ކުރީގެ ރައީސް އަބްދުﷲ ޔާމީން--
ހަބަރު
26 Dec 2022 | 15:35
އެތައް ގަޑި އިރެއް ވަންދެން ހިފެހެއްޓުމަށްފަހު ރައީސް ޔާމީންގެ ހުކުމް ހަވާލުކޮށްފި

ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި އިދިކޮޅު އިއްތިހާދުގެ ލީޑަރު ރައީސް ޔާމީނުގެ މައްޗަށް ދައުވާކޮށްފައިވާ އާރަށް މައްސަލާގައި އިއްޔެ އެމަނުކުފާނުގެ މައްޗަށް ކޮށްފައިވާ ހުކުމާއި ގުޅޭ ލިޔެކިޔުންތައް އެތައް އިރެންވަންދެން ހަވާލުނުކޮށް ހިފެހެއްޓުމަށް ފަހު، މިއަދު މެންދުރުވެ ދިޔަފަހުން ހަވާލުކޮށްފިއެވެ. 

ހުކުމާއި ގުޅޭ ލިޔެކިޔުންތައް ލިބިފައިވާކަން ހާމަކުރައްވައި ރައީސް ޔާމީންގެ ވަކީލުންގެ ޓީމްގައި ހިމެނޭ ޝިޔާޒް، މެންދުރު 2:30 ވެ ދިޔަ ފަހުން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ "ހަމަދެންމެ ރިޕޯޓް ލިބިއްޖެ." ކަމަށެވެ.

ރައީސް ޔާމީނުގެ މައްޗަށް ދައުވާކޮށްފައިވާ އާރަށް މައްސަލާގައި ރިޝްވަތު ގަބޫލުކުރުމުގެ ކުށާއި، މަނީ ލޯންޑަރިންގެ ކުށް އެމަނިކުފާނުގެ މައްޗަށް ސާބިތުވާ ކަމަށް ކަނޑައަޅައި އެމަނިކުފާނުގެ މައްޗަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމް އިއްޔެ ވަނީ އިއްވާފައެވެ.  

ސުޕްރީމް ކޯޓުން މިދިޔަ އަހަރުގެ ޖަނަވަރީ 18 ވަނަ ދުވަހު ނެރުނު ޕްރެކްޓިސް ޑައިރެކްޝަންގައި ބުނެފައި އޮންނަނީ ކޮންމެ ކޯޓަކުންވެސް ބަލައި ނިންމާ މައްސަލައެއްގައި ހުކުމް އިއްވާ ދުވަހު، އެ މައްސަލައިގެ ހުކުމަށް ވާސިލުވި ސަބަބާއި ހުކުމް ހިމެނޭގޮށް ތައްޔާރުކޮށްފައިވާ "ޝަރީއަތް ނިމުނު ގޮތް" (ޖަޖްމެންޓް) ގެ އަސްލެއް އެ މައްސަލަ ބެލި ފަނޑިޔާރު ނުވަތަ ފަނޑިޔާރުންގެ ސޮޔާއެކު، އެމައްސަލައިގައި ހިމެނޭ ކޮންމެ ފަރާތަކަށްވެސް ހަވާލު ކުރަން ވާނެ ކަމަށެވެ.

އެހެންނަމަވެސް މިއަދު މެންދުރާއި ޖެހެންދެންވެސް ހުކުމް ހަވާލު ކޮށްފައި ނުވާއިރު، އެކަމާއި ގުޅިގެން ކަންބޮޑުވުން ފާޅުކޮށް ޔާމީންގެ ވަކީލުންގެ ޓީމްގައި ހިމެނޭ އަބްދުﷲ ޝިޔާޒް ދެންމެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޙުކުމްގެ ކޮޕީ ލިބޭނެ ކަމަށް ފުރަތަމަ ބުނީ ޝަރީއަތް ނިމުމާ އެކު ކަމަށެވެ. ޙުކުމް ކޮށް ނިމުނީމާ ބުނީ ކުޑައިރުކޮޅެއް ތެރޭ ލިބޭނެކަމަށް ކަމަށާއި އިރުކޮޅެއް 30 މިނެޓަށްވުރެ ދިގުވެގެން ދިޔައީމަ ސުވާލުކުރީމާ ބުނީ އަދި ގަޑިއެއްހާ އިރު ވާނެ ކަމަށް ކަމަށެވެ.

"އެއްގަޑި ތިރީސް މިނެޓް ވީމާ ސުވާލު ކުރީމާ ބުނީ އެންމެ ލަސްވެގެން ރޭގަނޑު 10 ނުވަތަ 11 ޖަހާއިރު ލިބޭނެ ކަމަށް، އޭގެ ފަހުން ގުޅައިގެން ފޯނެއް ނުނަގާ، ހެނދުނު 8:30 ވީ އިރުވެސް ހުކުމްގެ ކޮޕީ ނުލިބޭތީ އާއި ފޯނަށް ޖަވާބު ނުދޭތީ ކޯޓަށް އައިސް ރިސެޕްޝަން މެދުވެރިކޮށް ސެކްޝަންއާ ސުވާލު ކުރުމުން ބުނީ 11 ޖެހުމުގެ ކުރިން ދޭނެ ކަމަށް، އެގާރަ ޖެހީމާ 11:45 ގައި ދޭނެ ކަމަށް، ކިތަންމެ އިރެއްވިޔަސް އަޅުގަނޑުމެން މިިތިބީ މި ޙުކުމްގެ ލިޔުން ހިފައިގެން ނޫނީ ކޯޓުން ބޭރަށް ނުދާގޮތަށް." ޝިޔާޒް ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
03 Aug 2026
ފެނަކައިގެ ގަވާއިދާ ޚިލާފު ޕްރޮމޯޝަންތައް ތަޙުޤީޤުކުރަން ފޮނުވަން ފާސްކޮށްފި
ފެނަކައިގެ މުވައްޒަފުންނަށް 2022 އަދި 2023ގައި ގަވާއިދާ ޚިލާފަށް ދީފައިވާ ވަޒީފާގެ ކުރިއެރުންތައް ތަޙުޤީޤުކުރުމަށް އޭސީސީ އަދި ފުލުހުންނަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި.
03 Aug 2026
ޖަންގިޔަލުން ޑްރަގު ފެނުނު އަންހެންމީހާއަށް ކުރިދައުވާ އަނބުރާ ގެންދިޔަ ސަބަބު
އަންހެނެއްގެ ޖަންގިޔާ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ، އެކަމާ ފިރިމީހާ ހަވާލުވުމާ ގުޅިގެން އެ އަންހެންމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ސަބަބު އެ އޮފީހުން ހާމަކޮށްދީފިއެވެ.
03 Aug 2026
މިޞްރަށް 5.6 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
މިޞްރުގެ ނޭޝަނަލް ރިސާޗް އިންސްޓިޓިއުޓް އޮފް އެސްޓްރޯނޮމީ އެންޑް ޖިއޯފިޒިކްސްއިން ހާމަކޮށްފައިވާ ގޮތުގައި، ރިކްޓަރ މިންގަނޑުން 5.6 ގެ ބާރުމިނުގައި އައި މި ބިންހެލުން ލޮގްކުރެވިފައިވަނީ ހޯމަ ދުވަހުގެ ފަތިހު 3:00 ގައެވެ. ނަމަވެސް، ޖަރުމަނުގެ ރިސާޗް ސެންޓަރ ފޯ ޖިއޯސައިންސަސް (ޖީ.އެފް.ޒެޑް) އިން ބުނެފައިވަނީ މި ބިންހެލުމުގެ ބާރުމިނަކީ 5.4 ކަމަށާއި، މިއީ ބިމުގެ 10 ކިލޯމީޓަރު އަޑިން އައި ބިންހެލުމެއް ކަމަށެވެ.