ރައީސް ޞާލިޙް އާއި އެމަނިކުފާނުގެ ކެންޕެއިންގެ އިސް މެނޭޖަރު މުހައްމަދު ނާޝިޒު
ހަބަރު
20 Dec 2022 | 18:57
ރައީސް ޞާލިޙްގެ ކެމްޕޭނުގެ އިސްވެރިން ނަގައިފި

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ވާދަކުރުމުގެ ފުރުސަތު ހުޅުވާލުމާއިއެކު،  ރައީސުލްޖުމްހުރިއްޔާ އަދި އެމްޑީޕީގެ އިސް ލީޑަރު އިބްރާހިމް މުހައްމަދު ޞާލިހް، އެމަނިކުފާނުގެ ކެމްޕޭންގަައި އިސްކޮށް އުޅުއްވާނެ ބޭފުޅުން ހަމަޖެއްސެވުމުގެ ކަންކަން ފައްޓަވައިފިއެވެ.  

ރައީސް ޞާލިހުގެ ކެމްޕޭންގެ އިދާރީ މަސައްކަތުގައި އިސްކޮށް ހުންނެވި ބޭފުޅަކު "ވޮއިސް" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ރޭ އެމަނިކުފާނު ބޭއްވެވި ބައްދަލުވުމުގެ ކުރީން އިއްޔެ ހަވީރު އޮތް ބައްދަލުވުމެއްގައި ރައީސް ޞާލިހުގެ ކެމްޕޭންގައި އިސްކޮށް ހަރަކާތްތެރިވާނެ ބޭފުޅުން ހަމަޖެއްސެވުމުގެ މަސައްކަތް ފައްޓަވާފައިވާ ކަމަށެވެ.

އެގޮތުން ރައީސް ޞާލިހުގެ މުޅި ކެމްޕޭންގެ އިސް މެނޭޖަރެއްގެ ގޮތުގައި ކިނބިދޫ ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު ނާޝިޒު ހަމަޖެއްސެވުމުގެ ވިސްނުން އެމަނިކުފާނު ގެންގުޅުއްވާއިރު، މާލޭ ސިޓީގައި ކުރިއަށްދާ ކެމްޕޭން ހަރަކާތްތަކުގައި އިސް ފަރާތެއްގެ ގޮތުން ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ކަނޑައެޅުއްވުމަށް ރައީސް ޞާލިހު ނިންމަވާފައިވާ ކަމަށް އެ ފަރާތުން މައުލޫމާތު ދެއްވާފައިވެއެވެ. 

މީގެ އިތުރުން ކެމްޕެއިންގެ ތެެރެއިން ހަރުގެ ޖަލްސާތައް ފެއްޓެވުމަށް ރައީސް ޞާލިހު ނިންމަވާފައިވާއިރު، އެ މަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވެ ވަޑައިގަންނަވާނީ ރީކޯ މޫސާ މަނިކެވެ. އަދި، ތުޅާދޫ ދާއިރާގެ މެންބަރު އަދި ޖޭއެސްސީގެ ރައީސް ހިސާން ހުސައިން މި ފަހަރު ހުންނަވާނީ ރައީސްގެ ކެމްޕޭންގައި ލީގަލް މަސައްކަތްތަކުގެ އިސް ބޭފުޅެއްގެ ގޮތުގައި ކަމަށްވެސް "ވޮއިސް" އަށް މައުލޫމާތު ދެއްވި ފަރާތުން ވިދާޅުވިއެވެ. 

މި ބޭފުޅުންގެ ތެރެއިން މާރިޔާ އަކީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް ޞާލިހްގެ ކެންޕޭން ތަރުޖަމާނެވެ. އަދި ހިސާން އަކީ ރައީސް ނަޝީދުގެ ލީގަލް މަސައްކަތްތަކުގައި ކުރީން އިސްކޮށް ހުންނެވި ބޭފުޅެއްކަންވެސް ފާހަގަކޮށްލަންޖެހެއެވެ. 

އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ރައީސް ޞާލިޙާއި ދެކޮޅަށް ވާދަކުރައްވާނީ އެޕާޓީގެ ރައީސް، އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.