ކަސްޓަމްސް ބިލްޑިންގ
ހަބަރު
13 Dec 2022 | 23:24
ސެލްބީ އިންވެސްޓްމަންޓުން ދޮގު މައުލޫމާތު އާންމުކޮށްފައިވާ ކަމަށް ކަސްޓަމްސް އިން ބުނެފި

ސެލްބީ އިންވެސްޓްމެންޓްގެ ފަރާތުން ރާއްޖެއަށް އެތެރެކުރުމަށް ގެނެސްފައިވާ އެލުމިނިއަމް ފަތި ޝިޕްމެންޓްގެ ކްލެސިފިކޭޝަން އާގުޅޭގޮތުން ހަޤީގަތާ ޚިލާފް ވާހަކަ ފަތުރާފައިވާ ކަމަށް ކަސްޓަމްސްއިން ބުނެފިއެވެ.  

ސެލްބީ އިންވެސްޓްމެންޓްގެ ފޭސްބުކުގައި ކޮށްފައިވާ ޕޯސްޓެއްގައި މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ އެޗް.އެސް ކޯޑަށް ކުއްލިއަކަށް ބަދަލެއް ގެނެސް، ޑިއުޓީ ރޭޓް މަތިކޮށްފައިވާކަމަށް ވަނީ ބުނެފައެވެ. އެހެންނަމަވެސް، ކަސްޓަމްސް އިން ބުނީ، އެލުމިނިއަމް ފައްޗަށް %0 އަދި ވިންޑޯ ފްރޭމަށް %10 ނަގަމުންދަނީ 2020 ވަނަ އަހަރުން ފެށިގެންކަމަށެވެ. 

އެކުންފުނިން އެތެރެކުރުމަށް ރާއްޖެއަށް ގެނެސްފައިވާ ޝިޕްމެންޓަށް ހުށަހަޅާފައިވާ ގުޑްސް ޑިކްލަރޭޝަންގައި އެލުމިނިއަމް ފަތިކަމަށް ބަޔާންކޮށްފައިވީނަމަވެސް، ހުށަހަޅާފައިވާ ސަޕޯޓިންގ ޑޮކިއުމެންޓްތަކުގައި އެ ޝިޕްމެންޓްގައިހުރީ އެލުމިނިއަމް ޑޯރ އަދި ވިންޑޯ ފްރޭމްކަމަށް ބަޔާންކޮށްފައިވާތީ، ޝިޕްމެންޓްގައި ހިމެނެނީ ފަތިތޯ ނުވަތަ ފްރޭމްތޯ ޔަޤީންކޮށް އެޗް.އެސް ކޯޑު އިސްލާޙްކުރުމަށް އެފަރާތަށް ދެންނެވިފައިވާ ކަމަށް ކަސްޓަމްސްއިން އިން ބުންޏެވެ.

އަދި އެގޮތަށް ދެންނެވުމުން ކޯޑު އިސްލާޙްކޮށް ހުށަހަޅާފައިވަނީ، ޑޯރ ފްރޭމްގެ ގޮތުގައި ކަމަށް ވުމާއިއެކު، ކަސްޓަމްސްއިން މުދަލުގެ ޑިކްލަރޭޝަން ނިންމާފައިވަނީ އެކުންފުނީގެ ފަރާތުން ހުށަހަޅާފައިވާ މައުލޫމާތުގެ މައްޗަށް ބިނާކޮށް ކަމަށްވެސް އެ އިދާރާއިން ބުނެއެވެ.

"ދިވެހިރާއްޖޭގެ އެކްސްޕޯޓް/އިމްޕޯޓް ޤާނޫނުގައި އެލުމިނިއަމް ވިންޑޯ ފްރޭމް (އެޗް.އެސް. ކޯޑް: 7610100014) އަށް ޑިއުޓީގެ ގޮތުގައި %10 ނަގަން ކަނޑައެޅިފައިވާއިރު، އެލްމުނިއަމް ފަތި (އެޗް.އެސް. ކޯޑް: 7604100012) އަށް  ޑިއުޓީގެ ގޮތުގައި ނެގުމަށް ކަނޑައެޅިފައިވަނީ %0 އެވެ. ސެލްބީ އިންވެސްޓްމެންޓްގެ ފަރާތުން ގެނެސްފައިވާ ޝިޕްމެންޓަކީ ކަސްޓަމްސްއިން ބަލައި ފާސްކޮށް ދޫކުރުމުގެ މަރުޙަލާ ފުރިހަމަވެފައިވާ ތަކެތިކަމަށް ނުވާއިރު، މިތަކެތި އަދިވެސް ހުރީ މާލޭ ކޮމާޝަލް ހާބަރުގައެވެ." ކަސްޓަމްސް އިން ބުންޏެވެ.

އެއާއެކު ކަސްޓަމްސް އިން ބުނީ، އިމްޕޯޓް އެކްސްޕޯޓް މުދާ ކްލިއަރކުރުމުގެ މަސައްކަތް ހިނގާގޮތަކީ، މުދަލުގެ މައުލޫމާތު ހިމެނޭގޮތަށް ވެރިފަރާތުން މުދާ ޑިކްލެއާކުރުމުން، ޑިކްލެއާކުރާގޮތަށް ބަލައި، ކަނޑައެޅިފައިވާ ޑިއުޓީ ރޭޓުން ޑިއުޓީ ދެއްކުމުން މުދާ ދޫކުރުން ކަމަށެވެ. އަދި މިގޮތުން މުދާ ދޫކުރުމަށް ބަލައިފާސްކުރާއިރު، ކުރިން ގުޑްސް ޑިކްލަރޭޝަންގައި ބަޔާންކޮށްފައިވާ މައުލޫމާތާ ފުށުއަރާ ކަމެއް ފާހަގަވާނަމަ، އެއަންނަ އުނި/އިތުރާއެއްގޮތަށް ޑިކްލަރޭޝަން އިސްލާޙްކުރެވޭ ކަމަށާ، އެގޮތުން ސެލްބީ އިންވެސްޓްމެންޓްގެ ފަރާތުން ރާއްޖެއަށް ގެނެސްފައިވާ މުދާ ޝިޕްމެންޓް ބަލައިފާސްކޮށް ދޫކުރާއިރު، ޝިޕްމެންޓްގައި ހިމެނެނީ އެލްމުނިއަމް ފަތިކަމަށްވާނަމަ، އެފަރާތުން ޑިއުޓީގެ ގޮތުގައި އިތުރަށް ދައްކާފައިވާ ފައިސާ ރިފަންޑްކުރެވޭނެ ކަމަށްވެސް ބުނެފައިވެއެވެ.

މީގެ އިތުރުން ކަސްޓަމްސްއިން އިން ބުނީ އެކްސްޕޯޓް އިމްޕޯޓް ޤާނޫނުގައި ބަޔާންކުރެވިފައިވާ ޑިއުޓީ ރޭޓްތަކަށް ރިއާޔަތްކޮށް މުދާ ކްލެސިފައިކުރެވެނީ ދުނިޔޭގެ ކަސްޓަމްސް ޖަމްއިއްޔާގެ ހާމަނައިޒްޑް ސިސްޓަމްސް (އެޗް.އެސް) ކޮންވެންޝަންގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން ކަމަށެވެ. މިގޮތުން ކްލެސިފައިކުރާއިރު، މުދަލަށް ކަނޑައެޅިފައިވާ ކޯޑަކީ ކުއްލިއަކަށް ބަދަލުވާނެ އެއްޗެއްނޫނެވެ. ބަދަލު ގެނެވުނުނަމަވެސް، އެ ބަދަލެއް މައިގަނޑުގޮތެއްގައި އަންނާނީ އެކްސްޕޯޓް/އިމްޕޯޓް ޤާނޫނަށް ގެނެވޭ އިސްލާހަކާ ގުޅިގެން ކަމަށްވެސް އެ އިދާރާއިން ބުންޏެވެ.

"މިގޮތުން އެލްމުނިއަމް ފައްޗަށް %0 އަދި ވިންޑޯ ފްރޭމަށް %10 އިންސައްތަ ނަގަމުންދަނީ 2020 ވަނަ އަހަރު އެކްސްޕޯޓް/އިމްޕޯޓް ޤާނޫނަށް ގެނެވުނު އިސްލާހާއި ގުޅިގެންނެވެ. އެލްމުނިއަމް ފައްޗަށް %0 ނެގުމަށް ކަނޑައެޅުމުގެ މައިގަނޑު މަޤްސަދަކީ، އެލްމުނިއަމް މަސައްކަތްކުރާ ސިނާއަތު ރާއްޖޭގައި ތަރައްޤީކޮށް ކުރިއެރުވުން ކަމުގައިވެސް މިފުރުޞަތުގައި ދަންނަވާލަމެވެ." ކަސްޓަމްސް އިން ބުންޏެވެ.

ކަން މިހެންހުރިއިރު، ސެލްބީ އިންވެސްޓްމެންޓް ފަދަ ރާއްޖޭގައި ދިގުމުއްދަތަކަށް، ފުޅާދާއިރާއެއްގައި އިމްޕޯޓްކުރުމުގައި ހަރަކާތްތެރިވާ ކުންފުންޏަކުން ރައްޔިތުންނަށް ހަޤީގަތް އޮޅޭގޮތަށް މިފަދަ ބަޔާނެއް ނެރުއްވީތީ ކަސްޓަމްސްއިން ވަނީ އެކަން އެންމެ ހަރުކަށި އިބާރާތުން ކުއްވެރިކުރާ ކަމަށް ބުނެފައެވެ.

"އަދި، ރާއްޖެއަށް އިމްޕޯޓްކުރާ މުދަލުގެ ލިޔެކިއުން ނިންމުމާއި މުދާ ކްލިއަރކުރުމުގެ އުޞޫލް ރަނގަޅަށް އެނގިތިބެ، ރައްޔިތުންނަށް އޮޅޭގޮތަށް މިފަދަ ބަޔާންތައްނެރެ، ތަކެތީގެ އަގު އުފުލުމަށް މަގުފަހިވާގޮތަށް ކުރެވޭ މިފަދަ މަސައްކަތްތައް މިހާރުން މިހާރަށް ހުއްޓާލުމަށްވެސް މި ސަރވިސްއިން އިލްތިމާސްކުރަމެވެ. ހަމަމިއާއެކު، މިފަދަ ޢަމަލުތައް ހިންގާ ފަރާތްތަކާމެދު ޤާނޫނީގޮތުން މިމުއައްސަސާއިން އަޅަންޖެހޭ ފިޔަވަޅު އެއްވެސް ފަސްޖެހުމެއްނެތި އަޅާނެކަމުގެ ޔަޤީންކަން ދިވެހި އެންމެހާ ލޮބުވެތި ރައްޔިތުންނަށް އަރުވަމެވެ." ކަސްޓަމްސް އިން ބުންޏެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Jun 2026
މާލީ ހާލަތު މުރާޖައާ ކުރުމަށްފަހު ފިޗުން ރާއްޖޭގެ ރޭޓިން މަތިކޮށްފި
ފިޗުން މިއަދު ނެރުނު ރިޕޯޓްގައި ފާހަގަކުރި ބައެއް ކަންކަމަށް ބަލާއިރު، ރާއްޖެއިން އަދާކުރަން އޮތް ބޭރުގެ އެންމެ ބޮޑު އެއް ދަރަނި ސުކޫކް ސަރުކާރުން ދައްކައި ނިންމުމުން، އިގްތިސާދީ ގޮތުން ރާއްޖެއަށް ދިމާވެދާނެ ނުރައްކާތައް ކުޑަކަމަށް ވަނީ ފާހަގަކޮށްފައެވެ
03 Jun 2026
ރައީސް ޔާމީންގެ ޕީއެންއެފްގައި ގާނޫނީ އަދަދު ހަމަވަަނީ ކިރިޔާ
މި ދެ ޕާޓީ އުވާލުމުން ދެން ދަފްތަރުގައި ހިމެނޭނީ ހަތް ސިޔާސީ ޕާޓީ އެވެ. އޭގެ ތެރެއިން ޕީއެންއެފްގައި މެންބަރުން ތިބީ ކިރިޔާ ގާނޫނީ އަދަދު ހަމަވާ މިންވަރަށެވެ.
03 Jun 2026
ޖޭއެސްސީގެ ނާއިބަކަަށް ފަނޑިޔާރު ޝަހީދު އައްޔަނުކުރައްވައިފި
ޖޭއެސްސީން މިއަދު ބުނީ ކޮމިޝަންގެ ނާއިބަަކަށް ޝަހީދު އައްޔަނުކުރައްވާފައިވާ ކަމަށެވެ.
03 Jun 2026
ރައީސް ނަޝީދު އުފެއްދެވި ދަ ޑިމޮކްރެޓްސްއާ އެމްއެލްއެސްޑީޕީ އުވާލައިފި
ދަ ޑިމޮކްރެޓްސްއާ މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) އުވާލައިފި އެވެ.
03 Jun 2026
ބާރަ އަހަރަށް ފަހު ޝިޔާމް އަލުން ވަޒީފާއަށް، މުސާރައިގެ ބައި އިސްތިއުނާފު
ޝިޔާމް ފުލުހުންގެ ވަޒީފާއަށް ނިކުންނަވަން ފެއްޓެވި ނަމަވެސް ދައުލަތުން ވަނީ މުސާރައާ ގުޅޭ ބައި ސުޕްރީމް ކޯޓްގައި އިސްތިއުނާފު ކޮށްފަ އެވެ. އެއީ 12 އަހަރުގެ މުސާރަ ދޭން އަންގާފައިވާތީ އެވެ.
03 Jun 2026
އިމްތިހާނު ދުވަސްވަރާ ދިމާވާތީ ޕީއެންސީގެ ކޮންގްރެސްގެ ތާރީހު އަވަސްކޮށްފި
ކޮންގްރެސްގެ ތާރީހު އަވަސް ކުުރުމަށް އެދިވަޑައިގެންނެވީ ވެސް ރައީސް މުޢިއްޒު އެވެ. ރައީސްގެ އެދިވަޑައިގަތުން ފާސްކުރީ މެންބަރުންގެ އިއްތިފާގުންނެވެ.
03 Jun 2026
ރައީސް ކަމަކީ ވަރަށް ބުރަ ކަމެއް، ދެން ކުރިމައްޗެއް ނުލާނަން: ނަޝީދު
އެމަނިކުފާނު އެ ވާހަކަފުޅު ތަކުރާރު ކުރެއްވީ ޗެެއާޕާސަން އިންތިހާބުގެ ކެމްޕެއިނަށް ށ. ފޭދޫއަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.
03 Jun 2026
އައްޑޫސިޓީ ކައުންސިލުން މިލިއަނުން ހަރަދުކޮށް މެލޭޝިއާ އަދި ސިންގަޕޫރަށް ކުރި ދަތުރު ގޯސްވެއްޖެ
އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ، ކައުންސިލުން އެ ދަތުރުތަކަށް ހަރަދުކޮށްފައިވަނީ، ސާކިއުލާގައި އަންގާފައިވާ އެންގުމާ އެއްގޮތަށް ކޮށްފައިވާ ހަރަދުތަކެއް ކަމަށް ބެލެވެން ނެތްކަމަށެވެ