މެޗަށްފަހު މޮރޮކޯ ޓީމުގެ ކުޅުންތެރިން ޝުކުރުގެ ސަޖިދަ ޖަހަނީ
ކުޅިވަރު
15 Dec 2022 | 09:36
މޮރޮކޯއިން ދުނިޔެއަށް ދައްކުވައިދިން ނަމޫނާއަށް ތައުރީފް އޮހެނީ

ގަތަރުގައި މިހާރު ކުރިއަށްދާ ވޯލްޑްކަޕްގެ ސެމީ ފައިނަލް ގައި، އެންމެފަހުގެ ޗެންޕިއަން، ފްރާންސް އާއި ވާދަކޮށް 2-0 ގެ ނަތީޖާއިން މޮރޮކޯ ބަލިވިނަމަވެސް، އެ ޓީމަށް އެތައް ބައެއް އަންނަނީ ތައުރީފް ކުރަމުންނެވެ.  

ފެށުނީއްސުރެ ވެސް މޮރޮކޯ ޓީމުން، އަންނަނީ އެ ޓީމުން ހޯދަމުންދާ ކާމިޔާބީއަކީ ހެއްދެވި ފަރާތުން ދެއްވި އެއްޗެއް ކަމަށްބުނެ، ކޮންމެ މެޗަކަށްފަހުވެސް، މާތް ރަސްކަލާނގެ އަށް ޝުކުރު އަދާކުރުމުގެ ގޮތުން ޝުކުރުގެ ސަޖިދަ ޖަހާފައެވެ. ރޭގެ މެޗުން ބަލިވެ، މުބާރާތުން ކެޓުމުންވެސް ޓީމުގެ ކުޅުންތެރިން ވަނީ ޝުކުރުގެ ސަޖިދަ ޖަހައި، ކާމިޔާބީ އާއި ނާކާމިޔާބީގައިވެސް ހެއްދެވި ފަރާތަށް ޝުކުރު އަދާކުރުމުގެ ރީތި ސިފަ މުޅި ދުނިޔެއަށް ދައްކާލާފައެވެ. 

މީގެ އިތުރުން ވެސް، އެ ޓީމުގެ ކުޅުންތެރިންނާއި، ޢާއިލާއާއި ދެމެދުގައި އޮންނަ ލޯބި ދަނޑުމަތިން ވެސް ފެނިގެން ގޮސްފައިވާއިރު، ހުޅަނގުގެ ގައުމުތަކުންވެސް އަންނަނީ އެކަމަށް ވަރަށް ބޮޑަށް ތައުރީފް ކުރަމުންނެވެ. 

އެގޮތުން، މައިންބަފައިންނަށް ކަމޭހިތުމާއި، މައިންބަފައިން ދެކެ ވާ ލޯބި، ހާމަ ކުރުމަކީ މިހާރު ތަދު ކަމަކަށްވެފައި ވާއިރު، އެ ޓީމުގެ ކުޅުންތެރިން ވަނީ، އަދިވެސް މައިންނާއި ޢާއިލާދެކެ ލޯބިވާ، އެ ލޯބި ހާމަކޮށްދެން ދަންނަ ދަރިން ތިބިކަން ދުނިޔެއަށް ހާމަކޮށްދީފައެވެ.

ކޮންމެ މެޗަކަށްފަހު، މޮރޮކޯގެ ކުޅުންތެރިޔާ ހަކީމީ އޭނާގެ މަންމަ ކައިރިއަށް ގޮސް މަންމައަށް ދޮންދޭ މަންޒަރާއި, ޗުއާޓާ ފައިނަލް މެޗުން ލިބުނު ކާމިޔާބީ ފާހަގަ ކުރުމަށް މޮރޮކޯ ޓީމުގެ ކުޅުންތެރިންގެ ދަރިންނާއި މަންމައިން ދަނޑުމައްޗަށް ގެނެސް، ޓީމުން ދައްކާލި އުފާވެރި މަންޒަރުން އެތައް ބައެއްގެ ލޯބި ވަނީ މޮރޮކޯ ޓީމުން ހޯދާފައެވެ. 

މީގެ އިތުރުންވެސް، މޮރޮކޯ ޓީމުގެ ކުޅުންތެރިން، ފަލަސްޠީނުގެ ދިދަ ދަނޑުމައްޗަށް ގެނެސް އެ ދިދަ އާއި ފޮޓޯ ނަގާފައިވާއިރު، މިއީ ފަލަސްޠީނަކީ ދުނިޔޭގެ ބައެއްކަން އެންމެނަށް އަންގައި، އެގައުމާއި ގުޅޭތުން މައުލޫމާތު ހޯދައި، އެމީހުންގެ ހާލު ދެނެގަތުމަށް ދުނިޔެއަށް މަޖުބޫރު ކުރުވި ކަމެއް ކަމަށްވެސް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ. 

މިފަދަ އެތައް ސަބަބުތަކަކާއި ހުރެ މެޗުން ބަލިވި ނަމަވެސް މޮރޮކޯއަށް ދުނިޔޭގެ އެންމެންގެ ލޯބިވަނީ ލިބިފައެވެ.  

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އަލާއަށް ފާޑުކިޔުން؛ އަލާ ދެއްކެވީ ހެކި, އަމިއްލަ ވާހަކައެއް ނޯންނާނެ
13 Sep 2026
އިންޑިއާ އާއި ޗައިނާގެ ވިޔަފާރިއާއި ދަތުރުފަތުރުގެ ގުޅުން ބަދަހިކުރުމަށް ދެ ގައުމުގެ ވެރިން އެއްބަސްވެއްޖެ
އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓްރީއިން ބުނީ، ދެ ގައުމުގެ މެދުގައި ސަގާފީ ހަރަކާތްތަކާއި، ވިޔަފާރީގެ ގުޅުންތަކާއި، މީހުން ދަތުރުފަތުރުކުރުން އިތުރަށް އާލާކުރުމުގެ މުހިންމުކަން ދެ ލީޑަރުން ފާހަގަކުރެއްވިކަމަށެވެ
13 Sep 2026
ސިޓީގެ ފޯޑެންއަށް ދެއްކި ރަތްކާޑުގެ ފައިދާ މެންޗެސްޓަރ ޔުނައިޓެޑަށް ނުނެގި ބަލިވެއްޖެ
އިނގިރޭސި ޕްރިމިއާ ލީގުގެ ޕޮއިންޓް ތާވަލަށް ބަލާއިރު ސިޓީ އަދި އެއްވަނައިގައި އޮތް އާސެނަލްއަށް ވެސް ވަނީ އެއްވަރަކަށް ޕޮއިންޓް ލިބިފައެވެ. އެހެންނަމަވެސް، ފައިދާ ގޯލުގެ ތަފާތުން ތާވަލުގެ އެއްވަނަ އަދިވެސް ކަށަވަރުކޮށްގެން އޮތީ އާސެނަލްއެވެ.
13 Sep 2026
ބްރިޖުގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް؛ އެކަކަށް އަނިޔާވެ ފަރުވާ ދެނީ
އެކްސިޑެންޓްގަައި ހިމެނޭ ސައިކަލާއި ކާރަށް ވަނީ އެކިވަރުގެ ގެއްލުން ވެފައެވެ.
13 Sep 2026
މިސްކިތްތަކަށް ގެއްލުން ދިނުން ހުއްޓުވަން ގާނޫނެއް ފަރުމާކޮށް އަދަބު ކަނޑައެޅުން މުހިންމު: ޒައިދު
އެފަދަ މީހުން އެފަދަ ކުއްތައް ތަކުރާރުކުރާތަން ފެންނަނީ މިހާރު ހުރި ގާނޫނުތަކުން ފަރުވާ ނުލިބޭތީ ކަމުގައި އޭނާ ވިދާޅުވި އެވެ.
13 Sep 2026
ރަޙުމަތްތެރިކަމުގެ މެޗެއްގައި ދިވެހިރާއްޖެ، ޗައިނާއާ ދެކޮޅަށް ނިކުންނަނީ
މި މެޗު ކުޅޭނެ ވަކި ޚާއްޞަ ތާރީޚެއް އަދި ރަސްމީކޮށް ކަނޑައެޅިފައި ނުވި ނަމަވެސް، މެޗު ކުޅުމަށް ނިންމާފައިވަނީ ޗައިނާގައެވެ.
13 Sep 2026
ދީން ފެތުރުމާއި ދިން ދިފާއުކުރުމުގައި ޒުވާނުންގެ ދައުރު ފެވިގެންދަނީ ރަން އަކުރުން: ރައީސް
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ތާރީޚީ މުނާސަބު މި ވަގުތުގައި ކުރިއަށްގެންދިޔަ "ޒުވާން ހަތީބުންގެ ޤައުމީ މަހާސިންތާ" ނިންމުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
13 Sep 2026
ގައުމީ އެއާލައިނުން ކުޑަހުވަދުއަށް މި މަހުގެ 17ގައި ޝެޑިއުލް ދަތުރުތައް ފަށަނީ
ކައުންސިލުން ބުނީ މި މަހުގެ 17 ގެ ކުރީން ދަތުރުތައް ފަށާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.