ހަބަރު
14 Dec 2022 | 22:59
‏ޝިއާއު މަރާލި މައްސަލާގައި ދައުވާކުރުމާމެދު މިމަހު ގޮތެއް ނިންމަނީ

ހ. ޝީރީން ވިލާގައި އަނިޔާވެރިގޮތަކަށް މަރާލާފައި އޮތްވާ ފެނުނު ޝިއާއު މުހައްމަދު ސައީދު (22 އަހަރު) ގެ މަރުގެ މައްސަލާގައި ދައުވާކުރުމާއިމެދު މިމަހުގެ ތެރޭގައި ގޮތެއް ނިންމާނެކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ.

މިއަހަރުގެ އޮގަސްޓް މަހުގެ ހަވަނަ ދުވަހުގެ ރޭ އަނިޔާވެރި ގޮތަކަށް މަރާލެވުނު ޝިއާއުގެ މަރުގެ މައްސަލައާއި ގުޅިގެން ފުލުހުން ހައްޔަރު ކޮށްފައިވަނި ކުޅަދާނަ ސްކޭޓަރ އަލީ ޝާހިލެވެ. ޝާހިލް ހައްޔަރުކުރީ ކުށުގެ ވެށިން މަސްތުގެ ހާލަތުގައި ހުއްޓައި ކަމަށް ފުލުހުން ބުނެފައިވެއެވެ.

މި މައްސަލަ އާއި ގުޅިގެން އޮކްޓޯބަރ މަހުގެ 15 ވަނަ ދުވަހު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ބުނީ ޝިއާއުގެ މަރާއި ގުޅިގެން ތުހުމަތުކުރެވޭ އަލީ ޝާހިލްގެ މައްޗަށް ގަސްދުގައި މީހަކު މެރިކަމުގެ ކުށް ސާބިތުވާ ވަރަށް ހެކި ލިބިފައިވާކަމަށެވެ. އެހެން ނަމަވެސް މިހާތަނަށް އޭނާ މަރާލި ސަބަބު ނުވަތަ މޯޓިވް ކަށަވަރުކުރެވިފައި ނުވާކަމަށެވެ. 
ޝާހިލްގެ ފަރާތުން ފުލުހުންނަށް އެއްބާރުލުން ދިން ނަމަވެސް، ސީދާ އެ މައްސަލައިގައި އޭނާ އެކަށީގެންވާ މައުލޫމާތުތައް ހިއްސާކުރަމުން ނުދާކަމަށް ފުލުހުން ބުންޏެވެ. 

އެ މައްސަލައާއި ގުޅިގެން މިހާރު ކުރެވެމުންދާ މަސައްކަތަކީ މޯޓިވް ދެނެގަތުމުގެ މަސައްކަތްކަން ފުލުހުން ހާމަކުރިއެވެ.


އެގޮތުން މިހާރު ޝާހިލްގެ ފޯނުގައި ހުރި ޑޭޓާ އެކްސްޓްރެކްޓު ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށާއި، އަދި އެ ޑޭޓާތަކުގެ އަލީގައި މޯޓިވް ދެނެގަނެވޭނެކަމަށް ގަބޫލުކުރައްވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން އިތުރަށް ބުނީ ކުރިއަށް އޮތް ދެ ހަޕްތާ ތެރޭގައި އެ މައްސަލައާއި ގުޅިގެން ދައުވާކުރުމަށް ޕީޖީ އޮފީހަށް ފޮނުވޭނެކަމަށެވެ. އަދި އެހާތަނަށް އެމަރުގެ މޯޓިވް ދެނެގަނެވޭނެކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެހެންނަމަވެސް އޭގެ ފަހުން މަހަކަށްވުރެ ގިނަ ދުވަސް ވެފައިވާއިރު މައްސަލަ ޕީޖީއަށް ހުށަނޭޅޭއިރު، މައްސަލައާއި ގުޅޭ އިތުރު އެއްވެސް ތަފްސީލެއް ވެސް ފުލުހުން ދީފައެއް ނުވެއެވެ. 

މިކަމާއި ގުޅިގެން، ޕީޖީ އޮފީހުން ބުނީ މިމައްސަލައިގެ ފުލުހުންގެ ތަހުގީގަށް ބެލުމަށްފަހު މިމަސް ނިމުމުގެ ކުރިން ދައުވާކުރުމާއި މެދު ގޮތެއް ނިންމުމަށް ހަމަޖެހިފައިވާކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.