ކިލިއަން ބާޕޭ އޭނާގެ ޕީއެސްޖީ ޓީމް މޭޓް އަޝްރަފް ހަކީމީއަށް ހިތްވަރު ދެނީ
ކުޅިވަރު
15 Dec 2022 | 11:26
ދެ ޓީމަކަށް ކުޅުނު ނަމަވެސް ހަކީމީ އާއި އެމްބާޕޭ ދައްކުވައިދިނީ ދެކުޅުންތެރިންގެ މެދުގައި އޮތް ލޯބި

ވޯލްޑްކަޕު ގެ ސެމީ ފައިނަލުގައި ރޭ ކުޅެވުނު މެޗުގައި ފްރާންސްގެ ހުނަރުވެރި ކުޅުންތެރިޔާ ކިލިއަން އެމްބާޕޭ، އާއި މޮރޮކޯގެ ގަދަފަދަ ޑިފެންޑަރު އަޝްރަފް ހަކީމީއާއި ދެކުޅުންތެރިން، ދެ ޓީމަކަށް ކުޅުނު ނަމަވެސް ދެ ކުޅުންތެރިންގެ ފަރާތުން ފެނިގެންދިޔަ އިހްތިރާމާއި ލޯތްބަށް ގިނަ ބައެއް ތައުރީފްކޮށްފިއެވެ.

ވޯލްޑްކަޕްގެ ސެމީގައި ރޭ ކުޅުނު މެޗުގައި 2-0 ގެ ނަތީޖާއަކުން ފްރާންސް ވަނީ މޮރޮކޯގެ މައްޗަށް ކުރި ހޯދައި ފައިނަލުން ޖާގަ ކަށަވަރު ކޮށްފައެވެ. އެއާއި ތައްޓާއި ހަމައަށް ވާސިލް ވުމަށް މޮރޮކޯ ކުޅުންތެރިން ފަށާފައިވާ ދަތުރުވަނީ ނިމުމަކަށް އައިސްފައެވެ.  

މެޗުން ލިބުނު ނާކާމިޔާބީގެ ސަބަބުން މުބާރާތުގައި މޮޅު ކުޅުމެއް ދައްކަމުންއައި ހަކީމީގެ މޫނުންވެސް މާޔޫސްވުމާއި ހިތާމައިގެ ކުލަވަރު ފެނިގެން ގޮސްފައިވާއިރު، އޭނާގެ ހިތާމައިގައި ބައިވެރިވެ، ހިތްވަރު ދީފައިވަނީ، ކްލަބް ލެވެލްގައި އޭނާއާއި ޕީއެސްޖީއަށް ކުޅޭ ޓީމް މޭޓް، އެމްބާޕޭ އެވެ. 

އެގޮތުން، މެޗަށްފަހު ހަކީމީ ދަނޑުމަތީގައި އޮށޯވެގެން އޮއްވައި އެމްބާޕޭ ވަނީ އޭނާ، ކައިރިއަށް ގޮސް އޭނާއަށް ހިތްވަރުދީފައެވެ.

އެމްބާޕޭގެ ފަރާތުން ފެނިގެންދިޔަ މި ޢަމަލަށް ގިނަ ބައެއްގެ ތައުރީފު ވަނީ ލިބިފައެވެ. އަދި އެ ދެމީހުންގެ އެކުވެރި ކަމަކީ ލާމަސީލު މިސާލެއް ކަމަށްވެސް އެފަރާތްތަކުން އަންނަނީ ބުނަމުންނެވެ. 

މެޗު ނިމުމަށްފަހު ދެ ކުޅުންތެރިންގެ ފަރާތުން މިފެނިގެންދިޔަ ފަދަ އެކުވެރިކަމެއް މެޗު ފެށުމުގެ ކުރިންވެސް ވަނީ ފެނިފައެވެ. އެގޮތުން މެޗު ކުޅުމަށް ދެ ކުޅުންތެރިން ދިޔަ އިރުވެސް ވަނީ އެކަކު އަނެކަކަށް ހިތްވަރުދީފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އަލާއަށް ފާޑުކިޔުން؛ އަލާ ދެއްކެވީ ހެކި, އަމިއްލަ ވާހަކައެއް ނޯންނާނެ
13 Sep 2026
އިންޑިއާ އާއި ޗައިނާގެ ވިޔަފާރިއާއި ދަތުރުފަތުރުގެ ގުޅުން ބަދަހިކުރުމަށް ދެ ގައުމުގެ ވެރިން އެއްބަސްވެއްޖެ
އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓްރީއިން ބުނީ، ދެ ގައުމުގެ މެދުގައި ސަގާފީ ހަރަކާތްތަކާއި، ވިޔަފާރީގެ ގުޅުންތަކާއި، މީހުން ދަތުރުފަތުރުކުރުން އިތުރަށް އާލާކުރުމުގެ މުހިންމުކަން ދެ ލީޑަރުން ފާހަގަކުރެއްވިކަމަށެވެ
13 Sep 2026
ސިޓީގެ ފޯޑެންއަށް ދެއްކި ރަތްކާޑުގެ ފައިދާ މެންޗެސްޓަރ ޔުނައިޓެޑަށް ނުނެގި ބަލިވެއްޖެ
އިނގިރޭސި ޕްރިމިއާ ލީގުގެ ޕޮއިންޓް ތާވަލަށް ބަލާއިރު ސިޓީ އަދި އެއްވަނައިގައި އޮތް އާސެނަލްއަށް ވެސް ވަނީ އެއްވަރަކަށް ޕޮއިންޓް ލިބިފައެވެ. އެހެންނަމަވެސް، ފައިދާ ގޯލުގެ ތަފާތުން ތާވަލުގެ އެއްވަނަ އަދިވެސް ކަށަވަރުކޮށްގެން އޮތީ އާސެނަލްއެވެ.
13 Sep 2026
ބްރިޖުގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް؛ އެކަކަށް އަނިޔާވެ ފަރުވާ ދެނީ
އެކްސިޑެންޓްގަައި ހިމެނޭ ސައިކަލާއި ކާރަށް ވަނީ އެކިވަރުގެ ގެއްލުން ވެފައެވެ.
13 Sep 2026
މިސްކިތްތަކަށް ގެއްލުން ދިނުން ހުއްޓުވަން ގާނޫނެއް ފަރުމާކޮށް އަދަބު ކަނޑައެޅުން މުހިންމު: ޒައިދު
އެފަދަ މީހުން އެފަދަ ކުއްތައް ތަކުރާރުކުރާތަން ފެންނަނީ މިހާރު ހުރި ގާނޫނުތަކުން ފަރުވާ ނުލިބޭތީ ކަމުގައި އޭނާ ވިދާޅުވި އެވެ.
13 Sep 2026
ރަޙުމަތްތެރިކަމުގެ މެޗެއްގައި ދިވެހިރާއްޖެ، ޗައިނާއާ ދެކޮޅަށް ނިކުންނަނީ
މި މެޗު ކުޅޭނެ ވަކި ޚާއްޞަ ތާރީޚެއް އަދި ރަސްމީކޮށް ކަނޑައެޅިފައި ނުވި ނަމަވެސް، މެޗު ކުޅުމަށް ނިންމާފައިވަނީ ޗައިނާގައެވެ.
13 Sep 2026
ދީން ފެތުރުމާއި ދިން ދިފާއުކުރުމުގައި ޒުވާނުންގެ ދައުރު ފެވިގެންދަނީ ރަން އަކުރުން: ރައީސް
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ތާރީޚީ މުނާސަބު މި ވަގުތުގައި ކުރިއަށްގެންދިޔަ "ޒުވާން ހަތީބުންގެ ޤައުމީ މަހާސިންތާ" ނިންމުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
13 Sep 2026
ގައުމީ އެއާލައިނުން ކުޑަހުވަދުއަށް މި މަހުގެ 17ގައި ޝެޑިއުލް ދަތުރުތައް ފަށަނީ
ކައުންސިލުން ބުނީ މި މަހުގެ 17 ގެ ކުރީން ދަތުރުތައް ފަށާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.