ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފު: ފޮޓޯ/ ރައީސް އޮފީސް
ވިޔަފާރި
21 Dec 2022 | 13:35
ސްޓެލްކޯއިން ބޯހިޔާވަހިކަމުގެ ސްކީމަކާއި ސްކޮލަޝިޕްތަކެއް

ސްޓެލްކޯއިން ފްލެޓް ލިބުނު ފަރާތްތަކުން ފައިސާ ދައްކަން ޖެހޭ މުއްދަތު އިތުރުކޮށްދީ، ފްލެޓް ނުލިބި ތިބި މުވައްޒަފުންނަށް ބޯހިޔާވަހިކަން ހޯދުމުގައި އެހީތެރިވެދޭ ސްކީމަކާއި ސްކޮލަޝިޕްތަކެއް ތައާރަފްކުރަން ނިންމާފައިވާކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފު ވިދާޅުވެއްޖެ އެވެ.

ކަރަންޓުގެ ހިދުމަތުގައި 73ވަނަ އަހަރު ފާހަގަކުރަން ބޭއްވި ޖަލްސާގައި ޝަރީފު ވިދާޅުވީ އެ ކުންފުނިން މިހާތަނަށް ހިންގި އެންމެ ކާމިޔާބު ޕްރޮޖެކްޓަކީ ހައުސިން ޕްރޮޖެކްޓް ކަމަށެވެ. މި ޕްރޮޖެކްޓް ގެ ދަށުން ސްޓެލްކޯއިން އެޅި 360 ފްލެޓް މިދިޔަ އޮގަސްޓު މަހު މުވައްޒަފުންނާ ހަވާލުކޮށްފައިވެއެވެ.

އަދި އޭގެ ތެރެއިން ފްލެޓް ނުލިބި ތިބި މުވައްޒަފުންނަށް ހާއްސަކޮށްގެން ވެސް އެހެން ފަރާތްތަކުގެ އަތުން ފްލެޓް ގަތުމުގައި އެހީތެރިކަން ފޯރުކޮށްދޭ، ހާއްސަ ސްކީމެއް އެކުލަވައިލާ އެކަމުގެ ތަފްސީލުތައް ވަރަށް އަވަހަށް އިއުލާނު ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާރު ސްޓެލްކޯގެ މެނޭޖުމެންޓުން މިކަމާ ގުޅިގެން ކަނޑައަޅާފައިވާ ގޮތުގައި ޑިސެމްބަރު މަހުގެ ނިޔަލަށް އެޑްވާންސް ޕޭމަންޓް ނުދެއްކިވާ ސްޓާފުންގެ އެޑްވާންސް ޕޭމަންޓް ޕްރައިމަރީ އެމައުންޓުގެ ތެރެއަށް ހިމަނައިގެން ކުރިއަށް ގެންދަން ސްޓެލްކޯގެ ބޯޑުން މިހާރު ވަނީ ނިންމާފަ. އަދި ހަމަ އެއާއެކީގަ މުވައްޒަފުންގެ މުސާރަ އާއި މުވައްޒަފުން ފުލެޓަށް ދައްކަން ޖެހޭ ކުލީގެ އަގު ކުޑަކުރުމަށްޓަކައި މަޝްވަރާކުރުމަށް ފަހުގައި މިހާރު މެނޭޖުމެންޓުން ވަނީ 18 އަހަރުގެ ބަދަލުގައި 25 އަހަރަށް ބަދަލުކޮށް މުވައްޒަފުން ދައްކަން ޖެހޭ އަދަދު ކުޑަކޮށްފަ،" ޝަރީފު ވިދާޅުވިއެވެ.

މިއާއެކު ޝަރީފު ވިދާޅުވީ، މިހާރު ދޫކޮށްފައިވާ 360 ފްލެޓް ލިބުނު ފަރާތްތަކަށް ފައިސާ އަނބުރާ ދައްކަން ޖެހޭ މުއްދަތު 18 އަހަރުން 25 އަހަރަށް އިތުރު ކުރަން ނިންމައި އެކަން ބޯޑަށް ހުށަހަޅާފައިވާ ކަމަށާ، މި އަހަރުގެ ނިޔަލަށް އެޑްވާންސް ޕޭމަންޓް ނުދެއްކި ތިބި ފަރާތްތަކަށް ފްލެޓްގެ ޖުމްލަ އަގުގެ ތެރެއަށް އެ ފައިސާ ހިމަނައިގެން ކުރިއަށްގެންދަން ނިންމައިފައިވާ ކަމަށެވެ. 

ބޯހިޔާވަހިކަމުގެ ސްކީމްގެ އިތުރުން މަތީ ސާނަވީ އިމްތިހާނު ނިންމާ ދެ ދަރިވަރަކަށް ސްޓެލްކޯއިން ބޭނުންވާ ދާއިރާއަކުން ކިޔެވުމުގެ ފުރުސަތު ފަހިކޮށްދިނުމަށް މަޝްވަރާ ކުރަމުން އަންނަކަމަށްވެސް ޝަރީފް ވިދާޅުވިއެވެ. އެގޮތުން ދިވެހިން ތަމްރީނުކުރުމަށާއި މުވައްޒަފުންގެ ހުނަރު އިތުރުކުރުމަށް ކޮންމެ އަހަރަކު 7 މިލިއަން ރުފިޔާ ހަރަދުކުރާނެކަމަށް އޭނާ ވިދާޅުވިއެވެ.

"ރާއްޖޭގެ މަތީ ސާނަވީ ނިންމާ ކުދިންގެ ތެރެއިން ރަނގަޅު ނަތީޖާ ހޯދާ ކުދިންގެ ތެރެއިން ކޮންމެވެސް ދެ ކުއްޖަކު؛ އަންހެން ކުއްޖަކާ ފިރިހެން ކުއްޖަކު، އަޅުގަނޑުމެން ސްޓެލްކޯއިން ބޭނުންވާ ދާއިރާއަކުން ކިޔެވުމުގެ ފުރުސަތު ހުޅުވާލުމާ ބެހޭ ގޮތުން މަޝްވަރާ ކުރެވެމުން ދަނީ." އޭނާ ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.