފުރުސަތު ހޯދި އެފްރިކާގެ ފުރަތަމަ ޓީމަށް މޮރޮކޯ ވެފައިވާއިރު، މޮރޮކޯ ގެ މި ކާމިޔާބީ އަކީ އެފްރިކާގެ އިތުރުން މުސްލިމުންނަށްވެސް ލިބިގެންދިޔަ ބޮޑު ކާމިޔާބީއެއް ކަމަށް ގިނަ ބަޔަކު ދެކެއެވެ. އެހެނީ މޮރޮކޯ އަކީ 99 އިންސައްތަ މުސްލިމު ގައުމެކެވެ. 

މީގެ ކުރިން ފެނިގެން ދިޔަ މެޗުތަކުގައިވެސް، މޮރޮކޯ ޓީމުން ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން އެންމެ ފުރަތަަމަ ޖަހަނީ ޝުކުރުގެ ސަޖިދައެކެވެ. އެއަށްފަހު، އެ ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން ފަލަސްޠީނުގެ ދިދައާއިއެކު ޓީމުގެ ކުޅުންތެރިން ފޮޓޯ ނަގާއިރު، ރޭގެ މެޗުގައިވެސް ފެނިގެން ދިޔައީ އެފަދަ އުފާވެރި މަންޒަރުތަކެކެވެ. 

އަދި އޭގެ އިތުރުން، މެޗަށްފަހު، މޮރޮކޯ ޓީމުގެ ކުޅުންތެރިންގެ މަންމައިންނާއި އެމީހުންގެ ދަރިންނާއި އާއިލާގެ މީހުން ދަނޑަށް ގެނެސްފައިވާއިރު، އެ އާއިލާ ތަކުގެ މެދުގައި އޮތް ލޯބި ވަރަށް ރަނގަޅަށް ދަނޑުމަތިން ވެސް ވަނީ ފެނިގެން ގޮސްފައެވެ. 

މޮރޮކޯ ޓީމުގެ ކުޅުންތެރިންނާއި އެ ކުޅުންތެރިން ގެ މަންމައިން އަދި ދަރިން އެކީގައި ފެނިގެންދިޔަ މިއުފާވެރި މަންޒަރާއި ގުޅިގެން، ވަރަށް ގިނަ މީހުންގެ އިތުރުން ފީފާގެ ސަމާލުކަންވެސް ވަނީ ލިބިފައެވެ. 

އަދި މޮރޮކޯ ޓީމުގެ ކާމިޔާބީގެ އަސްލަކީވެސް ޢާއިލާއިން ލިބޭ ހިތްވަރު ކަމަށް ގިނަ ބަޔަކު ބުނެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Aug 2026
ދޯންޏެއް އަޑިއަށް: ފުލުހަކާ، ސިފައިންގެ މީހަކާ، ދޯނީގެ ކައްޕި ގެއްލިއްޖެ
އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް ހިލަޔާއި ހިލަވެލި ބަރުކޮށްގެން ދަތުރުކުރި ސަޕްލައި ދޯންޏެއް ކަނޑުގަދަވެ އަޑިއަށްދިޔަ ހާދިސާގައި، މީހުން ސަލާމަތްކުރުމަށް މަސައްކަތްކުރި ސިފައިންގެ މީހަކާއި، ފުލުހެއްގެ އިތުރުން އެ ދޯނީގެ ކައްޕި ގެއްލިއްޖެއެވެ.
06 Aug 2026
ކޯޓްތަކަށް ސަރުކާރުން ނުފޫޒު ނުފޯރުވާކަން އެންމެ ރަނގަޅަށް އެނގޭނީ ޔާމީނަށް: އަބްދުއްރަހީމް
"ކޯޓުތަކަށް މި ސަރުކާރުން ނުފޫޒު ނުފޯރުވާކަން އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށް، އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށް," އަބްދުއްރަހީމް ވިދާޅުވި އެވެ.
06 Aug 2026
ދަތިތައް ހުރިނަމަވެސް ވައުދުތައް ފުއްދައިދޭނަން: ރައީސް ޑރ.މުއިއްޒު
ދަތިތަކާއެކުވެސް ރައްޔިތުންނަށް ވީ ވައުދުތައް 2028 ވަނަ އަހަރުގެ ފުރަތަމަ ހަމަސްދުވަހުގެ ތެރޭގައި ފުއްދަވާނޭކަމަށް ރައީސް ވިދާޅުވިއެވެ
05 Aug 2026
ގޮނޑުހޮވައި މަގުމަތިވެގެން އުޅޭ ހާހެއްހާ ކުދިން މާލެ ސަރަހައްދުގައި
އާޒިމް ވިދާޅުވީ މާލެ ސަރަހައްދުގައި އުޅޭ މިފަދަ ކުދިން އަލުން މުޖުތަމައުއަށް ނެރުމަށް އެންޑީއެމްއޭ އާއި ފުލުހުންނާއި، މާލެސިޓީ ކައުންސިލް އަދި ސަރުކާރު ގުޅިގެން މަސައްކަތްތަކެއް ކުރަންޖެހޭކަމަށެވެ
05 Aug 2026
ފަރުމަސްވެރި ކަމަށް ހާއްސަކޮށް އަޅާ ފުރަތަމަ އައިސްޕްލާންޓް އުކުޅަހުގައި
މިއީ ފަރުމަސްވެރި ކަމަށް ހާއްސަކޮށްގެން އަޅާ ކުދި އައިސްޕްލާންޓު ތަކުގެ ތެރެއިން ފުރަތަމަ އައިސްޕްލާންޓެވެ.
05 Aug 2026
އުކުޅަހުން އެދުނީ އަގުހެޔޮކޮށް ތެޔޮ ލިބޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަށް
މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު މެންދުރު އުކުޅަހު ކޮންވެންޝަން ސެންޓަރުގެ އިދާރާގަ އެވެ.
05 Aug 2026
އެމްޑީޕީގެ މުޒާހަރާގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ހާލަތު ބަދަލުކުރުން: ޝިފާޒް
އެމްޑީޕީން ކުރިއަށްގެންދާ މި މުޒާހަރާ ފެށުމަށް ހަމަޖެހިފައިވަނީ އޮގަސްޓް 13 ވަނަ ދުވަހުގެ ރޭ 20:30 ގައި މަޖީދީމަދު ސޯޝަލް ސެންތަރު ކައިރިން ކަމަށް އެޕާޓީން ބުނެއެވެ
05 Aug 2026
'ޕާލް ރެސިޑެންސް" އާ ގުޅިގެން އިލްމުވެރިންގެ ގުޅުމުން މަޝްވަރާ ބައްދަލުވުންތަކެއް ކުރިއަށްގެންދަނީ
ޕާލް ރެސިޑެންސް ޕްރޮގްރާމާ ގުޅޭގޮތުން ސަރުކާރުން ބުނެފައިވަނީ، މިއީ ރާއްޖެއަށް ގެއްލުންވާ ބީދައިން ކުރިއަށްގެންދާ ޕްރޮގްރާމެއް ނޫންކަމަށެވެ