މޮރޮކޯ ކުޅުންތެރިންނާއި ރާމާމަކުނު ތަކަކާއި އަޅައިކިޔަނީ
ކުޅިވަރު
18 Dec 2022 | 09:41
މޮރޮކޯގެ ކުޅުންތެރިންނާއި އެމީހުންގެ މަންމައިން، ރާމާމަކުނާއި އަޅައި ކިޔައިފި

ގަތަރުގައި މިހާރު ކުރިއަށްދާ ވޯލްޑްކަޕްގައި، ޕޯޗުގަލް ޓީމު ބަލިކުރުމަށްފަހު، އެކަމުގެ އުފާ ފާޅުކުރުމުގެ ގޮތުން މޮރޮކޯގެ ކުޅުންތެރިއަކު އޭނާގެ މަންމަ ގައިގައި ބައްދައިގެން ހުރި ގޮތާއި ރާމާމަކުނާއި އެއްގޮތް ކުރުމުން ޑެންމާކް ގެ ޓީވީ ޗެނަލަކަށް ގިނަ ބައެއްގެ ނުރުހުން އަމާޒުވެއްޖެއެވެ. 

މުބާރާތް ފެށުނީއްސުރެ ވެސް މޮރޮކޯ ޓީމުގެ ކުޅުންތެރިން ދިޔައީ އެމީހުންގެ އަމަލު ތަކުން ވަރަށް ގިނަ ބައެއްގެ ތައުރީފާއި ލޯބި ހޯދަމުންނެވެ. ޚާއްސަކޮށް، ކޮންމެ މެޗަކަށްފަހު ބައެއް ކުޅުންތެރިން އެމީހުންގެ މަންމަކައިރިއަށް ގޮސް، ލިބުނު ކާމިޔާބީ މަންމަ އާއި އެކު ފާހަގަކުރާ ކުރުމަކީ ހުޅަނގުގެ ގިނަ ގައުމުތަކުގެ މީހުންގެވެސް ސަމާލުކަން ލިބިގެންދިޔަ ކަމެކެވެ. 

އެގޮތުން، ކުއާޓާ ފައިނަލް ގައި ޕޯޗުގަލް ބަލިކުރުމަށްފަހު އެކަމުގެ އުފާ ފައުޅުކުރުމަށް ޓީމުގެ ކުޅުންތެރިން އެމީހުންގެ މަންމައިންނާއި ދަރިން ވަނީ ދަނޑުމައްޗަށް ގެނެސް، އެ އުފަލުގައި އެމީހުން ބައިވެރި ކޮށްފައެވެ.

އަދި އޭގެތެރެއިން، އެ ކުޅުންތެރިން އެމީހުންގެ މަންމައިން ގައިގައި ލޯބިން ބައްދާލާ މަންޒަރުތައް ވެސް ކެމެރާތަކަށް އަރާފައިވާއިރު، ޑެންމާކުގެ ޓީވީ 2 ނިޔުސް، ގެނެސްދިން ޕްރޮގްރާމެއް ގައި އެ މަންޒަރާއި، ރާމާމަކުނެއް އެ މަކުނުގެ ދަރިންގައިގައި ބައްދައިގެން ތިބި މަންޒަރާއި އެއްގޮތްކޮށް އަޅައިކިޔައިފައިވެއެވެ. 

އެގޮތުން، ރާމާމަކުނުތައްވެސް ހޫނުކަން ލިބިގަތުމަށް އެމީހުންގެ މައިންގައިގައި އެފަދައިން ބައްދާ ކަމަށާ، އެ މަކުނު ތަކާއި މޮރޮކޯ ޓީމުގެ ކުޅުންތެރިންނާއި ހުރި އެއްގޮތް ކަމަކީ އެކަތި ގަނޑެއްގެ ގޮތުގައި ތިބުން ކަމަށްބުނެ، އެ ޕްރެސެންޓަރުން ވަނީ ހެމުން މޮރޮކޯ ޓީމުގެ ކުޅުންތެރިންނަށް މަލާމާތް ކޮށްފައެވެ. 

މިކަމާއި ގުޅިގެން، އެ ޓީވީ ޗެނަލުން މަޢާފަށް އެދިފައިވާއިރު, މަޢާފަށް އެދުމުން އެކަން ފޫނުބެއްދޭނެކަމަށް ގިނަ ބަޔަކު ވަނީ ބުނެފައެވެ. އަދި އެމީހުން ފާޑުކިޔައިފައި އެވަނީ ހަމައެކަނި މޮރޮކޯއަށް ނޫން ކަމަށާ، އެ ފާޑުކީ މުޅި އިސްލާމީ މުޖުތަމަޢުއަށް ކަމަށްވެސް މީހަކު ބުނެފައިވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އަލާއަށް ފާޑުކިޔުން؛ އަލާ ދެއްކެވީ ހެކި, އަމިއްލަ ވާހަކައެއް ނޯންނާނެ
13 Sep 2026
އިންޑިއާ އާއި ޗައިނާގެ ވިޔަފާރިއާއި ދަތުރުފަތުރުގެ ގުޅުން ބަދަހިކުރުމަށް ދެ ގައުމުގެ ވެރިން އެއްބަސްވެއްޖެ
އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓްރީއިން ބުނީ، ދެ ގައުމުގެ މެދުގައި ސަގާފީ ހަރަކާތްތަކާއި، ވިޔަފާރީގެ ގުޅުންތަކާއި، މީހުން ދަތުރުފަތުރުކުރުން އިތުރަށް އާލާކުރުމުގެ މުހިންމުކަން ދެ ލީޑަރުން ފާހަގަކުރެއްވިކަމަށެވެ
13 Sep 2026
ސިޓީގެ ފޯޑެންއަށް ދެއްކި ރަތްކާޑުގެ ފައިދާ މެންޗެސްޓަރ ޔުނައިޓެޑަށް ނުނެގި ބަލިވެއްޖެ
އިނގިރޭސި ޕްރިމިއާ ލީގުގެ ޕޮއިންޓް ތާވަލަށް ބަލާއިރު ސިޓީ އަދި އެއްވަނައިގައި އޮތް އާސެނަލްއަށް ވެސް ވަނީ އެއްވަރަކަށް ޕޮއިންޓް ލިބިފައެވެ. އެހެންނަމަވެސް، ފައިދާ ގޯލުގެ ތަފާތުން ތާވަލުގެ އެއްވަނަ އަދިވެސް ކަށަވަރުކޮށްގެން އޮތީ އާސެނަލްއެވެ.
13 Sep 2026
ބްރިޖުގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް؛ އެކަކަށް އަނިޔާވެ ފަރުވާ ދެނީ
އެކްސިޑެންޓްގަައި ހިމެނޭ ސައިކަލާއި ކާރަށް ވަނީ އެކިވަރުގެ ގެއްލުން ވެފައެވެ.
13 Sep 2026
މިސްކިތްތަކަށް ގެއްލުން ދިނުން ހުއްޓުވަން ގާނޫނެއް ފަރުމާކޮށް އަދަބު ކަނޑައެޅުން މުހިންމު: ޒައިދު
އެފަދަ މީހުން އެފަދަ ކުއްތައް ތަކުރާރުކުރާތަން ފެންނަނީ މިހާރު ހުރި ގާނޫނުތަކުން ފަރުވާ ނުލިބޭތީ ކަމުގައި އޭނާ ވިދާޅުވި އެވެ.
13 Sep 2026
ރަޙުމަތްތެރިކަމުގެ މެޗެއްގައި ދިވެހިރާއްޖެ، ޗައިނާއާ ދެކޮޅަށް ނިކުންނަނީ
މި މެޗު ކުޅޭނެ ވަކި ޚާއްޞަ ތާރީޚެއް އަދި ރަސްމީކޮށް ކަނޑައެޅިފައި ނުވި ނަމަވެސް، މެޗު ކުޅުމަށް ނިންމާފައިވަނީ ޗައިނާގައެވެ.
13 Sep 2026
ދީން ފެތުރުމާއި ދިން ދިފާއުކުރުމުގައި ޒުވާނުންގެ ދައުރު ފެވިގެންދަނީ ރަން އަކުރުން: ރައީސް
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ތާރީޚީ މުނާސަބު މި ވަގުތުގައި ކުރިއަށްގެންދިޔަ "ޒުވާން ހަތީބުންގެ ޤައުމީ މަހާސިންތާ" ނިންމުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
13 Sep 2026
ގައުމީ އެއާލައިނުން ކުޑަހުވަދުއަށް މި މަހުގެ 17ގައި ޝެޑިއުލް ދަތުރުތައް ފަށަނީ
ކައުންސިލުން ބުނީ މި މަހުގެ 17 ގެ ކުރީން ދަތުރުތައް ފަށާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.