ޑރ ޖަމީލު ޕީޕީއެމް ޖަލްސާގައި ވާހަކަދައްކަވަނީ/ ފޮޓޯ: ޕީޕީއެމް
ހަބަރު
20 Dec 2022 | 11:52
ރައީސް ސޯލިހަށް ދެވަނަ ދައުރެއް ދޭން ޝަރުތު ހަމައެއް ނުވޭ: ޑރ ޖަމީލު

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ދެވަނަ ދައުރެއްދޭން ޖެހޭ ޝަރުތު ހަމަނުވާކަމަށް ކުރީގެ ނައިބުރައީސް ޑރ މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ. 

ޑރ ޖަމީލު މިފަދައިން ވިދާޅުވެފައި ވަނީ އެމްޑީީޕީގެ ރިޔާސީ ޕްރއިމަރީގައި ރައީސް ސޯލިހު ވާދަކުރައްވާނެކަން އިއުލާނު ކުރެއްވުމާއި ގުޅިގެން އެމަނިކުފާނަށް ފާޑުވިދާޅުވެ ކުރެއްވި ޓްވީޓެއްގައެވެ. 

ޑރ ޖަމީލު ވިދާޅުވީ ރައީސް ސޯލިހަށް ދެވަނަ ދައުރެއް ދޭން ޖެހޭ ޝަރުތު ހަމަނުވާކަމަށެވެ. 

ރައީސް ސޯލިހުގެ ވެރިކަމުގައި ޓެކްސްގެ ނަމުގައި ރައްޔިތުން ލޫޓުވަމުން ދާކަމަށް ޑރ ޖަމީލު ވިދާޅުވިއެވެ.

އޭގެ އިތުރުން، ރައްޔިތުންގެ ބޮލުގައި މިލިއަނެއްހާ ރުފިޔާގެ ދަރަނި އަޅުވާފައިވާ ކަމަށާއި، އަމިއްލަ ޖީބުންކަމަށް ބުނެ ދައުލަތުގެ މާލިއްޔާއިން އަމިއްލަ ކަންކަމަށް ރައީސް ސޯލިހު ޚަރަދުކުރައްވަމުން ދާކަމަށް ޑރ ޖަމީލުގެ އެ ޓްވީޓުގައި ވަނީ ވިދާޅުވެފައެވެ. 

މި ފަދަ އެތައް ސަބަބެއް ހުރުމުން ރައީސް ސޯލިހަށް ދެވަނަ ދައުރެއް ދޭން ނުޖެހޭކަމަށް ޑރ ޖަމީލު ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ. 

ޑރ ޖަމީލުގެ އެ ޓްވީޓުގައި ވަނީ ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމުގެ ވެރިކަމުގައި ސިޔާސީ މަގާމުތައް ގިނަކަމަށް ވިދާޅުވެ ރައީސް ސޯލިހު ފާޑުވިދާޅުވެ ވާހަކަދެއްކެވި ވީޑިއޯއެއްވެސް ހިއްސާކުރައްވާފައެވެ.

އެގޮތުން ސިޔާސީ މަގާމުތައް މަދުކޮށް، ޚަރަދު ކުޑަ ސަރުކާރެއް އުފައްދަވާނެކަމަށް ރައީސް ސޯލިހު ވަނީ ވައުދުވެވަޑައިގެންފަ އެވެ. 

އެެހެން ނަމަވެސް، ވެރިކަމަށް ވަޑައިގަތުމަށްފަހު 1000 އާއި ގާތްކުރާ އަދަދަކަށް ވަނީ ސިޔާސީ މަގާމުތައް އުފައްދަވާފައެވެ. އަދި ގިނަ މަގާމުތައް ދެއްވާފައިވަނީ އާއިލީ ބޭފުޅުންނާއި، އެމްޑީޕީގެ އެކްޓިވިސްޓުންނަށްކަން ފާހަގަކޮށްލެވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.