ނޭމާ ޖޫނިއަރ ރޮނީ
ހަބަރު
12 Dec 2022 | 19:55
ނޭމާ ރާއްޖެއަށް ނާންނަ ކަމަށް ބުނެފި

ވޯލްޑްކަޕުން ލިބުނު ނާކާމިޔާބީއާއި އެކު ބްރެޒިލްގެ ހުނަރުވެރި ކުޅުންތެރިޔާ ނޭމާ ޖޫނިއަރ ރާއްޖެ އައިސްފައިވާ ކަމަށް ބުނެ ބައެއް ނޫސްތަކުން ފަތުރާފައިވާ ޚަބަރު ދޮގުކޮށް އޭނާ ރާއްޖެ ނާންނަކަމަށް ބުނެފިއެވެ.

ނޭމާ ރާއްޖެ އައި ކަމަށް ދެކެވޭ ވާހަކަ އާއި ގުޅިގެން ޓީއެމްއޭގެ ސީނިއަރ މުވައްޒަފެއް 'ވޮއިސް' އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ޓީއެމްއޭއިން މިވަގުތު ކުރިއަށްދާ ޓްރެއިނިންގ އެއްގައި ނޭމާގެ ނަމުގައި ރިސޯޓެއްގައި ބުކިންގ ހަދާފައިވާނެ ކަމަށެވެ.

"ނޭމާގެ އިތުރުން ޑޭވިޑް ބެކަމް އަދި ކްރިސްޓިއާނޯ ރޮނާލްޑޯ ގެ ނަމުގައި ވެސް އެ ރިސޯޓުގައި ވަނީ ނަންނޯޓް ކުރެވިފައި." ޓީއެމްއޭގެ ސީނިއަރ މުވައްޒަފު ބުންޏެވެ. 

ޓީއެމްއޭއިން ވޮއިސް އާއި މައުލޫމާތު ހިއްސާ ކުރެއްވި މުވައްޒަފު ވަނީ، އެ ޓްރެއިނިންގ ގައި ހަދާފައިވާ ބުކިންގ ތަކުގެ ތަފްސީލް ވެސް ވޮއިސް އާއި ހިއްސާ ކުރައްވާފައެވެ. 

ފީފާ ވޯލްޑްކަޕުގެ ކުއާޓާފައިނަލުގެ ފުރަތަމަ މެޗުގައި ޕެނަލްޓީން ބްރެޒިލްގެ މައްޗަށް ކްރޮއޭޝިއާ ކުރި ހޯދުމާއި ގުޅިގެން ބްރެޒިލް އަށްވަނީ ވޯލްޑްކަޕު ނިމިފައެވެ. 

އެކަމާއި ގުޅިގެން ނަފްސާނީގޮތުން ވެސް ވަރަށް ބޮޑަށް ބަލިކަށިވެފައިވާ ކަމަށް ނޭމާ ބުނެފައިވާއިރު، އޭނާ އެހާ ދެރަވީ މިއީ އޭނާގެ އެންމެ ފަހުގެ ވޯލްޑްކަޕް ކަމަށް ވުމުން ކަމަށް ގިނަ ބަޔަކު އައީ ބުނަމުންނެވެ. 

އެހެންނަމަވެސް، އުމުރުން 30 އަހަރުގެ ނޭމާ ވަނީ 2026 ވަނަ ވޯލްޑް ކަޕްގައިވެސް އޭނާ ކުޅޭނެކަން އިއުލާންކޮށްފައެވެ.

ނޭމާ ވަނީ މިހާތަނަށް 3 ވޯލްޑްކަޕްގައި ކުޅެފައިވެއެވެ. އަދި އޭނާ ވަނީ ބްރެޒިލް އަށް 124 މެޗު ކުޅެ 77 ލަނޑުޖަހާ، އެ ޤައުމުގެ ޤައުމީ ޓީމަށް އެންމެ ގިނަ ގޯލު ޖެހި ޕެލޭގެ ރެކޯޑާއި އެއްވަރުކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Aug 2026
ދޯންޏެއް އަޑިއަށް: ފުލުހަކާ، ސިފައިންގެ މީހަކާ، ދޯނީގެ ކައްޕި ގެއްލިއްޖެ
އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް ހިލަޔާއި ހިލަވެލި ބަރުކޮށްގެން ދަތުރުކުރި ސަޕްލައި ދޯންޏެއް ކަނޑުގަދަވެ އަޑިއަށްދިޔަ ހާދިސާގައި، މީހުން ސަލާމަތްކުރުމަށް މަސައްކަތްކުރި ސިފައިންގެ މީހަކާއި، ފުލުހެއްގެ އިތުރުން އެ ދޯނީގެ ކައްޕި ގެއްލިއްޖެއެވެ.
06 Aug 2026
ކޯޓްތަކަށް ސަރުކާރުން ނުފޫޒު ނުފޯރުވާކަން އެންމެ ރަނގަޅަށް އެނގޭނީ ޔާމީނަށް: އަބްދުއްރަހީމް
"ކޯޓުތަކަށް މި ސަރުކާރުން ނުފޫޒު ނުފޯރުވާކަން އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށް، އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށް," އަބްދުއްރަހީމް ވިދާޅުވި އެވެ.
06 Aug 2026
ދަތިތައް ހުރިނަމަވެސް ވައުދުތައް ފުއްދައިދޭނަން: ރައީސް ޑރ.މުއިއްޒު
ދަތިތަކާއެކުވެސް ރައްޔިތުންނަށް ވީ ވައުދުތައް 2028 ވަނަ އަހަރުގެ ފުރަތަމަ ހަމަސްދުވަހުގެ ތެރޭގައި ފުއްދަވާނޭކަމަށް ރައީސް ވިދާޅުވިއެވެ
05 Aug 2026
ގޮނޑުހޮވައި މަގުމަތިވެގެން އުޅޭ ހާހެއްހާ ކުދިން މާލެ ސަރަހައްދުގައި
އާޒިމް ވިދާޅުވީ މާލެ ސަރަހައްދުގައި އުޅޭ މިފަދަ ކުދިން އަލުން މުޖުތަމައުއަށް ނެރުމަށް އެންޑީއެމްއޭ އާއި ފުލުހުންނާއި، މާލެސިޓީ ކައުންސިލް އަދި ސަރުކާރު ގުޅިގެން މަސައްކަތްތަކެއް ކުރަންޖެހޭކަމަށެވެ
05 Aug 2026
ފަރުމަސްވެރި ކަމަށް ހާއްސަކޮށް އަޅާ ފުރަތަމަ އައިސްޕްލާންޓް އުކުޅަހުގައި
މިއީ ފަރުމަސްވެރި ކަމަށް ހާއްސަކޮށްގެން އަޅާ ކުދި އައިސްޕްލާންޓު ތަކުގެ ތެރެއިން ފުރަތަމަ އައިސްޕްލާންޓެވެ.
05 Aug 2026
އުކުޅަހުން އެދުނީ އަގުހެޔޮކޮށް ތެޔޮ ލިބޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަށް
މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު މެންދުރު އުކުޅަހު ކޮންވެންޝަން ސެންޓަރުގެ އިދާރާގަ އެވެ.
05 Aug 2026
އެމްޑީޕީގެ މުޒާހަރާގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ހާލަތު ބަދަލުކުރުން: ޝިފާޒް
އެމްޑީޕީން ކުރިއަށްގެންދާ މި މުޒާހަރާ ފެށުމަށް ހަމަޖެހިފައިވަނީ އޮގަސްޓް 13 ވަނަ ދުވަހުގެ ރޭ 20:30 ގައި މަޖީދީމަދު ސޯޝަލް ސެންތަރު ކައިރިން ކަމަށް އެޕާޓީން ބުނެއެވެ
05 Aug 2026
'ޕާލް ރެސިޑެންސް" އާ ގުޅިގެން އިލްމުވެރިންގެ ގުޅުމުން މަޝްވަރާ ބައްދަލުވުންތަކެއް ކުރިއަށްގެންދަނީ
ޕާލް ރެސިޑެންސް ޕްރޮގްރާމާ ގުޅޭގޮތުން ސަރުކާރުން ބުނެފައިވަނީ، މިއީ ރާއްޖެއަށް ގެއްލުންވާ ބީދައިން ކުރިއަށްގެންދާ ޕްރޮގްރާމެއް ނޫންކަމަށެވެ