ފުރާންސް ކުޅުންތެރިން ލަނޑުޖެހުމަށްފަހު އުފާފާޅުކުރަނީ
ކުޅިވަރު
15 Dec 2022 | 09:15
އެންމެ ފަހުގެ ޗެންޕިއަން ފުރާންސް ފައިނަލަށް

މިރޭ ކުޅެވުނު ވޯލްޑްް ކަޕް ސެމީ ފައިނަލްގެ ދެވަނަ މެޗުގަައި މޮރޮކޯ 2-0 ން ބަލިކޮށް އެންމެ ފަހުގެ ޗެންޕިއަން ފުރާންސް މުބަރާތުގެ ފައިނަލްގެ ދެވަނަ ޖާގަ ކަށަވަރުކޮށްފިއެވެ.

މުބާރާތުގައި ހައިރާން ކުރުވަނިވި ނަތީއްޖާތަކެއް ނެރުނު މޮރޮކޯގެ ޓީމުން ސެމީ ފައިނަލާ ހަމައަށް ދަތުރުކުރީ ދުނިޔޭގެ ފުޓުބޯޅައިގެ ނަން މަޝްހޫރު ޤައުމުތައް ފަހަތަށް ޖައްސާލުމަށްފަހުއެވެ. އެގޮތުން ގްރޫޕް އެފްގެ އެއްވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރަށް މޮރޮކޯ ދަތުރުކުރީ ދުނިޔޭގެ ފުޓުބޯޅަ ރޭންކިންގެ ދެވަނައިގައި އޮތް ބެލްޖިއަމްއާއި އެންމެފަހުގެ ރަނަރަޕް ކްރޮއޭޝިއާ ފަހަތަށް ޖައްސާލުމަށް ފަހުގައެވެ.

މުބާރާތުގެ ކުއާޓާ ފައިނަލުން އެޓީމު ފުރުސަތު ހޯދީ ދެވަނަބުރުގައި ޕެނަލްޓީޖަހަައިގެން ގަދަފަދަ ސްޕެއިން ބަލިކޮށްފައެވެ. އަދި ސެމީ ފައިނަލްގެ ޖަގައެއް އެޓީމު ހޯދީ ކުއާޓާ ފައިނަލުގައި 2016 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަން، ޕޯޗުގަލް 1-0 ން ބަލިކޮށްފައެވެ. ސެމީ ފައިނަލާ ހަމައަށް މޮރޮކޯ ދަތުރުކުރިއިރު ބައިކޮޅަށް ވަދެފައި ވަނީ އެންމެ ލަނޑެކެވެ. އެއީވެސް އެ ޓީމުގެ ކުޅުންތެރިއެއްގެ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އެހެންކަމުން މިހާ ހިސާބަށް އައިއިރު މޮރޮކޯ ކޮޅަށް އިދިކޮޅު ޓީމުގެ ކުޅުންތެރިއަކަށް ލަނޑެއް ޖެހިފައި ނުވާކަން ފާހަގަކޮށްލެވެއެވެ.

ނަމަވެސް މުބާރާތުގެ އެންމެ ރަގަޅު ޑިފެންސިވް ރެކޯޑެއް ދަމަހައްޓަމުންއައި މޮރޮކޯގެ ގޯލް ފުރާންސް ޓީމުން ވަނީ މެޗުގެ ވަރަށް ކުރީކޮޅު ހުޅުވާލާފައެވެ. މޮރޮކޯގެ ޕެނަލްޓީ އޭރިއާތެރެއިން އެމްބާޕޭ ފޮނުވާލި ހަމަލާއެއް މޮރޮކޯގެ ކުޅުންތެރިއެއްގެ ގައިގައި ޖެހިފައި، މުޅިން ހުސްކޮށް ހުރި ފްރާންސްގެ ޑިފެންޑަރ ތިއޯ ހެނާންޑޭޒްއަށް ލިބުމުން އޭނާ ވަނީ ހަމަޖެހިލާފައި ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިގެން، މެޗުގެ ފަސްވަނަ މިނެޓުގައި ފްރާންސަށް ލީޑު ނަގާދީފައެވެ.

ފުރާންސްގެ ލަނޑަށްފަހު، ފުރަތަމަ ހާފުގައި ގިނަ ވަގުތު ބޯޅަ ގެންގުޅެ މެޗު ޑޮމިނޭޓްކުރީ މޮރޮކޯ އިންނެވެ. އަދި ދެވަނަ ހާފުގައި އެޓޭކިންގް ވަރުގަދަ ކުޅުމެއް ކުޅެމުންދިޔަ މޮރޮކޯ ހިއްވަރު އެލުނީ ދެވަނަ ހާފުގެ 79 ވަނަ މިނެޓްގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންނިކުތް ރަންޑަލް ކޮލޮ މުއާނީ ކުޅެން އެރިތާ 44 ސިކުންތުގެ ތެރޭގައި ކާމިޔާބުކުރި ގޯލާއެކު ފުރާންސް ޓީމުން ދެ ލަނޑުގެ ލީޑެއް ނެގުމުންނެވެ.

މި މޮޅާއެކު ފްރާންސް ޓީމަށް މުބާރާތުގެ ފައިނަލުގެ ފަހު ޖާގަ ކަށަވަރުވިއިރު، ފައިނަލުގައި އެޓީމު ވާދަކުރަން ޖެހޭނީ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި 3-0 ން ކްރޮއޭޝިއާގެ މައްޗަށް ކުރިހޯދި އާޖެންޓީނާއާ ދެކޮޅަށެވެ. ފައިނަލް މެޗު ކުޅޭނީ އަންނަ އާދިއްތަ ދުވަހުގެ ރޭ ރާއްޖެ ގަޑިން ދަންވަރު 00:00 ގައެވެ.

ސެމީ ފައިނަލުން ބަލިވި ދެޓީމު، ކްރޮއޭޝިއާ އާއި މޮރޮކޯ މުބާރާތުގެ ތިން ވަނަ ހޮވާމެޗުގައި އާދިއްތަ ދުވަހުގެ ރޭ ރާއްޖެ ގަޑިން 20:00 ގައި ވާދަކުރާނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އަލާއަށް ފާޑުކިޔުން؛ އަލާ ދެއްކެވީ ހެކި, އަމިއްލަ ވާހަކައެއް ނޯންނާނެ
13 Sep 2026
އިންޑިއާ އާއި ޗައިނާގެ ވިޔަފާރިއާއި ދަތުރުފަތުރުގެ ގުޅުން ބަދަހިކުރުމަށް ދެ ގައުމުގެ ވެރިން އެއްބަސްވެއްޖެ
އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓްރީއިން ބުނީ، ދެ ގައުމުގެ މެދުގައި ސަގާފީ ހަރަކާތްތަކާއި، ވިޔަފާރީގެ ގުޅުންތަކާއި، މީހުން ދަތުރުފަތުރުކުރުން އިތުރަށް އާލާކުރުމުގެ މުހިންމުކަން ދެ ލީޑަރުން ފާހަގަކުރެއްވިކަމަށެވެ
13 Sep 2026
ސިޓީގެ ފޯޑެންއަށް ދެއްކި ރަތްކާޑުގެ ފައިދާ މެންޗެސްޓަރ ޔުނައިޓެޑަށް ނުނެގި ބަލިވެއްޖެ
އިނގިރޭސި ޕްރިމިއާ ލީގުގެ ޕޮއިންޓް ތާވަލަށް ބަލާއިރު ސިޓީ އަދި އެއްވަނައިގައި އޮތް އާސެނަލްއަށް ވެސް ވަނީ އެއްވަރަކަށް ޕޮއިންޓް ލިބިފައެވެ. އެހެންނަމަވެސް، ފައިދާ ގޯލުގެ ތަފާތުން ތާވަލުގެ އެއްވަނަ އަދިވެސް ކަށަވަރުކޮށްގެން އޮތީ އާސެނަލްއެވެ.
13 Sep 2026
ބްރިޖުގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް؛ އެކަކަށް އަނިޔާވެ ފަރުވާ ދެނީ
އެކްސިޑެންޓްގަައި ހިމެނޭ ސައިކަލާއި ކާރަށް ވަނީ އެކިވަރުގެ ގެއްލުން ވެފައެވެ.
13 Sep 2026
މިސްކިތްތަކަށް ގެއްލުން ދިނުން ހުއްޓުވަން ގާނޫނެއް ފަރުމާކޮށް އަދަބު ކަނޑައެޅުން މުހިންމު: ޒައިދު
އެފަދަ މީހުން އެފަދަ ކުއްތައް ތަކުރާރުކުރާތަން ފެންނަނީ މިހާރު ހުރި ގާނޫނުތަކުން ފަރުވާ ނުލިބޭތީ ކަމުގައި އޭނާ ވިދާޅުވި އެވެ.
13 Sep 2026
ރަޙުމަތްތެރިކަމުގެ މެޗެއްގައި ދިވެހިރާއްޖެ، ޗައިނާއާ ދެކޮޅަށް ނިކުންނަނީ
މި މެޗު ކުޅޭނެ ވަކި ޚާއްޞަ ތާރީޚެއް އަދި ރަސްމީކޮށް ކަނޑައެޅިފައި ނުވި ނަމަވެސް، މެޗު ކުޅުމަށް ނިންމާފައިވަނީ ޗައިނާގައެވެ.
13 Sep 2026
ދީން ފެތުރުމާއި ދިން ދިފާއުކުރުމުގައި ޒުވާނުންގެ ދައުރު ފެވިގެންދަނީ ރަން އަކުރުން: ރައީސް
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ތާރީޚީ މުނާސަބު މި ވަގުތުގައި ކުރިއަށްގެންދިޔަ "ޒުވާން ހަތީބުންގެ ޤައުމީ މަހާސިންތާ" ނިންމުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
13 Sep 2026
ގައުމީ އެއާލައިނުން ކުޑަހުވަދުއަށް މި މަހުގެ 17ގައި ޝެޑިއުލް ދަތުރުތައް ފަށަނީ
ކައުންސިލުން ބުނީ މި މަހުގެ 17 ގެ ކުރީން ދަތުރުތައް ފަށާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.