ދިވެހިރާއްޖޭގެ ފަޅުތަކާއި ހޭޅިފަށް ހިމާޔާތްކުރުމަށް ކުރިއަށް ގެންދިޔަ ޕްރޮގްރާމްގެ ތެރެއިން:ފޮޓޯ/ އާރކް
ހަބަރު
12 Dec 2022 | 11:24
ފަޅުތަކާއި ހޭޅިފަށް ހިމާޔާތްކުރުމަށް ހާއްސާ ޕްރޮގްރާމެއް އާކްއިން ފަށައިފި

ދިވެހިރާއްޖޭގެ ފަޅުތަކާއި ހޭޅިފަށް ހިމާޔާތްކުރުމަށް ހާއްސާ ޕްރޮގްރާމެއް އާކް އިން "ސޭވް ޕްލެނެޓް އަރތް" އާއެކު ފަށައިފިއެވެ.

މި ޕްރޮގްރާމް ފަށާފައިވަނީ މާލެ އަތޮޅުގެ ރަށްތަކުގެ ތެރެއިން ރަށް ގިރުމުގެ މައްސަލަ އެންމެ ބޮޑަށް ފާހަގަވެފައިވާ  އެއް ރަށް ކަމުގައިވާ ދިއްފުށީގެ ހޭޅިފަށް ސަރަހައްދު ހިމާޔަތް ކުރުމަށް ގަސްއިންދުމުގެ ހާއްސަ ޕްރޮގްރާމަކާއެކުގައެވެ. މި ޕްރޮގްރާމް ކުރިޔަށް ގެންގޮސްފައިވަނީ ތިމާވެށީ ހިމާޔަތްކުރުމަށް ވަކާލާތުކުރާ މޫދު ބުޅާ ޑައިވް ސެންޓަރ، އަލޯހާ އުފާ، ބީޗް ކަލްބް، ކްލަބް ކާފު، އެސްޑީއެމް ފާރމިންގް އަދި ދިއްފުށީ ކައުންސިލްގެ އިދާރާ އާއި ގުޅިގެންނެވެ.

މި ޕްރޮގްރާމްގެ ތެރެއިން ދިއްފުށި ސްކޫލުގެ އެލް.ކޭ.ޖީއިން ފެށިގެން ގްރޭޑް 10ގައި ތައުލީމު ހާސިލުކުރަމުންދާ ކޮންމެ ދަރިވަރަކަށް ގަހެއް އިންދުމުގެ ފުރުސަތު ފަހިކޮށްދީފައިވާ ކަމަށް އާރކް އިން ބުނެއެވެ. މިގޮތުން 280އަށްވުރެ ގިނަ ދަރިވަރުންވަނީ ދިވެހިރާއްޖޭގައި އާންމުކޮށް ހޭޅިފަށުގައި ހެދޭ ގަސްތަކުގެ ތެރެއިން ކުރެދި، މަގޫ، ކާނި، ހިރުނދު، ބޯށި އަދި ދިވެހިރުއް ހިމެނޭ ގޮތަށް 300ގަސް ސްކޫލުގެ ކުރިމަތީގައިވާ ހޭޅިފަށް ސަރަހައްދުގައި އިންދާފައިވާކަން އެ ޖަމިއްޔާ އިން ފާހަގަކުރެއެވެ.

މީގެ އިތުރުން، ހޭޅިފަށުގައި ގިނަ އަދަދަކަށް މިފަދަ ގަސްތަކާއި ރުއް އިންދުމުގެ ސަބަބުން، ގަދަ ވައިންނާއި އުދައެރުންފަދަ ގުދުރަތީ ކާރިސާތަކުން ރަށް ގިރާ ސަރަހައްދު ހިމާޔަތްކޮށްދޭގޮތުގެ މައުލޫމާތު ކުދިންނަށް ފޯރުކޮށްދިނުމުގެ އިތުރުން، ހޭޅިފަށުގައި ހެދޭ ގަސްތަކުގެ އޮށްތަކާއި އޮޔާ ލައްގާ މޫދު ވިނަ ފަދަ ގުދުރަތީ ތަކެތި ހޭޅިފަށުގައި ބެހެއްޓުމުގެ މުހިންމުކަންވެސް މި ޕްރޮގްރާމްގެ ތެރެއިން ކުދިންނާ ހިއްސާކުރެވިގެންދިޔަ ކަމަށް އާރކް އިން ބުނެފައިވެއެވެ. 

ދިވެހިރާއްޖޭގެ ފަޅުތަކާއި ހޭޅިފަށް ހިމާޔާތްކުރުމަށް ކުރިއަށް ގެންދިޔަ ޕްރޮގްރާމްގެ ތެރެއިން:ފޮޓޯ/ އާރކް 

ހަމައެހެންމެ, ތިމާވެއްޓަށް އެންމެ ބޮޑަށް ކުރިމަތިވެފައިވާ އެއް މައްސަލަކަމުގައިވާ ޕްލާސްޓިކް ޕޮލިއުޝަންއާ ގުޅޭގޮތުން ހޭލުންތެރިކުރުވުމަށް (މައިކްރޯ ޕްލާސްޓިކް) އަދި 'ނަރޑަލް ހަންޓް' ގެ ހަރަކާތެއް ކުރިއަށް ގެންގޮސް، 5mm އަށްވުރެ ކުދިކޮށް ހިމުންވެފައިވާ ޕްލާސްޓިކް ގޮނޑުދޮށުން ހޮވަންވެސް ކުދިންނަށް ދަސްކޮށްދީފައިވާކަން އާރކް އިން ފާހަގަކޮށްފައި ވެއެވެ.

3 ދުވަހަށް ކުރިއަށް ދިޔަ މި ހަރަކާތްތަކުގައި ގްރޭޑް 6-10ގެ ދަރިވަރުންނަށް އަމާޒުކޮށްގެން 'އޯޝަން އެވެއާނަސް' ޕްރޮގްރާމެއްވެސް ހިންގާފައިވެއެވެ. މި ޕްރޮގަރާމުގައި ފަރުތަކާއި ފަޅުތައް ހިމާޔަތްކުރުމުގެ މުހިންމުކަމުގެ މައުލޫމާތު ކުދިންނާ ހިއްސާކޮށް، ފަރުތައް ބަލާލުމަށާއި ފީނުމާއި ސްނޯކަލްކުރުމުގެ އިތުރުން، ކަމަށް ޝައުގުވެރިވާ ކުދިން 'ޑިސްކަވަރ ޑައިވް' ޕްރޮގްރާމް މެދުވެރިކޮށް ޑައިވިންގއަށް ތައާރަފްކުރުމަށް ހާއްސަ ހަރަކާތެއްވެސް ކުރިއަށް ގެންގޮސްފައިވެއެވެ.

ހަމައެއާއެކު، ކުދިންގެ މެދުގައި މޫދަށް އިތުރަށް ލޯބި ޖެއްސުމުގެ މަގްސަދުގައި، މިދާއިރާގައި މަސައްކަތްކުރުމަށް ދިވެހިރާއްޖޭގައި ހުންނަ ގިނަ ފުރުސަތުތަކުގެ މައުލޫމާތު ހިއްސާކޮށް، 'ސްޓޭންޑް އަޕް ޕެޑަލް' ބޯޑިންގް އަދި ސެއިލިންގ ފަދަ ތަފާތު މޫދު ކުޅިވަރުތަކުގައި ބައިވެރިވުމުގެ ފުރުސަތުވެސް ކުދިންނަށް ފަހިކޮށްދީފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.