ވޯލްޑް ކަޕް ތިންވަނަ ހޮވާ މެޗުގައި މޮރޮކޯ އާއި ދެކޮޅަށް ކްރޮއޭޝިއާ ކުޅެނީ
ކުޅިވަރު
17 Dec 2022 | 22:34
މޮރޮކޯ ބަލިކޮށް ވޯލްޑް ކަޕްގެ ތިން ވަނަ ކްރޮއޭޝިއާ އަށް

ޤަތަރުގެ ވެރިރަށް ދޯހާގެ  ޚަލީފާ އިންޓަނޭޝަނަލް ސްޓޭޑިއަމްގައި މިރޭކުޅެވުނު ވޯލްޑް ފުޓްބޯޅަ މުބާރާތުގެ ތިން ވަނަ ހޮވާމެޗުގައި މޮރޮކޯ 2-1 ން ބަލިކޮށް ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ތިން ވަން އެންމެ ފަހުގެ ރަނަރަޕް ކްރޮއޭޝިއާ އިން ހޯދައިފިއެވެ.

މެޗުގެ ވަރަށް ކުރީކޮޅު ކްރޮއޭޝިއާ އިން ލަނޑެއް ކާމިޔާބުކޮށް ލީޑުނެގިއެވެ. މިލަނޑު ފުރަތަމަ ހާފުގެ 7 ވަނަ މިނެޓްގައި ކާމިޔާބުކޮށް ދިނީ ކްރޮއޭޝިއާގެ ޑިފެންޑަރ ޖޯސްކޯ ގްވާޑިއޯލް އެވެ. އޭގެ ދެމިނެޓް ފަހުން މޮރޮކޯއިން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީއްޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޒުވާން ޑިފެންޑަރު އަޗްރަފް ދާރީ އެވެ.

ދެޓީމުގެ ފަރާތުން ފުރަތަމަ ހާފުގައި ފޯރިގަދަ ކުޅުމެއް ފެނިގެންދިޔައިރު މި މެޗުގައި ދެވަނަ ފަހަރަށް ކްރޮއޭޝިއާ އިން ލީޑް ނެގީ ފުރަތަމަ ހާފުގެ 42 ވަނަ މިނެޓްގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދީ މުބާރާތުން ތިން ވަނަ އެޓީމަށް ކަށަވަރުކޮށްދިނީ ތަޖުރިބާކާރު ފޯވާޑް މިސްލާވް އޯރސިކް އެވެ.ދެވަނަ ހާފުގަ ލަނޑުޖަހާނެ ރަގަޅު ފުރުސަތުތަކެއް ދެ ޓީމަށް ވެސް ލިބި ބޭނުން ނުހިފުނު އިރު، މިހާފުގައި ރެފްރީގެ ބައެއް ނިންމުންތަކާއި ހިތްހަމަނުޖެހި ދެޓީމުގެ ކުޅުތެރިންވެސް ހިތްހަމަނުޖެހުން ފާޅުކުރިތަން ވަރަށް ބޮޑަށް ފެނިގެން ދިޔައެވެ.

ވޯލްޑް ކަޕްގެ ތިން ވަނަ ހޮވާ މެޗުގައި މޮރޮކޯ އާއި ކްރޮއޭޝިއާ ވާދަކުރަނީ

1998 އަށް ވަނަ އަހަރު ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ތިން ވަނަ ހޯދި ކްރޮއޭޝިއާ ޓީމުން ވަނީ، މީގެ ހަތަރު އަހަރު ކުރިން ރަޝިއާގައި ބޭއްވުން މުބާރާތުގެ ފައިނަލްގައި ކުޅެފައެވެ. އަދި މި މުބާރާތުގެ ހަތަރު ވަނަ ހޯދި މޮރޮކޯ އަކީ ވޯލްޑް ކަޕްގެ ތާރީޚްގައި ސެމީފައިނަލާއި ހަމައަށް އައި ފުރަތަމަ އެފްރިކާގެ ޓީމެވެ.

މި މުބާރާތު ގެ ފައިނަލް ގައި މާދަމާ ރޭ އާޖެންޓީނާ ދެކޮޅަށް ނުކުންނާނީ އެންމެ ފަހުގެ ޗެންޕިއަން ފުރާންސެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އަލާއަށް ފާޑުކިޔުން؛ އަލާ ދެއްކެވީ ހެކި, އަމިއްލަ ވާހަކައެއް ނޯންނާނެ
13 Sep 2026
އިންޑިއާ އާއި ޗައިނާގެ ވިޔަފާރިއާއި ދަތުރުފަތުރުގެ ގުޅުން ބަދަހިކުރުމަށް ދެ ގައުމުގެ ވެރިން އެއްބަސްވެއްޖެ
އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓްރީއިން ބުނީ، ދެ ގައުމުގެ މެދުގައި ސަގާފީ ހަރަކާތްތަކާއި، ވިޔަފާރީގެ ގުޅުންތަކާއި، މީހުން ދަތުރުފަތުރުކުރުން އިތުރަށް އާލާކުރުމުގެ މުހިންމުކަން ދެ ލީޑަރުން ފާހަގަކުރެއްވިކަމަށެވެ
13 Sep 2026
ސިޓީގެ ފޯޑެންއަށް ދެއްކި ރަތްކާޑުގެ ފައިދާ މެންޗެސްޓަރ ޔުނައިޓެޑަށް ނުނެގި ބަލިވެއްޖެ
އިނގިރޭސި ޕްރިމިއާ ލީގުގެ ޕޮއިންޓް ތާވަލަށް ބަލާއިރު ސިޓީ އަދި އެއްވަނައިގައި އޮތް އާސެނަލްއަށް ވެސް ވަނީ އެއްވަރަކަށް ޕޮއިންޓް ލިބިފައެވެ. އެހެންނަމަވެސް، ފައިދާ ގޯލުގެ ތަފާތުން ތާވަލުގެ އެއްވަނަ އަދިވެސް ކަށަވަރުކޮށްގެން އޮތީ އާސެނަލްއެވެ.
13 Sep 2026
ބްރިޖުގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް؛ އެކަކަށް އަނިޔާވެ ފަރުވާ ދެނީ
އެކްސިޑެންޓްގަައި ހިމެނޭ ސައިކަލާއި ކާރަށް ވަނީ އެކިވަރުގެ ގެއްލުން ވެފައެވެ.
13 Sep 2026
މިސްކިތްތަކަށް ގެއްލުން ދިނުން ހުއްޓުވަން ގާނޫނެއް ފަރުމާކޮށް އަދަބު ކަނޑައެޅުން މުހިންމު: ޒައިދު
އެފަދަ މީހުން އެފަދަ ކުއްތައް ތަކުރާރުކުރާތަން ފެންނަނީ މިހާރު ހުރި ގާނޫނުތަކުން ފަރުވާ ނުލިބޭތީ ކަމުގައި އޭނާ ވިދާޅުވި އެވެ.
13 Sep 2026
ރަޙުމަތްތެރިކަމުގެ މެޗެއްގައި ދިވެހިރާއްޖެ، ޗައިނާއާ ދެކޮޅަށް ނިކުންނަނީ
މި މެޗު ކުޅޭނެ ވަކި ޚާއްޞަ ތާރީޚެއް އަދި ރަސްމީކޮށް ކަނޑައެޅިފައި ނުވި ނަމަވެސް، މެޗު ކުޅުމަށް ނިންމާފައިވަނީ ޗައިނާގައެވެ.
13 Sep 2026
ދީން ފެތުރުމާއި ދިން ދިފާއުކުރުމުގައި ޒުވާނުންގެ ދައުރު ފެވިގެންދަނީ ރަން އަކުރުން: ރައީސް
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ތާރީޚީ މުނާސަބު މި ވަގުތުގައި ކުރިއަށްގެންދިޔަ "ޒުވާން ހަތީބުންގެ ޤައުމީ މަހާސިންތާ" ނިންމުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
13 Sep 2026
ގައުމީ އެއާލައިނުން ކުޑަހުވަދުއަށް މި މަހުގެ 17ގައި ޝެޑިއުލް ދަތުރުތައް ފަށަނީ
ކައުންސިލުން ބުނީ މި މަހުގެ 17 ގެ ކުރީން ދަތުރުތައް ފަށާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.