ލުސައިލް ސްޓޭޑިއަމްގެ އަށް ވަނަ ފަންގިފިލާގައި ޑިއުޓީގައި އުޅެނިކޮށް ވެއްޓި ނިޔާވި، ޖޯން ނޫ ކިބޫ
ކުޅިވަރު
15 Dec 2022 | 19:06
ލުސައިލް ސްޓޭޑިއަމްގެ އަށް ވަނަ ފަންގިފިލާއިން ސެކިއުރިޓީ ގާޑަކު ވެއްޓި މަރުވެއްޖެ

ގަތަރު ލުސައިލް ސްޓޭޑިއަމްގެ އަށް ވަނަ ފަންގިފިލާއިން، ޑިއުޓީގައި އުޅެނިކޮށް ކެންޔާގެ ސެކިއުރިޓީ ގާޑަކު ވެއްޓި މަރުވެއްޖެ އެވެ. މިހާދިސާގައި ނިޔާވީ ޖޯން ނޫ ކިބޫ ނަމަކަށްކިޔާ އުމުރުން 24 އަހަރުގެ ކެންޔާ ރައްޔިތެކެވެ.

ސީއެންއެން އިން ރިޕޯޓް ކޮއްފައިވާ ގޮތުގައި މި ހާދިސާ ނިޔާވި މީހާ ދޯހާގެ ހަމަދު ޖެނެރަލް ހޮސްޕިޓަލުގެ އައިސީޔޫގައި އެޑްމިޓްކުރި ކަމުގެ ރެކޯޑްތައް ވަނީ ހޯދާފަ އެވެ. ޖޯން ހޮސްޕިޓަލުގައި އެޑްމިޓްކުރީ ބޮލަށް ސީރިއަސް އަނިޔާތަކެއް ލިބި، މޫނު ފަޅައިގެން ދިއުމުގެ އިތުރުން އުނަގަނޑުގެ ކަށިގަނޑު ފަޅައިގެން ދިއުމުންނެވެ. މެޑިކަލް ޓީމުން ޖޯން ސަލާމަތްކުރެވޭތޯ ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރި ކަމަށާއި  ޖޯން ނިޔާވީ ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮއްކަމުގައި ވޯލްޑް ކަޕް އިންތިޒާމްކުރާ ފަރާތުން ނެރުނު ބަޔާނެއްގައި ބުނެފައި ވެއެވެ.

އަދި ޖޯން ނިޔާވީ ޑިސެމްބަރު މަހުގެ 13 ވީ އަންގާރަ ދުވަހު ކަމަށާއި މިކަން ޖޯންގެ އާއިލާއަށް އަންގާފައި ވާނެކަން އެ ބަޔާނުގައި ތަފްސީލުކޮށް ދީފައިވެ އެވެ. މިހާދިސާ އާއި ގުޅިގެން ޖޯންގެ ކޮއްކޮ އަންވާޖިރު ސީއެންއެންއަށް ދިން އިންޓަވިއުއެއްގައި ބުނީ ޖޯންއަށް އިންސާފު ހޯދައިދިނުމަށް މަސައްކަތް ކުރާނެ ފައިސާ އެމީހުންގެ އަތުގައި ނެތް ކަމަށާއި ނަމަވެސް ވީގޮތް އޮޅުން ފިލުވަން ބޭނުންވާ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އަލާއަށް ފާޑުކިޔުން؛ އަލާ ދެއްކެވީ ހެކި, އަމިއްލަ ވާހަކައެއް ނޯންނާނެ
13 Sep 2026
އިންޑިއާ އާއި ޗައިނާގެ ވިޔަފާރިއާއި ދަތުރުފަތުރުގެ ގުޅުން ބަދަހިކުރުމަށް ދެ ގައުމުގެ ވެރިން އެއްބަސްވެއްޖެ
އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓްރީއިން ބުނީ، ދެ ގައުމުގެ މެދުގައި ސަގާފީ ހަރަކާތްތަކާއި، ވިޔަފާރީގެ ގުޅުންތަކާއި، މީހުން ދަތުރުފަތުރުކުރުން އިތުރަށް އާލާކުރުމުގެ މުހިންމުކަން ދެ ލީޑަރުން ފާހަގަކުރެއްވިކަމަށެވެ
13 Sep 2026
ސިޓީގެ ފޯޑެންއަށް ދެއްކި ރަތްކާޑުގެ ފައިދާ މެންޗެސްޓަރ ޔުނައިޓެޑަށް ނުނެގި ބަލިވެއްޖެ
އިނގިރޭސި ޕްރިމިއާ ލީގުގެ ޕޮއިންޓް ތާވަލަށް ބަލާއިރު ސިޓީ އަދި އެއްވަނައިގައި އޮތް އާސެނަލްއަށް ވެސް ވަނީ އެއްވަރަކަށް ޕޮއިންޓް ލިބިފައެވެ. އެހެންނަމަވެސް، ފައިދާ ގޯލުގެ ތަފާތުން ތާވަލުގެ އެއްވަނަ އަދިވެސް ކަށަވަރުކޮށްގެން އޮތީ އާސެނަލްއެވެ.
13 Sep 2026
ބްރިޖުގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް؛ އެކަކަށް އަނިޔާވެ ފަރުވާ ދެނީ
އެކްސިޑެންޓްގަައި ހިމެނޭ ސައިކަލާއި ކާރަށް ވަނީ އެކިވަރުގެ ގެއްލުން ވެފައެވެ.
13 Sep 2026
މިސްކިތްތަކަށް ގެއްލުން ދިނުން ހުއްޓުވަން ގާނޫނެއް ފަރުމާކޮށް އަދަބު ކަނޑައެޅުން މުހިންމު: ޒައިދު
އެފަދަ މީހުން އެފަދަ ކުއްތައް ތަކުރާރުކުރާތަން ފެންނަނީ މިހާރު ހުރި ގާނޫނުތަކުން ފަރުވާ ނުލިބޭތީ ކަމުގައި އޭނާ ވިދާޅުވި އެވެ.
13 Sep 2026
ރަޙުމަތްތެރިކަމުގެ މެޗެއްގައި ދިވެހިރާއްޖެ، ޗައިނާއާ ދެކޮޅަށް ނިކުންނަނީ
މި މެޗު ކުޅޭނެ ވަކި ޚާއްޞަ ތާރީޚެއް އަދި ރަސްމީކޮށް ކަނޑައެޅިފައި ނުވި ނަމަވެސް، މެޗު ކުޅުމަށް ނިންމާފައިވަނީ ޗައިނާގައެވެ.
13 Sep 2026
ދީން ފެތުރުމާއި ދިން ދިފާއުކުރުމުގައި ޒުވާނުންގެ ދައުރު ފެވިގެންދަނީ ރަން އަކުރުން: ރައީސް
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ތާރީޚީ މުނާސަބު މި ވަގުތުގައި ކުރިއަށްގެންދިޔަ "ޒުވާން ހަތީބުންގެ ޤައުމީ މަހާސިންތާ" ނިންމުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
13 Sep 2026
ގައުމީ އެއާލައިނުން ކުޑަހުވަދުއަށް މި މަހުގެ 17ގައި ޝެޑިއުލް ދަތުރުތައް ފަށަނީ
ކައުންސިލުން ބުނީ މި މަހުގެ 17 ގެ ކުރީން ދަތުރުތައް ފަށާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.