ލެޖެންޑުންނާއި ވޯލްޑްކަޕު މަސައްކަތް ތެރިންނާއި އެކު ބޭއްވުނު މެޗުގެ ތެރެއިން--
ކުޅިވަރު
13 Dec 2022 | 13:58
ފުޓުބޯޅަ ލެޖެންޑުންނާއި ވޯލްޑްކަޕު މަސައްކަތް ތެރިންގެ މެޗެއް؛ ރެފްރީ އަކީ ފީފާގެ ރައީސް

ފުޓުބޯޅަގައި ތާރީޚުގައި ފާހަގަކޮށްލެވޭ ހުނަރުވެރި ލެޖެންޑުންނާއި, ޤަތަރުގައި މިހާރު ކުރިއަށްދާ ވޯލްޑްކަޕް ފުރިހަމަ ކަމާއިއެކު ބޭއްވުމަށް އެކި ގޮތްގޮތުން މަސައްކަތް ކުރި، މަސައްކަތްތެރިންނާއި ދެމެދު އެކުވެރިކަމުގެ ފުޓްބޯޅަ މެޗެއް ބާއްވައިފިއެވެ. 

ގާތްގަނޑަކަށް 5,400 އޯޑިއަންސްގެ ކުރިމަތީގައި އޮތް މި މެޗު ކުޅެފައިވަނީ ގަތަރުގެ އަލް، ޘުމާމާ ސްޓޭޑިއަމް ގައެވެ. އެ ސްޓޭޑިއަމްގައި ވޯލްޑްކަޕްގެ 8 މެޗުވަނީ ކުޅެފައެވެ. 

ފީފާގެ ރައީސް އިންފެންޓީނޯ ރެފްރީކަން ކޮށްފައިވާ މި މެޗުގައި ވޯލްޑްކަޕްގެ ކަންކަން އިންތިޒާމް ކުރުމުގައި އުޅުނު 24 މަސައްކަތްތެރިން ވަނީ ބައިވެރިވެފައެވެ. އަދި ފީފާ ލެޖެންޑުންގެ ތެރޭގައި ހިމެނޭ، ކަފޫ، ރޮބާޓޯ ކާލޯސް، އެލެސެންޑްރޯ ޑެލް ޕިއޭރޯ ފަދަ ހުނަރުވެރި ކުޅުންތެރިން ހިމެނެއެވެ. 

ފީފާއިން މިފަދަ މެޗެއް އިންތިޒާމް ކުރުމާއި ގުޅިގެން އެކަމަށް ޝުކުރު އަދާކޮށް އިންގްލެންޑް ގެ ކުރީގެ ކެޕްޓަން ޖޯން ޓެރީ ވަނީ، ފީފާ ވޯލްޑްކަޕް މިފަދަ ފުރިހަމަ ކަމާއި އެކު އިންތިޒާމުކުރުމުގައި ގަދައަޅައި މަސައްކަތް ކުރި މަސައްކަތް ތެރިންނަށް އެފަދަ ބޮޑު ފުރުސަތެއް ދިނުމަށް ފީފާއިން މިފަދަ ކަމެއް ކުރީތީ ތައުރީފް ކޮށްފައެވެ. 

އަދި މީގެ އިތުރުން، ފީފާގެ ލެޖެންޑުންނާއިއެކު މިފަދަ މެޗެއްގައި ކުޅެލަން ފުރުސަތު ލިބުމުން ވަރަށް ހިތްހަމަޖެހޭ ކަމަށް، މަސައްކަތް ތެރިންގެ ޓީމުގައި ހިމެނޭ މީހަކުވެސްވަނީ ބުނެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.