ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު: ފޮޓޯ/އަދަދު
ހަބަރު
23 Dec 2022 | 08:27
ބޭނުމީ ތަފާތު ހިޔާލަށް ފުރުސަތު ދޭ ވެރިކަމެއް؛ އެއީ ރައީސް ޞާލިހުގެ ވެރިކަން: ޝާހިދު

ބޭނުންވަނީ ތަފާތު ހިޔާލަށް ފުރުސަތު އޮތް ވެރިކަމެއް ކަމަށާ، އެފަދަ ވެރިއަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ކަމަށް ފޮރިން މިނިސްޓަރ ޝާހިދު ރޭ ވިދާޅުވެއްޖެ އެވެ.

އެމްޑީޕީ ރިޔާސީ ޕްރައިމަރީއަށް، ރައީސް ޞާލިހަށް ތާއީދު ހޯއްދެވުމަށް ރޭ ބޭއްވުނު ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވެސް ރައީސް ޞާލިހު ހޮވިވަޑައިގެން އެމަނިކުފާނު ވެރިކަމުގައި ދެމިހުރުމަށް އެދިލައްވާ ކަމަށާ އެކަމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަންޖެހޭކަމަށެވެ. 

އަދި ރައީސް ޞާލިހުގެ މި ވެރިކަމުގައި ރަށްރަށުގައި ފެނާއި ނަރުދަމާގެ ޚިދުމަތް ގާއިމް ކުރައްވަމުންދާތީ، އެކަންކަމަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވައި ޝާހިދު ވިދާޅުވީ، އެމަނިކުފާނުގެ ވެރިކަން ދެމެހެއްޓުުމަށް އެދެނީ އެމަނިކުފާނުގެ ކެތްތެރިކަމާއި ކުޅަދާނަކަމުން ކަމަށެވެ. 

"އަޅުގަނޑުމެން ބޭނުން ވަނީ ހަމަޖެހޭ ވެރިކަމެއް، ތަފާތު ހިޔާލުތަކަށް ޖާގަދީގެން ރައްޔިތުންނާއި ދައުލަތުގެ މުއައްސަސާތަކަށް އިހުތިރާމު ކުރާ ވެރިކަމެއް، ގާނޫނު ހިންގާ ވެރިކަމެއް އަޅުގަނޑުމެން ބޭނުން ވަނީ، އެއީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ކެތްތެރި ކުޅަދާނަ ވެރިކަން،" ޝާހިދު ވިދާޅުވި އެވެ.

މިއާއެކު ޝާހިދު ވަނީ ކުރީގެ ރައީސް އަދި އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން އަބްދުލްގައްޔޫމް ގެ ވެރިކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، އެފަދަ ވެރިކަމެއް ދެން ބޭނުން ނުވާ ކަމަށްވެސް ވިދާޅުވެފައެވެ. 

"މީގެ ކުރިން އަޅުގަނޑުމެން ދެކެފިން، ސިޔާސީ މީހުން ހައްޔަރުކުރި ތަން، ވަކި ބަޔަކަށް އެކަނި ގާނޫނު ހިނގި ތަން، ޝަރުއީ މުއައްސަސާތަކަށް ރައީސް އިހުތިރާމު ނުކުރިތަން، ރައްޔިތުންގެ މަޖިލީހަށް ސިފައިން ފޮނުވައިގެން މަޖިލީހުގެ މެންބަރުން އެ ތަނުން ނަގައި އުކި ތަން، އަޅުގަނޑުމެން ދެކޭކަށް ބޭނުމެއް ނޫން މި މަންޒަރެއް އަލުން،" ޝާހިދު ވިދާޅުވިއެވެ.

މީގެ އިތުރުން ޝާހިދު ވިދާޅުވީ، މަސްތުވަތަކެތީގެ ވަބާގައި ޖެހި، ޖީލެއް ހަލާކުވަމުން ދާކަމަށް ބުނެ ބަޔަކު ވާހަކަ ދައްކައި އެކަމަށް ހައްލެއް ގެނައުމަށް އެއްވެސް މަސައްކަތެއް ނުކޮށް ތިއްބައި ޖީލެއް ސަލާމަތް ކުރުމުގެ މަސައްކަތް ފެށީ ރައީސް ޞާލިހުކަމަށެވެ. އެގޮތުން ޒުވާނުންނަކީ އެއީ ފުރުސަތުތައް ބަންދުވެފައި ތިބޭ ބަޔަކަށް ހެދުމުގެ ބަދަލުގައި، އެ ޒުވާނުންނަށް ހިލޭ މަތީ ތައުލީމު ހާސިލު ކުރެވޭނެ ފުރުސަތުތައް ހޯދައިދޭން އެމަނިކުފާނު ކުރި މަސައްކަތުން ނެރެވުނީ ފޮނި ނަތީޖާތަކެއްކަމަށް ޝާހިދު ވިދާޅުވި އެވެ.

އަދި މީގެ ކުރިން އެފައިސާ ހަރަދު ނުކުރެވެންވީ ކީއްްވެގެންތޯ ސުވާލު އުފައްދަމުން ޝާހިދު ވިދާޅުވީ، "ކުރިން އެހެން ހަރަދު ކުރަން ހުރި ފައިސާއިން އެ ހުރީ ހެންވޭރުގައި ބޮޑު އިމާރާތެއް ހަދާފައި"ކަމަށެވެ. ޝާހިދު އެފަދައިން ވިދާޅުވެ އެ އިޝާރާތް ކުރެއްވީ، ރާޅުގަނޑު ސަރަހައްދުގައި 25 ބުރިއަށް އިމާރާތް ކުރަމުން ދާ ރައީސް ޔާމީން މިހާރު ދިރިއުޅުއްވަމުން ގެންދަވާ ގެއަށެވެ.

މިއާއެކު އޭނާ ވިދާޅުވީ އިދިކޮޅުން “ފެލާލައިފި” ގެ ނަމުގައި ހަރަކާތްތައް ހިންގާއިރު، އެއީ ބަޔަކަށް އަރާފައި އޮތް ވަރަށް ބޮޑު އޮޅުމެއް ކަމަށާ، ރައީސް ޔާމީން ހެންވޭރުގައި އަމިއްލަ ގެކޮޅު ހެއްދެވުމަށް ފައިސާތައް ހަރަދު ކުރިކަން އެންމެނަށް އެނގެން އެބައޮތްކަމަށެވެ.

”ފެލާލައިފި އޭ. ނޮޅާލައިފި އޭ. ބުނެ ކޮންމެހެން ޖަލްސާތައް ބާއްވަން ހަދާނެކަމެއް ނެތް. ދިވެހިރައްޔިތުންނަށް އެނގޭ ފެލާލީ ކޮންބައެއްކަން. ފެލާލީ 2013 އިން ފެށިގެން. މިއީ އޭރުން ފެށިގެން ފެލަމުން ގެންދިޔަ މީހުން.“ ޝާހިދު ވިދާޅުވިއެވެ. 

އަންނަ ޖަނަވަރީ މަހުގެ 28 ވަނަ ދުވަހުގައި އެމްޑީޕީގެ ރިޔާސި ކެނޑިޑޭޓު ކަނޑައެޅުމަށް ރިޔާސީ ޕްރައިމަރީ ބާއްވާނެކަން އެމްޑީޕީން އިއުލާން ކޮށްފައިވާއިރު، ޕްރައިމަރީގައި ވާދަކުރައްވާނެ ކަން އިއުލާން ކުރައްވާފައިވަނީ ރައީސް ޞާލިހުގެ އިތުރުން، އެމްޑީީޕީގެ ރައީސް މުހައްމަދު ނަޝީދެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.