ފުރަތަމަ ރަޖިސްޓްރީކުރެވުނު ލޯކަލް އޮތޯރިޓީ ކޮމްޕެނީ ރަޖިސްޓްރީކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން/ ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ
ހަބަރު
21 Dec 2022 | 15:47
ފުރަތަމަ ލޯކަލް އޮތޯރިޓީ ކުންފުންޏެއް އުފެއްދުމުގެ ހުއްދަ ތޮއްޑޫ ކައުންސިލަށް

ދިވެހިރާއްޖޭގެ ޢިދާރީ ދާޢިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް އަލަށް ގެނެވުނު އިޞްލާހުތަކުގެ ދަށުން ފުރަތަމަ ރަޖިސްޓްރީކުރި ކުންފުންޏަކަށް ތޮއްޑޫ ކައުންސިލުން އުފެއްދި ލޯކަލް އޮތޯރިޓީ ކުންފުނި ވެއްޖެއެވެ.

މިކަމަށްޓަކައި އިކޮނަމިކް މިނިސްޓްރީގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ތޮއްޑޫ ކައުންސިލާއި ކުންފުނީގެ ރަޖިސްޓްރީ ހަވާލުކޮށްދެއްވީ އިކޮނޮމިކް މިނިސްޓަރ ފައްޔާޟް އިސްމާޢީލެވެ. އަދި ތޮއްޑޫ ކައުންސިލުގެ ފަރާތުން ރަޖިސްޓްރީއާއި ހަވާލުވެވަޑައިގަތީ ކައުންސިލްގެ ރަޢީސް އަޙުމަދު ކަރަމްއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިކޮނޮމިކް މިނިސްޓަރ ފައްޔާޟް ވަނީ ލޯކަލް ކޮމިއުނިޓީތަކުގައި އިގްތިސާދީ ފުރުސަތުތައް ފަހިކޮށްދިނުމަށް ލޯކަލް އޮތޯރިޓީ ކުންފުނިތައް އުފެއްދުމަށް ކައުންސިލްތަކަށް ބާރު ދިނުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. 

އަދި މި ލޯކަލް އަތޯރިޓީ ކޮމްޕެނީއާއި ބެހޭގޮތުން ތޮއްޑޫ ކައުންސިލުން ބުނީ އުންމީދަކީ މި ކޮމްޕެނީ މެދުވެރިކޮށް ކައުންސިލްގެ ތަރައްޤީގެ ޕްލޭންގައި ލިޔެވިފައިވާ ކަންކަންވީ އެންމެ ހަލުވި ބާރުމިނެއްގައިކޮށް ތޮއްޑޫގެ ރައްޔިތުންނަށް އެކަމުގެ ނަފާ ލިބިގެންދިއުން ކަމަށެވެ.

ކުންފުނިން ދޭނެ ހިދުމަތްތައް

• ބަނދަރު ބަލަހައްޓައި ބަނދަރުގައި އެހެން ބައެއް ހިދުމަތްތައް ދިނުން

• ކުނި މެނޭޖުކުރުމުގެ ހިދުމަތް ދިނުން

• މަގުތައް މަރާމާތުކުރުމުގެ ހިދުމަތް ދިނުން

• ގަސްގަހާގެހީގެ ނާސަރީއެއް ހިންގުން

• ދަނޑުވެރިކަމަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުން

.• ޓޫރިސްޓު ބީޗުތަކާއި ޕާކުތައް ބެލެހެއްޓުން

• ފައިބާ ނެޓްވޯކެއް ގާއިމްކުރުން

• ތޮއްޑޫގެ ޓޫރިޒަމް އިޝްތިހާރުކުރުމަށް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ޑިޕާޓަމަންޓެއް އުފެއްދުން

• ކޮންވެންޝަން ސެންޓަރެއް ހެދުން

ދިވެހިރާއްޖޭގެ ޢިދާރީ ދާޢިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަކީ ރައްޔިތުންނާއި ވީހާވެސް ގާތުން ޚިދުމަތްތައް ފޯރުކޮށްދިނުމުގެ މަޤުޞަދުގައި 2010ވަނަ އަހަރު ސަރުކާރުން އެކުލަވާލައި ޢަމަލުކުރަމުން އަންނަ ޤާނޫނެކެވެ

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.