ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އަދި ޔޫކްރެއިން ރައީސް
ކުޅިވަރު
17 Dec 2022 | 10:57
ޔޫކްރެއިންގެ ރައީސް ވޯލްޑްކަޕް ފައިނަލް މެޗުގެކުރިން މުހާތަބުކުރުމުގެ ފުރުސަތު ފީފާއިން ދިމުމަށް ދެކޮޅުހަދައިފި

ވޯލްޑް ކަޕްފައިނަލުގައި އާޖެންޓީނާ އާއި ފްރާންސް ބައްދަލުކުރާ މެޗުގެ ކުރިން ސުލްހައިގެ މެސެޖެއް ދިނުމަށް ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ހުށަހެޅުއްވި ހުށަހެޅުމަށް ފީފާއިން ދެކޮޅު ހަދައިފިއެވެ.

2022 ވަނަ އަހަރުގެ ފެބްރުއަރީ މަހު ރަޝިއާއިން ޔޫކްރެއިންއަށް އަރައިގަތް ފަހުން ޔޫރަޕްގެ ޤައުމުތަކުގައި ބައްވާ އެކިއެކި އިވެންޓްތަކުގައި  ޔޫކްރޭނަށް ތާއީދުކުރާ މެސެޖްތަކާއި ބެނާތައް ފެންނަން ހުރެއެވެ. ނަމަވެސް މިފަހަރުގެ ވޯލްޑް ކަޕްގައި ފީފާއިން ވަނީ ގަތަރުގައި ސިޔާސީ އަދި އިޖުތިމާއީ އެއްވެސް ކެމްޕެއިން ކުރުން މަނާކޮށްފަ އެވެ.

ވޯލްޑް ކަޕްގެ ކުރިން ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވަނީ ވޯލްޑް ކަޕްގެ މުއްދަތަށް ޔޫކްރެއިންގައި ހަނގުރާމަ ހުއްޓާލުމަށް އެދިވަޑައިގެންފަ އެވެ. އަދި ވޯލްޑް ކަޕް ކޮލިފައިންގެ ޕުލޭއޮފް ގައި ކުޅުމުގެ ފުރުސަތު ރަޝިއާއަށް ލިބިފައި ވަނިކޮށް ފީފާއިން ވަނީ ފުޓްބޯޅައިގެ ހުރީހާ ހަރަކާތަކުން އެޤައުމު ސަސްޕެންޑްކޮށްފައެވެ.

ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ

ރަޝިއާގެ ބަދަލުގައި ޕޮލެންޑަށް ފުރުސަތު ދިންއިރު، މިހާރު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ޔޫކްރެއިންގެ މެޗުތައް ވެސް ވަނީ ލަސްކުރަންޖެހުނެވެ.

ސީއެންއެން އިން ރިޕޯޓްކޮށްފައިވާގޮތުގައި ވޯލްޑްކަޕްގެ ފައިނަލް މެޗުގެ ކުރިން ގަތަރުގެ ސްޓޭޑިއަމްގައި ޒެލެންސްކީ ތަގުރީރު ކުރައްވަން ބޭނުންވަނީ ވީޑިއޯ ލިންކް މެދުވެރިކޮށެވެ. ސީއެންއެން ރިޕޯޓްގައި ވާގޮތުން ފީފާ އާއި ޔޫކްރެއިންއާ ދެމެދު މަޝްވަރާތައް އަދިވެސް ކުރިއަށް އެބަދެ އެވެ.

ޔޫރަޕްގެ ހަތް ގައުމެއްގެ ކެޕްޓަނުން އެލްޖީބީޓީކިއު ޕްލަސް ކޮމިއުނިޓީއަށް ތާއީދުކޮށް "ވަން ލަވް" އާމްބޭންޑް އެޅުން މަނާކުރުމާ ގުޅިގެން މީގެ ކުރިން އެ ޖަމިއްޔާއަށް ހުޅަގުގެ މީޑިއާތަކުން ވަނީ ބޮޑެތި ފާޑުކިއުންތަކެއް އަމާޒުވެފައެވެ. ނަމަވެސް ހުކުރު ދުވަހު ބޭއްވި ނިއުސް ކޮންފަރެންސެއްގައި އިންފަންޓީނޯ ވިދާޅުވީ ފީފާއިން ގަތަރުގައި ބައެއް "ސިޔާސީ ވާހަކަތައް" ހުއްޓާލީ "އެންމެންގެ މަސްލަހަތައް" ބެލުމައްފަހު ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އަލާއަށް ފާޑުކިޔުން؛ އަލާ ދެއްކެވީ ހެކި, އަމިއްލަ ވާހަކައެއް ނޯންނާނެ
13 Sep 2026
އިންޑިއާ އާއި ޗައިނާގެ ވިޔަފާރިއާއި ދަތުރުފަތުރުގެ ގުޅުން ބަދަހިކުރުމަށް ދެ ގައުމުގެ ވެރިން އެއްބަސްވެއްޖެ
އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓްރީއިން ބުނީ، ދެ ގައުމުގެ މެދުގައި ސަގާފީ ހަރަކާތްތަކާއި، ވިޔަފާރީގެ ގުޅުންތަކާއި، މީހުން ދަތުރުފަތުރުކުރުން އިތުރަށް އާލާކުރުމުގެ މުހިންމުކަން ދެ ލީޑަރުން ފާހަގަކުރެއްވިކަމަށެވެ
13 Sep 2026
ސިޓީގެ ފޯޑެންއަށް ދެއްކި ރަތްކާޑުގެ ފައިދާ މެންޗެސްޓަރ ޔުނައިޓެޑަށް ނުނެގި ބަލިވެއްޖެ
އިނގިރޭސި ޕްރިމިއާ ލީގުގެ ޕޮއިންޓް ތާވަލަށް ބަލާއިރު ސިޓީ އަދި އެއްވަނައިގައި އޮތް އާސެނަލްއަށް ވެސް ވަނީ އެއްވަރަކަށް ޕޮއިންޓް ލިބިފައެވެ. އެހެންނަމަވެސް، ފައިދާ ގޯލުގެ ތަފާތުން ތާވަލުގެ އެއްވަނަ އަދިވެސް ކަށަވަރުކޮށްގެން އޮތީ އާސެނަލްއެވެ.
13 Sep 2026
ބްރިޖުގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް؛ އެކަކަށް އަނިޔާވެ ފަރުވާ ދެނީ
އެކްސިޑެންޓްގަައި ހިމެނޭ ސައިކަލާއި ކާރަށް ވަނީ އެކިވަރުގެ ގެއްލުން ވެފައެވެ.
13 Sep 2026
މިސްކިތްތަކަށް ގެއްލުން ދިނުން ހުއްޓުވަން ގާނޫނެއް ފަރުމާކޮށް އަދަބު ކަނޑައެޅުން މުހިންމު: ޒައިދު
އެފަދަ މީހުން އެފަދަ ކުއްތައް ތަކުރާރުކުރާތަން ފެންނަނީ މިހާރު ހުރި ގާނޫނުތަކުން ފަރުވާ ނުލިބޭތީ ކަމުގައި އޭނާ ވިދާޅުވި އެވެ.
13 Sep 2026
ރަޙުމަތްތެރިކަމުގެ މެޗެއްގައި ދިވެހިރާއްޖެ، ޗައިނާއާ ދެކޮޅަށް ނިކުންނަނީ
މި މެޗު ކުޅޭނެ ވަކި ޚާއްޞަ ތާރީޚެއް އަދި ރަސްމީކޮށް ކަނޑައެޅިފައި ނުވި ނަމަވެސް، މެޗު ކުޅުމަށް ނިންމާފައިވަނީ ޗައިނާގައެވެ.
13 Sep 2026
ދީން ފެތުރުމާއި ދިން ދިފާއުކުރުމުގައި ޒުވާނުންގެ ދައުރު ފެވިގެންދަނީ ރަން އަކުރުން: ރައީސް
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ތާރީޚީ މުނާސަބު މި ވަގުތުގައި ކުރިއަށްގެންދިޔަ "ޒުވާން ހަތީބުންގެ ޤައުމީ މަހާސިންތާ" ނިންމުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
13 Sep 2026
ގައުމީ އެއާލައިނުން ކުޑަހުވަދުއަށް މި މަހުގެ 17ގައި ޝެޑިއުލް ދަތުރުތައް ފަށަނީ
ކައުންސިލުން ބުނީ މި މަހުގެ 17 ގެ ކުރީން ދަތުރުތައް ފަށާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.