އެމްއާރުއެމްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން --
ހަބަރު
22 Dec 2022 | 17:12
ޖޭއެސްސީ ހިނގަނީ އެތެރެ ނޭނގޭ، ގޮތް ނޭނގޭ ގޮތަކަށް: ފާރިޝް

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ހިނގަނީ އެތެރެ ނޭނގޭ، ގޮތް ނޭނގޭ ގޮތަކަށް ކަމަށާއި ޖޭއެސްސީން ނިންމާ ނިންމުންތައް އަންނަނީ “އަނދިރި ކޮޓަރި” އެއްގެ ތެރެއިން ކަމަށް މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) ގެ ރައީސް އަހުމަދު ފާރިޝް މައުމޫން ވިދާޅުވެއްޖެއެވެ.

ފާރިޝް މިހެން ވިދާޅުވީ، ޖޭއެސްސީ އެކުލެވިފައިވާ ގޮތް ބަދަލު ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާއި ގުޅިގެން ޖޭއެސްސީއަށް ގެންނަން ފެންނަ ކަމަށް އެމްއާރުއެމްއަށް ގަބޫލު ކުރެވޭ ބަދަލުތަކާއި ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

ޖޭއެސްސީގައި މަސައްކަތް ކުރަން ލިބުނު ފުރުސަތުގައި، ޖޭއެސްސީގެ ކަންކަން ބޮއްސުންލައިގެން ގޮސްފައިވާ މިންވަރު އެނގިގެން ދިޔަ ކަމަށް ފާރިޝް ވިދާޅުވިއެވެ. 

އެގޮތުން ފާރިޝް ފާހަގަ ކުރެއްވި ކަންތައްތަކުގެ ތެރޭގައި، ޖަލްސާތަކުގެ ހާޒިރީއާއި ޔައުމިއްޔާ ނުބެލެހެއްޓުމާއި ޖަލްސާތައް ރަނގަޅަށް ރިކޯޑް ނުކުރެވުން ހިމެނެއެވެ.

މީގެ އިތުރުން، ޖޭއެސްސީ މިހާރު އެކުލަވާލެވިފައިވާ ގޮތަށް ބަދަލު ގެންނައިރު، ދެފުށް ފެންނަ ގޮތަށް މައްސަލަތައްތައް ނިންމާ ތަނަކަށް ޖޭއެސްސީ ވާންޖެހޭ ކަމަށް ފާރިޝް ވިދާޅުވިއެވެ.

ޖޭއެސްސީއަށް ބަދަލުތައް ގެންނައިރު އެންމެ މުހިންމު ކަމަކަށް ވާން ޖެހޭ ކަމަށް ފާރިޝް ވިދާޅުވީ، ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ ތަނަކަށް ބަދަލު ކުރުމެވެ. އެހެންކަމުން ވޯޓު ދީގެން މެމްބަރުން ހޮވުމުގެ ބަދަލުގައި މަގާމަށް ގާބިލު ފަރާތްތައް ހޮވުން ރަނގަޅުވާނެ ކަމަށް ފާރިޝް ވިދާޅުވިއެވެ. 

މީގެ އިތުރުން، އެމްއާރުއެމްއިން ހުށަހަޅާ ހުށަހެޅުންތަކާ އެއްގޮތަށް ޖޭއެސްސީއަށް ބަދަލު ގެނެސްފިނަމަ، ސިޔާސީ ގޮތުން ނުފޫޒު އޮންނަ އޮތުން ހައްލު ވެގެންދާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް ފާރިޝް ވިދާޅުވިއެވެ.

ޖޭއެސްސީ އިސްލާހުކުރަން މިހާރުވެސް ލަސްވެފައިވާ ކަމަށާއި މި ވެރިކަން ފެށުނު ހިސާބުން އެކަމުގެ މަސައްކަތް ފެށުނު ނަމަ މިހާރު ޖޭއެސްސީ އޮންނަނީ ޖޭއެސްސީ އިސްލާހު ކުރުމުގެ މަސައްކަތް ނިމިފައި ކަމަށް ފާރިޝް ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ވިއެޓްނާމަށް މަސްތުވާތަކެތި އެތެރެކުރި ދިވެއްސަކު 20 އަހަރަށް ޖަލަށް
ވިއެޓްނާމަށް ޣައިރުޤާނޫނީ ގޮތެއްގައި މަސްތުވާތަކެތި އެތެރެކުރި ދިވެހި ރައްޔިތަކު 20 އަހަރަށް ޖަލަށްލުމަށް އެ ޤައުމުގެ ކޯޓަކުން ޙުކުމްކޮށްފިއެވެ. މި ޙުކުމް އިއްވާފައިވަނީ ވިއެޓްނާމްގެ ޚާން ހުއާ ޕްރޮވިންސްގެ ޕީޕަލްސް ކޯޓުންނެވެ.
05 Oct 2026
ދަށް ފެންވަރުގެ ގޭސް ރެގިއުލޭޓަރު މަނާކުރަނޫ
ފެންވަރު ދަށް ގޭސް ރެގިއުލޭޓަރު ބޭނުންކުރުން މަނާކުރުމަށް މަސައްކަތްކުރައްވާ ކަމަށް ޑިފެންސް މިނިސްޓަރު ވިދާޅުވެއްޖެއެވެ. އަލިފާނުގެ ހާދިސާތައް ގިނަވުމުގެ ސަބަބުތަކުގެ ތެރޭގައި ރެގިއުލޭޓަރުގެ ފެންވަރު ދަށްވުން ހިމެނެއެވެ.
05 Oct 2026
ރަސްމާލެ މަޝްރޫޢުގައިވެސް ވިސާ ދޫކުރާނީ ޤާނޫނީ އިމުގެ ތެރެއިން: އުޝާމް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން، އީގަލް ހިލްސްއާ ހަވާލުކޮށްގެން ކުރިއަށްގެންދާ ރަސްމާލެ މަޝްރޫޢުގެ ދަށުން ބޭރުގެ އިންވެސްޓަރުންނަށް ވިސާ ދޫކުރުމުގެ ކަންކަން ކުރިއަށްދާނީ ރާއްޖޭގެ އިމިގްރޭޝަން ޤާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކޯޕަރޭޓް ރެސިޑެންސް ވިސާގެ އުސޫލުން ކަމަށް ބަންޑާރަ ނާއިބު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
05 Oct 2026
އޭޝިއާއަށް ވިއްކާ ތެލުގެ އަގު، ސައުދީ އަރަބިއްޔާއިން ބޮޑުތަނުން ދަށްކޮށްފި
ނޮވެމްބަރު މަހު އޭޝިއާގެ ބާޒާރުތަކަށް ވިއްކާ ސާފުނުކުރާ ތެލުގެ އަގު، ފާއިތުވި ހަ އަހަރު ދުވަހުގެ ތެރޭގައި ދަށްނުކުރާ މިންވަރަކަށް ސައުދީ އަރަބިއްޔާއިން ކުޑަކޮށްފިއެވެ. މިއީ މާކެޓް އެނަލިސްޓުން އަންދާޒާކުރި ގޮތާ މުޅިން ޚިލާފަށް ނިންމި ނިންމުމެކެވެ.
05 Oct 2026
މުދައްރިސުންގެ ބުރަ ކުރުމަށް މި ސަރުކާރުން އިސްކަންދޭނެ: ރައީސް މުޢިއްޒު
މުދައްރިސުންގެ ދުޅަހެޔޮކަމަށް އިސްކަންދީ، އެ ބޭފުޅުންގެ މަސައްކަތުގެ ބުރަ ކުޑަކުރުމަށާއި މަސައްކަތުގެ މާޙައުލު ރަނގަޅުކުރުމަށް މި ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
05 Oct 2026
ކ. ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ޗާލުކަން; ތަފާތު ރީތި, މަސައްކަތެއް
ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ވަނީ ބޮޑު ފުރިހަމަ ކަމެއް ލިބިގެން ގޮސްފަ އެވެ.
05 Oct 2026
ޝެއިޚް ނައިފަރީގެ "މަގޭ ސުވާލަކީ" ގެ 100 ވަނަ ޕްރަގްރާމް ހިންނަވަރުގައި، ވަރަށް ޚާއްސަ ވާނެ
މީގެ އިތުރުން އެރޭގެ ޕްރަގްރާމަށް ހާޒިރުވާ ބައިވެރީންގެ މެދުގައި ގުރުއަތެއް ނަގާ އުމްރާ ދަތުރެއް ދޭން ނިންމާފައިވާ ކަމަށް "މަގޭ ސުވާލަކީ" ޓީމުން ބުނެ އެވެ.
05 Oct 2026
އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓެމުންދިޔަ ކުޑަކުއްޖަކު ހިފައި، ސަލާމަތްކޮށްފި
މިޞްރުގެ ޖީޒާ ޕްރޮވިންސްގެ ކާރުބާރު ބޮޑު ސަރަޙައްދެއްގައި ހުރި އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓުނު 4 އަހަރުގެ ކުޑަކުއްޖަކު، އެ ވަގުތު އެތަނުގައި ހުރި ޒުވާނަކު ހުޝިޔާރުކަމާއެކު ހިފަހައްޓައި އެ ކުއްޖާގެ ފުރާނަ ސަލާމަތްކޮށްފިއެވެ. މި ހައިރާންކުރުވަނިވި ހާދިސާ ހިނގި ގޮތުގެ ވީޑިއޯ މިހާރު ވަނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލްވެފައެވެ.