ފޮރިން މިނިސްޓަރު ޝާހިދު ގއ. ދާންދޫ ބިން ހިއްކުމުގެ މަޝްރޫޢު ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަނީ/ ފޮޓޯ: ރައީސް އޮފީސް
ހަބަރު
23 Dec 2022 | 21:25
ދަރިންދެކެ ލޯބިވާ ބައްޕައެއްގެ ބީދައިން ރައީސް ސޯލިހު ގެންދަވަނީ ރައްޔިތުންގެ ހާލު ބައްލަވަމުން: ޝާހިދު

ދަރިންދެކެ ލޯބިވާ ބައްޕައެއްގެ ބީދައިން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ގެންދަވަނީ ރައްޔިތުންގެ ހާލު ބައްލަވަމުންކަމަށް ފޮރިން މިނިސްޓަރު ޝާހިދު ވިދާޅުވެއްޖެ އެވެ. 

ޝާހިދު މިފަދައިން ވިދާޅުވެފައި ވަނީ ގއ. ދާންދޫ ބިން ހިއްކުމުގެ މަޝްރޫޢު ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ނެވެ. 

ޝާހިދު ވިދާޅުވީ ގއ ދާންދޫ ބިންހިއްކުމުގެ މަޝްރޫއަކީ އާދައިގެ ކުޑަކަމެއް ނޫންކަމަށެވެ. އަދި އެކަން ސަރުކާރުން ކުރީ ކޯވިޑް ނަވާރައިގެ އެންމެ ނުރައްކާތެރި ހާލަތުގައި، ގައުމު އިގްތިސާދީ ގޮތުންވެސް ވަރަށް ބޮޑަށް ހީނަރުވެގެން ދިޔަ ހަާލަތެއްގައި ކަމަށެވެ. 

އެއީ ރައްޔިތުން އުފަލާއެކު ފާހަގަކޮށް އަބަދުވެސް ހަނދާނުގައި ބަހައްޓަން ޖެހޭ ކަމެއްކަމަށް ޝާހިދު ވިދާޅުވިއެވެ. އަދި ވިދާޅުވީ ރައީސް ސޯލިހަކީ ރައްޔިތުންނަށް ބޭނުންޖެހިފައިވާ ކަންތައްތައް ފުއްދުމަށް ވަރަށް ޚާއްސަ ސަމާލުކަމެއް ދެއްވާ ބޭފުޅެއްކަމަށެވެ. 

ޝާހިދު ވިދާޅުވީ ކޯވިޑް ނަވާރައިގެ ކަންކަން ރައީސް ސޯލިހު ވަރަށް ގާތުން ބަލަމުން ދިޔަކަމަށެވެ. ވަޒީރުންނާއި އެކި މަސްއޫލިއްޔަތުތައް ހަވާލުކުރެއްވުމަށްފަހު އެ ޒިންމާތައް އަދާކުރައްވާތޯ އަބަދުވެސް ބައްލަވާކަމަށް ޝާހިދު ވިދާޅުވިއެވެ. 

"ދަރިންދެކެ ލޯބިވާ ބައްޕައެއްގެ ބީދައިން އެމަނިކުފާނު (ރައީސް ސޯލިހު) އެމަނިކުފާނު ގެންދެވީ ރާއްޖޭގެ ރައްޔިތުންގެ ހާލަތު ގާތުން ބައްލަވަމުން"

ފޮރިން މިނިސްޓަރު ޝާހިދު 

ޝާހިދު އިތުރަށް ވިދާޅުވީ ކޯވިޑްގެ ސަބަބުން ރާއްޖެއަށް ކާބޯތަކެތި އެތެރެކުރުމުގެ އެއްވެސް ދަތިކަމެއް ކުރިމަތި ނުވާކަމަށެވެ. އޭގެއިތުރުން ބޭރުން ގެންނަން ޖެހޭ ބޭސް ނުލިބިގެން އެއްވެސް މީހަކަށް ފަރުވާނުކުރެވި ހުންނަން ނުޖެހޭކަމަށްވެސް އޭނާ ވިދާޅުވިއެވެ. 

އެވާހަކަތަކާއި ގުޅުވާ ޝާހިދު ވިދާޅުވީ، ކޯވިޑްގެ ހާލަތުގއި ރައްޔިތުން ހާލުގައި ނުޖެހުނީ ރައީސް ސޯލިހު ހިކުމްތަތެރިކަމާއެކު އެޅި ފިޔަވަޅުތަކުގެ ސަބަބުންކަމަށެވެ. އަދި ރައްޔިތުންގެ ހާލު ގާތުން ބައްލަވާ، ކަންކަން މެނޭޖު ކުރެއްވުމަށް އެމަނިކުފާނު ދެއްވި އިރުޝާދުތަކާއި އެއްގޮތަށް އަމަލުކުރުމުގެ ސަބަބުންކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.