ަ
ހަބަރު
15 Dec 2022 | 16:17
"ތިކި" އެޕްލިކޭޝަނަށް އަހަރު ފުރުމާއި ގުޅިގެން ތެލަސީމިއަރ ސްކްރީނިންގ ހަރަކާތެއް

"ތިކި" އެޕްލިކޭޝަނަށް އެއް އަހަރު ފުރުން ފާހަގަކުރުމަށް އިހައްދޫ ސްކޫލު އަދި ޙަމަދު ބިން ޚަލީފާ އާލް ޘާނީ ސްކޫލުގެ ބޮޑެތި ދަރިވަރުންގެ ތެލަސީމިއަރ ސްކްރީނިންގ ހަދައިދިނުމުގެ ހަރަކާތެއް ކުރިޔަށް ގެންގޮސްފިއެވެ. 

ގަމު ރީޖަނަލް ހޮސްޕިޓަލާއި ގުޅިގެން ކުރިއަށް ގެންދިޔަ މި ހަރަކާތުގެ ތެރެއިން ގަމު ރީޖަނަލް ހޮސްޕިޓަލުން ވަނީ ތެލަސީމިއާ އާއި، ތެލަސީމިއާ ސްކްރީނިންގެ މުހިންމު ކަމާއި ގުޅޭގޮތުން މަޢުލޫމާތު ސެޝަނެއްވެސް ނަގައިދީފައެވެ. އަދި އެއަށްފަހު ތެލަސީމިއާ ސްކްރީނިންގެ ޓެސްޓްވެސް ވަނީ ހަދައިދީފައެވެ. 

އިއްޔެ އިހައްދޫ ސްކޫލުގައި ކުރިޔަށް ގެންދިޔަ ހަރަކާތުގައި އެ ސްކޫލުގެ ގްރޭޑް 8، 9 އަދި 10 އަކުން 28 ދަރިވަރުން ބައިވެރިވިއިރު އޭގެތެރެއިން 20 ދަރިވަރަކު ވަނީ އެ ހަރަކާތުގެ ތެރެއިން ތެލަސީމިއާ ސްކްރީނިންގ ހަދާފައެވެ. 

އަދި މިއަދު ޙަމަދު ސްކޫލުގައި ބޭއްވި ސެޝަނުގައި އެ ސްކޫލުގެ ގްރޭޑް 9 އިން މަތީގެ 102 ދަރިވަރުން ވަނީ ބައިވެރިވެފައެވެ. އަދި އޭގެތެރެއިން 83 ދަރިވަރަކު ވަނީ އެ ހަރަކާތުގެ ތެރެއިން ތެލަސީމިއާ ސްކްރީނިންގ ހަދާފައެވެ. 

"ތިކި" އިން ދުނިޔޭގެ ލޭ ހަދިޔާކުރާ ދުވަސް ފާހަގަކުރުމަށް ލ.މާވަށުގައި ކުރިޔަށް ގެންދިޔަ ހަރަކާތްތަކުގެ ތެރެއިން މާވަށު ސްކޫލުގައިވެސް ވަނީ ތެލަސީމިއާ އާއި ގުޅޭ މަޢުލޫމާތު ސެޝަނަކާއި ތެލަސީމިއާ ސްކްރީނިންގ ހަދައިދިނުމުގެ ހަރަކާތެއް ކުރިޔަށް ގެންގޮސްފައެވެ. އެ ސެޝަނުގައި 53 ދަރިވަރުން ބައިވެރިވިއިރު، އޭގެތެރެއިން 47 ދަރިވަރަކު ވަނީ ތެލަސީމިއާ ސްކްރީނިންގ ހަދާފައެވެ. 

"ތިކި" މޯބައިލް އެޕްލިކޭޝަނަކީ ފަސޭހައިން ބަލަޑް ޑޯނަރުން ހޯދައިދިނުމުގެ މަޤުސަދުގައި ހަދާފައިވާ އެޕްލިކޭޝަނެކެވެ. މި އެޕްލިކޭޝަން ލޯންޗުކޮށްފައިވަނީ މިދިޔަ 2021 ވަނަ އަހަރުގެ ޑިސެމްބަރ މަހުގެ 16 ވަނަ ދުވަހުއެވެ. "ތިކި" އެޕްލިކޭޝަންގައި މިހާރު 800 އަށްވުރެ ގިނަ ޑޯނަރުން ރެޖިސްޓާވެފައި ތިބިއިރު، މިއީ މިވަގުތު ރާއްޖޭގައި އޮތް ހަމައެކަނި ބަލަޑް ޑޯނަރސް އެޕެލިކޭޝަނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.