ގަތަރުގެ އަމީރު، މެސީއަށް ބީޝްތް ހަދިޔާ ކުރަނީ--
ކުޅިވަރު
19 Dec 2022 | 11:37
ވޯލްޑްކަޕު ތަށި އުފުލާލިއިރު މެސީ ލައިގެން ހުރި "ބީޝްތް" އަށް ފާޑުކިޔައި ކުރި ޓުވީޓު ޑިލީޓް ކޮށްލައިފި

ރޭ އޮތް ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގައި މެސީ ތަށި އުފުލާލަން ދިޔުމުން އޭނާއަށް ތަށި ހަވާލުކުރުމުގެ ކުރިން، ޤަތަރުގެ އަމީރު ތަމީމް ބިން ޙަމަދު އަލް ޘާނީ އޭނާ އަށްދިން ކަޅުކުލައިގެ ތުނި ކޯޓް، "ބީޝްތް" އަށް ފާޑުކިޔައި އިނގިރޭސި ވިލާތުގެ ނޫސްވެރިއެއް ކުރި ޓްވީޓް ޑިލީޓް ކޮށްލައިފިއެވެ. 

ބީޝްތަކީ ޢަރަބި ދުނިޔޭގައި މީގެ އެތައް ހާސް އަހަރެއް ކުރިން ފެށިގެން ބޭނުން ކުރަމުން އަންނަ އަންނައުނެކެވެ. އެއީ ފިރިހެނުންގެ ޘަޤާފީ ހެދުމެކެވެ. އަދި އެއީ ދަރަޖައެއް ލިބިފައިވާ އަދި ޝާހީކަމާއި މުއްސަނދިކަންވެސް ރަމްޒުކޮށްދޭ ހެދުމެކެވެ. ވޯލްޑް ކަޕް ޓްރޮފީ އުފުލާލުމުގައި ޘަޤާފީ ހެދުން އެޅުމަކީ އާންމުކޮށް ފެންނަ މަންޒަރެއް ނޫން ނަމަވެސް މިފަހަރު މެސީ ބީޝްތް ލައިގެން ތަށި އުފުލާލުމުން ވޯލްޑް ކަޕްތަކުގެ ތާރީޚުގެ ތެރެއަށް އޭނާ ވަދެގެންދާނެއެވެ.

އެހެންނަމަވެސް އޭނާ ވޯލްޑް ކަޕް ތައްޓާއި ހަވާލުވުމުގެ ކުރިން، ގަތަރުގެ އަމީރު ލައްވައިދިން ބީޝްތު އަކީ ކޮން އެއްޗެއްކަން ގިނަ ބަޔަކަށް ނޭނގި، ހުޅަނގުގެ ގައުމުތަކުގެ ގިނަ މީހުންގެ ފާޑުކިޔުންތައް ވަނީ އޭނާއަށް އަމާޒުވެފައެވެ. 

އެގޮތުން، އިނގިރޭސި ވިލާތުގެ މަޝްހޫރު ނޫސްވެރިއެއް ކަމަށްވާ ޑޭލެނިއަ ވޯކާ (ޑޭން ވޯކާ) ވަނީ، މެސީ ލައްވާފައި ހުރި ކޯޓުލުމުން ސަލާމަތްވި ކަމަށްޓަކައި ފްރާންސްގެ ހުނަރުވެރި ކުޅުންތެރިޔާ ކިލިއަން އެމްބާޕޭ ޝުކުރުކުރާނެ ކަމަށެވެ. 

ޑޭން ވޯކާގެ މި ޓުވީޓަށް ވަރަށް ގިނަ ބައެއްގެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. އެގޮތުން، ބީޝްތް އަކީ ކޮން އެއްޗެއްކަމާއި، އޭގެ ހައިބަތު ނޭނގި ހުރެ އެފަދައިން ފާޑުކިޔުމުން އެނގެނީ ތަންދޮރު ނުދަންނަ ކަން ކަމަށާ، އެކަމުންވެސް ހުޅަނގުގެ ގައުމުތަކުން މުސްލިމުންނާއި ދެކޮޅުވެރި މިންވަރު އެނގޭ ކަމަށް ބުނެފައިވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އަލާއަށް ފާޑުކިޔުން؛ އަލާ ދެއްކެވީ ހެކި, އަމިއްލަ ވާހަކައެއް ނޯންނާނެ
13 Sep 2026
އިންޑިއާ އާއި ޗައިނާގެ ވިޔަފާރިއާއި ދަތުރުފަތުރުގެ ގުޅުން ބަދަހިކުރުމަށް ދެ ގައުމުގެ ވެރިން އެއްބަސްވެއްޖެ
އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓްރީއިން ބުނީ، ދެ ގައުމުގެ މެދުގައި ސަގާފީ ހަރަކާތްތަކާއި، ވިޔަފާރީގެ ގުޅުންތަކާއި، މީހުން ދަތުރުފަތުރުކުރުން އިތުރަށް އާލާކުރުމުގެ މުހިންމުކަން ދެ ލީޑަރުން ފާހަގަކުރެއްވިކަމަށެވެ
13 Sep 2026
ސިޓީގެ ފޯޑެންއަށް ދެއްކި ރަތްކާޑުގެ ފައިދާ މެންޗެސްޓަރ ޔުނައިޓެޑަށް ނުނެގި ބަލިވެއްޖެ
އިނގިރޭސި ޕްރިމިއާ ލީގުގެ ޕޮއިންޓް ތާވަލަށް ބަލާއިރު ސިޓީ އަދި އެއްވަނައިގައި އޮތް އާސެނަލްއަށް ވެސް ވަނީ އެއްވަރަކަށް ޕޮއިންޓް ލިބިފައެވެ. އެހެންނަމަވެސް، ފައިދާ ގޯލުގެ ތަފާތުން ތާވަލުގެ އެއްވަނަ އަދިވެސް ކަށަވަރުކޮށްގެން އޮތީ އާސެނަލްއެވެ.
13 Sep 2026
ބްރިޖުގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް؛ އެކަކަށް އަނިޔާވެ ފަރުވާ ދެނީ
އެކްސިޑެންޓްގަައި ހިމެނޭ ސައިކަލާއި ކާރަށް ވަނީ އެކިވަރުގެ ގެއްލުން ވެފައެވެ.
13 Sep 2026
މިސްކިތްތަކަށް ގެއްލުން ދިނުން ހުއްޓުވަން ގާނޫނެއް ފަރުމާކޮށް އަދަބު ކަނޑައެޅުން މުހިންމު: ޒައިދު
އެފަދަ މީހުން އެފަދަ ކުއްތައް ތަކުރާރުކުރާތަން ފެންނަނީ މިހާރު ހުރި ގާނޫނުތަކުން ފަރުވާ ނުލިބޭތީ ކަމުގައި އޭނާ ވިދާޅުވި އެވެ.
13 Sep 2026
ރަޙުމަތްތެރިކަމުގެ މެޗެއްގައި ދިވެހިރާއްޖެ، ޗައިނާއާ ދެކޮޅަށް ނިކުންނަނީ
މި މެޗު ކުޅޭނެ ވަކި ޚާއްޞަ ތާރީޚެއް އަދި ރަސްމީކޮށް ކަނޑައެޅިފައި ނުވި ނަމަވެސް، މެޗު ކުޅުމަށް ނިންމާފައިވަނީ ޗައިނާގައެވެ.
13 Sep 2026
ދީން ފެތުރުމާއި ދިން ދިފާއުކުރުމުގައި ޒުވާނުންގެ ދައުރު ފެވިގެންދަނީ ރަން އަކުރުން: ރައީސް
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ތާރީޚީ މުނާސަބު މި ވަގުތުގައި ކުރިއަށްގެންދިޔަ "ޒުވާން ހަތީބުންގެ ޤައުމީ މަހާސިންތާ" ނިންމުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
13 Sep 2026
ގައުމީ އެއާލައިނުން ކުޑަހުވަދުއަށް މި މަހުގެ 17ގައި ޝެޑިއުލް ދަތުރުތައް ފަށަނީ
ކައުންސިލުން ބުނީ މި މަހުގެ 17 ގެ ކުރީން ދަތުރުތައް ފަށާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.