އިދިކޮޅު ކޯލިޝަންގެ ލިޑަރުންނާއި ރައީސް ޔާމީންއަށް ތާއީދު ކުރާ ފަރާތްތައް ކްރިމިނަލް ކޯޓު ކައިރީގައި: ފޮޓޯ: ޕީޕީއެމް
25 Dec 2022 | 11:24
އަލީ ޒާހިރުގެ ރަސްމީ ދަތުރުފުޅެއް އިއްޔެ އޮއްވައި އެ ދަތުރުވެސް ކެންސަލް ކޮށްލީ: ޝިޔާމް

ރަސްމީ ދަތުރު ފުޅެއްގައި ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު, ރާއްޖެއިން ބޭރަށް ވަޑައިގަންނަވަން އިއްޔެ އޮއްވައި، ފަހުވަގުތުގައި ޓިކެޓް ކެންސަލް ކުރައްވާ ފައިވާ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. 

މިއަދު 9 ޖަހާއިރަށް ތާވަލް ކުރެވުނު ކުރީގެ ރައީސް އަދި އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް، ރައީސް ޔާމީންގެ ވ އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާއި ގުޅޭ ޝަރީއަތް އަދިވެސް ފަށާފައިނުވާތީ ކަންބޮޑުވުން ފާޅުކޮށް، ވާހަކަ ދައްކަވަމުން ޝިޔާމް ވަނީ ޝަރީއަތް ލަސްވާ ސަބަބު ހާމަކޮށްދިނުމަށް ގޮވާލާފާފައެވެ.

"ރަސްމީ ދަތުރު ފުޅެއްގައި އަލީ ޒާހިރު, ރާއްޖެއިން ބޭރަށް ވަޑައިގަންނަވަން އިއްޔެ އޮތީ، އެހެން ނަމަވެސް ފަހުވަގުތު ޓިކެޓް ކެންސަލް ކުރައްވައި އެ ހުންނެވީ، ކޮން ކަމެއްތޯ އެ ކުރައްވަނީ ދިވެހި ރައްޔިތުން މިއަދު އެބަ ސުވާލު އުފައްދާ. ދިވެހިރާއްޖޭގެ ސަލާމަތީ ބާރުތައް މިތާ މި ކޯޓު ތެރެއަށް ވަދެ ކީއްތޯ އެ ކުރައްވަނީ ރައްޔިތުން މިއަދު އެބަ ސުވާލު އުފައްދަވާ." 

ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް 

ޝިޔާމް ވިދާޅުވީ, އަދުގެ ސަރުކާރުން މަސައްކަތް ކުރަމުންދަނީ ހުރިހާ މުވައްސަސާތަކަކާއި ގުޅިގެން ދިވެހި ރައްޔިތުން "ފެލާލަން ކަމަށެވެ. އެހެންނަމަވެސް، ދިވެހި ރައްޔިތުން ތިބީ އެ ފުރުސަތު ދޭން ނޫން ކަން ވަނީ، މިއަދު ތާވަލް ކޮށްފައި އޮތް ޝަރީއަތުގެ މަޖިލިސް ވަގުތުން ވަގުތަށް ފެށުމަށް ގޮވާލާފައެވެ. 

ފަނޑިޔާރުންނަށް މިނިވަންކަމާއި އިންސާފް ވެރިކަމާއި އެކުގައި ޝަރީއަތް ކުރުމުގެ ހައްގު ލިބިގެންވޭ. އެބޭފުޅުންގެ އިސްތަށިފުޅުގައި އެއޮތީ ގައުމީ މަސްއޫލިއްޔަތެއް. އެ މަސްއޫލިއްޔަތު މިއަދު އަދާކުރައްވަން އެބަޖެހޭ. ދިވެހިރައްޔިތެއްކަން ކޮންމެ ފަނޑިޔާރަކު މިއަދު ސާބިތު ކޮށްދޭން އެބަޖެހޭ. އަޅުގަނޑުމެން ގޮވާލަން، ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހަށް، ރާއްޖޭގެ ކޯޓުތަކަށް އަތް ބޭނުން ހުއްޓާލާށޭ. ޝަމާލް އާއި ހަމީދާއި ދިވެހިރާއްޖޭގެ ސަލާމަތީ ބާރުތައް މިތަނަށް ވައްދައިގެން ތިޔަ ކުރާ ކަންތައް މިހާރުން މިހާރަށް ހުއްޓާލާށޭ. 

ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް 

ޝިޔާމް ވިދާޅުވީ، މިވަގުތުވެސް ފަނޑިޔާރު ހުންނެވީ ރަހީނު ކުރައްވާފައިކަމަށެވެ. އެފަދައިން ކަން ކުރަމުން އެދަނީ ފަނޑިޔާރުން ކުރާނެ ހުކުމެއް ނޭނގޭތީ، އެ ހުކުމް ހޯދަން ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެހެން ކަމުން ފަނޑިޔާރުން މިނިވަންކޮށް، މިނިވަންކަމާއި އެކުގައި ހުކުމް ކުރުމުގެ ފުރުސަތު ދެއްވުމަށްވެސް އޭނާ ވަނީ ގޮވާލާފައެވެ. އަދި ކްރިމިނަލް ކޯޓުގެ ތެރޭގައި ތިބި ސިފައިންނާއި ސަރުކާރަށް ނިސްބަތްވާ ފަރާތްތަށް ވެސް ވަގުތުން ވަގުތަށް ކޯޓުން ނުކުތުމަށް ޝިޔާމް ވަނީ ގޮވާލާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.