މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ޠާރިގު: ފޮޓޯ/ މަޖިލިސް
ހަބަރު
14 Dec 2022 | 11:24
އެފްކޮންސް އިން ކުރި މަސައްކަތައް އަގު ދީފައި، ކަމަށް އެކަށީގެންވާ ބަޔަކު ހޯދާ: ޠާރިގު

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ މި ސަރުކަާރުގެ އެންމެ ބިޔަ އެއް މަޝްރޫއު ކަމުގައިވާ ތިލަމާލެ ބުރިޖުގެ މަސައްކަތް ހަވާލު ކޮށްފައި އޮތް އިންޑިއާގެ އެފްކޮންސް ކުންފުނިން މިހާތަނަށް ކުރި މަސައްކަތައް އަގު ދީފައި، ބުރިޖު އަޅަން އެކަށީގެންވާ ބަޔަކު ހޯދަން ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ޠާރިގު (ޓޮމް) އެދިއްޖެއެވެ.

ބުރިޖުގެ ތަނބެއް ޖެހުމުގެ މަސައްކަތް ކުރިއަށް ދަނިކޮށް ކްރޭނެއް ބިންދައިގެން ގޮސް، ކްރޭންގެ ބައެއް މޫދަށް ވެއްޓުނު މަންޒަރު ފެންނަ ވީޑިއޯއެއް އާއްމުކޮށް، ރައީސް ޞާލިހު ޓެގް ކުރައްވައި ޠާރިގު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައްޔިތުންގެ ބޮލުގައި ބިލިއަނުން ދަރަނިއަޅުވާފައި މިއީ ކުރަން ހެޔޮ ނުވާނެކަމެއް ކަމަށެވެ. 

"އެފްކޮންއަށް ކުރިމަސައްކަތައް ވާއަގު ދީފައި، ބްރިޖްގެ މަސައްކަތް ކުރަން ކަމަށް އެކަށީގެންވާ ބަޔަކު ހޯދާށެވެ.ރައްޔިތުންގެ ފައިސާއިން ބިލިއަނެއް ތިކުރައްވަނީ އިސްރާފެވެ." ޠާރިގު ވިދާޅުވިއެވެ. 

ޕްލޭނިންގ މިނިސްޓްރީން ބުނެފައިވާ ގޮތުގައި ޕްލެޓްފޯރމްގައި ބަހައްޓާފައިވާ މޯބައިލް ކްރޭން މޫދަށް ވެއްޓުނީ، ޕައިލިންގް މަސައްކަތް ފެށުމަށް ބޭނުންވާ ބައެއް މެޓީރިއަލް އުފުލަނިކޮށް ކްރޭންގެ ބޫމް ފެއިލްވެގެން ކަމަށެވެ. 

ތިލަމާލެ ބްރިޖް ގެ މަސައްކަތް ކުރުމަށް ގެންގުޅުނު ޕްލެޓްފޯމެއްވެސް މީގެ ކުރިން ވަނީ ފަރަށް އަރައިގެން ފަރަށްވެސް ބޮޑެތި ގެއްލުންތަކެއް ވެފައެވެ. އެކަމާއި ގުޅިގެންވެސް ގިނަ ބައެއްގެ ފާޑުކިޔުންތައް ބްރިޖް މަޝްރޫއު އަށް އަމާޒުވެގެން ދިޔައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.